މިއަހަރު އޮންނަ އިންތިޚާބަށްފަހު އުފެދޭ މަޖިލީހަކީ ކަރަންޓްގެ އަގު ތިރިކުރާނެ މަޖިލީހެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގއ.ވިލިނގިލީ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ދިޔާނާ ސައީދުގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކަރަންޓްގެ އަގު ހެޔޮ ކުރެވޭނެ ކަމަށާއި ނަމަވެސް އެކަމަށް އޮތް މަގަކީ އިޔާދަ ކުރެނިވި ހަކަތަ ބޭނުން ކުރުން ކަމަށެވެ. މިގޮތުން ޑީސަލްގެ ބަދަލުގައި އަވިން ކަރަންޓް ނެގުމުން ކަރަންޓްގެ ޚަރަދު ކުޑަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ވިލިނގިލީގައި މިއަދު ކަރަންޓު އުފެއްދުމުގެ އަގު ހުންނާނީ ހަ ރުފިޔާ ބަޔަށް، ހަތް ރުފިޔާ އަށް ޔުނިޓެއް. ވިލިނގިލީގައި ވިއްކާ އާއްމު އަގަކަށް، ކޮލަމާފުށީގައި ވިއްކާ އާއްމު އަގަކަށް ވެސް ހުންނާނީ ހަ ރުފިޔާ، ހަތް ރުފިޔާ. އެހެން ނަމަވެސް މިއަދު އެ ކަރަންޓަކީ ދެ ރުފިޔާ ބަޔަށް ވުރެ ބޮޑުކޮށް މީހަކު އުފައްދައިގެން ވިއްކާ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް އެ ބަދަލު ގެނެވޭނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކަރަންޓު އަމިއްލަ އަށް އުފެއްދުމަށްފަހު، އެ އުފައްދާ ކަރަންޓު ސަރުކާރަށް ވިއްކުމުގެ އޮނިގަނޑެއް ތައާރަފްކުރަންޖެހޭ ކަމަށާއި އެ މަސައްކަތް ކުރަން ބޭނުންވާ ބޭރުގެ އެތައް ކުންފުންޏެއް އެބަތިބި ކަމަށެވެ . އަދި މިއަންނަ މަޖިލީޙުން އެކަން ކުރާނެ ކަމަށާއި އެމަޖިލީހުން ކަރަންޓްގެ އަގު ތިރި ކުރާނެ ކަމަށް ވިދާޅުވިއެވެ.

ކަރަންޓްގެ އަގު ތިރި ކުރުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަމެއްކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ކޮސްބެ

    ކޮސްބެގެ ކޮސްގޮވާ ސީޒަން އައީ ދޯ.

  2. Anonymous

    100%އިރުގެ އަވިން ކަރަންޓު ލިބޭގޮތް ހދާދީ!

  3. އަހްމަދު

    ކޮއެފުޅާ ރިސޯޓަކާ ލެޕްޓޮޕަކުން ސަރުކާރުހިންގިދުވަސް މާޒީވެހިނގައްޖެ

  4. ޕޮފުބާ

    ތިހުރިހާކަމެއް މިސަރުކާރަށް ކިރެވެނީ ކީވެ ރައީސްޔާމީން މާލެ އާއި ރާއްޖެތެރޭގެ ބޮޑެތި މަސްރޫޢު ނިންމާފަހުރީމަ

  5. ޗިއްލޫ

    ދެން ހުރިހާ ކޮހެއް ގޮވަމުންގޮސް ބުނޭ ދެން އުފެދޭނީ ލާދީނީ މަޖިލީހަކޭ!

  6. ޢާސީ

    ހާދަ ރަނގަޅޭ ކީޮް އިޓް އަޕް

  7. އަހުމަދު687

    "ވިލިނގިލީގައި މިއަދު ކަރަންޓު އުފެއްދުމުގެ އަގު ހުންނާނީ ހަ ރުފިޔާ ބަޔަށް،........

    މިހެން އަބަދު ތަނެއްދޮރެއް ނޭންގި ނަމްބަރު ކިޔާކިޔާ އަތަށް ގޮވަނީ! ރައްޔިތުންގެ މަޖްލިސްއިން ކަރަންޓުގެ އަގު ތިރިއެއްނުވާބެ ތިކުރަން އުޅޭކަމަކީ ރައްރަށުގެ ކަރަންޓާއި ފެން ޕުރައިވެޓައިޒްކޮއްފަ އަމިއްލަ ކުންފިނިތަކަކަށްދޭން މަޖްލިސްއިން ނިންމުން! ރައްޔިތުންނަށް ދޮގުހަދާ އަބަދު އޮޅުވާލަނީ!

  8. ޟުސުމް

    ސޯލާ ރާއްޖޭގައި ވިއަކައި އެކަމުގެ އެއްމެ އިސް ވިޔަފާރިއެއް ކުރަނީ މިކަލޭގެ ބޭބެ. ތަންތަނަށް ސޯލާގެނެސް އެޅުމަށްފަހު އެނިމުނީ. ހަރުކުރި ތަންތަނުގެ ފުރާޅު ފޫ ގޮސް، ސޯލާ މަސައްކތް ނުކޮށް ކިތައްމެ ތަނެއްގައި މިހާރުވެސް އެބަހުރި. މިކަލޭގެ ވެރިކަމުގައި މިކަން ތައާރަފްކުރީ މިވިޔަފާރި ކުރަންވެގެން.
    ރައްޔިތުންނަށް ކަމެއްކޮށްދޭނަމަސޯލާ އިމްޕޯޓްކުރުން މުޅިން ހިލޭކޮށްފައި، ރައްޔިތުން އުފައްދާ ކަރަންޓުން ބައެއް ސަރުކާރަށް ގަންނަން ހަމަޖައްސަންވީ.
    ސޯލާ ގަތުމަށް ކުދި ލޯނުވެސް ދޭންވީ.

  9. ޙުސެން

    އެހެންވާން އޭމަޖިލީސްއިން ކުރާކަމެއް ވިއްޔަ. ކަރަންޓްގެ އަގު ހުނަންޖެހޭނީ ހިދުމަތްދޭތަނަށާއި ސަރުކާރަށް ގެއްލުން ނުވާ ވަރަށް. ތިކަހަލަ ވާހަަ ދައްކާގެން މި ޤައުމު ދަރަނިވެރި ނުކުރޭ

  10. މާނު

    ތިބުނީ ހެޔޮކޮށް ކަނޑު ކޮސް އެހެރީ ތިލަވެފަ މޮޅެތި ކޮސް ގޮވަމުން މުޅި ޖަޒީރާގަ މިކަލޭގެ ދުވާނެ......މާކޮސް

  11. ޑާޑާޑާޑާ

    އަތޮޅު ތެރޭގެ އެއާޕޯޓްތައް ބޭނުންކޮށްގެން ލޯކަލް ޓޫރިޒަމް ފުޅާކުރަންޖެހޭ ކަމަށް ކެނެރީގެ ނަޝީދު ބުނާއިރު އޭނާ ދޯ ބުނީ އަތޮޅުތެރޭގައި އެއާރޕޯރޓްސް ތައް ހަދާވާހަކަ އޭނާ ގާތު ނުދައްކާށޭ ޓު މީ އައި އޭމް ބޮދަރޑް އޮފް ޔުއަރ ފެއިތް އައި ކާންޓް ޓޭކް ދިސް ޓައިޕް އޮފް ދަ ބަތާހަރާމީ ދަހަރާމްކޯރު ސްޓަފް ނޯމޯރ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ...

  12. ތެދު

    ތިޔަ ކަމަކީ ސަރުކާރުން ނިންމަންޖެހޭ ޕޮލިސީއެއް. މަޖިލީހަކީ ސަރުކާރުން ކަނޑައަޅާ ޕޮލިސީތަކަށް ޤާނޫނީ ބާރު ދޭ ތަނެއް. މީނަގެ ވާހަކަ ހުރި ގޮތުން ހީވަނީ މީނަ ހެން ސަރުކާރަކީވެސް. އިބޫ އަތުން ވެރިކަން އަތުލަން ކެތްމަދުވެފަ

  13. ބަނާނަ މޭން

    ކަރަނޓްގެ އަގުތިރިކުރުމަކީ މަޖްލީހުގެ ކަމެއްނޫ ސަރުކާރުގެ ކަމެއް އަދިވެސް ފެނަކާ އެދަނީ ރައްޔިތުން ފެލާލަމުން

  14. ޜޯނު އެދުރު

    މި އައްނި އަކީ މާމޮޅު މީހަކަށް ހެދިގެން މާރަގަޅު މީހަކަށް ހެދިގެން އުޅޭ މޮޔަ މީހެއް. ދިވެހިން ޙޭއަރަން ވެއްޖެ އެއް ނުން. ސަރުކާރެއް އޮތުމުގެ ބޭނުމަކީ އެއްމެ ކަމެެއް. ޢެއީ ވަކި ހަމަތަކެއްގެ މަތިން ތަނުގެ ސުލްހަ މަސލަހު ބެލެހެއްޓުން. މި އައްނި ހީކުރަނީ ޓެކްސް ނެގީމާ ހުރިހާ ކަމެެއް ނިމުނީހެން. ޓޭކްސް ނަގައިގެން މުޅި ދިވެހި ގައުމށް ހިލޭ ހުރިހާކަމެއް ކުރެވިދާނެކަމަށް މީނާ ހީކުރަނީ. މީ ފއްކާ ރޮނު އެދުރެއް ނުންތަ. މިކަލޭގެ މިއުޅެނީ އަދިވެސް އިތުރަށް މީހުން ކަންނެތް ކޮށް މަސައްކަތެއް ނުކޮށް ތިބެ މީހުން ބޭކާރުގޮތުގާ ތިބެ ސިޔާސަވެ މުޅިތަން ހަރާބު ކުރަން.

  15. ވަމުންދަނީ

    ކެނެރީގެ ނަޝީދަށް ސިއްރުން އެޖެންޓް ކަން ކޮށް ދޭ މީހަކީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އޭ އޭނާ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ރާވާ ހުރިހާ ކަމެއްގެ ވާހަކަ ކޮންމެ ދުވަހަކު ކެނެރީގެ ނަޝީދަށް ކިޔާދީ އަދި އީމެއިލް ކުރަމުން ދާތީވެ އެވާހަކަ ތަކޭ އޭނާ ލީކް ކޮށްގެން މިދައްކަނީ މީ ސީދާ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން އިއުލާން ކުރަން ޖެހޭ ކަންކަމަށް ވާއިރު ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ބައިޕާސް ކޮށް އެ ޑިޕާރޓްމެންޓް އިން ކުރަމުންދާ ކަންކަމުގެ މައުލޫމާތު ސިއްރުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ކެނެރީގެ ނަޝީދާއި ހަމައަށް ގެނެސްދޭ ކަން މިހާރު މިދަނީ އެނގި ފާޅުވަމުންނޫންތޭ..

  16. ޜޯނު އެދުރު

    ޢައްނި ބޭއަށް ކިޔަވާ ދޭން އެބަ ޖެޙޭ. ޓެކްސްވެސް ނަގާނަމޯ އަގު ހެޔްވެސް ކުޜާނަމޯ އަޅޭ މީނާއަށް މިދެ ފޯމިއުލާ އެކުނުވާނެކަން ވެސް ނޭގެނީބާ. ރައްޖެއަށް މަޖްލިހެއް ބޭނުމެއް ނުން. ޜާއްޖެއަށް ބޭނުންވަނީ ކޮންމެ 4 އަހަރަކުން ރާއްޖެ ހިންގޭވަރުގެ ގާބިލު މީހަކު ހޮވުން. ދެން ހުރިހާ ބިިއުރޮ ކޮރަސީތަޢް ނައްތާލާ އިގތްސާދީ ސަރައްހަދުތަށް ވަކިކޮށް މިނިވަންކަން ދީ އެސަރަހައްދު ތަކަށް އެތަނުގެ ގުދރަތީ ވަސީލތް ވީހާ ފުޅާކޮށް ވިއްކޭނެ ގޮތް ހޯދުން
    .

  17. عبدالله

    ގިނަދުވަހު ވެރިކަން ކުރެވޭނީ މަޖިލީހުގެ ތެރެއިން ފާސްކުރާ ޤާނޫނުތަކުގެ މައްޗަށް ކަމަށްބަލައި އެކަން ކުރުމަށް މުޅި މަޖިލިސް ކާމިޔާބު ކުރުމުގެ ނިޔަތުގައި ބުރަ އުފުލަމުންދާއިރު، މިރާއްޖޭގެ ރައްޔިތުން ނިދާފައި ނުތިބޭނެއެވެ. ވެރިކަން ލިބުމާ ގުޅިގެން ހިނގާ އެދެވޭ ކަންތައްތަކަށް ވުރެ ނޭދެވޭ ކަންތައްތައް މާގިނަކަމަށް ގިނަބަޔަކު ބުނަމުންދާއިރު، ފިނިހަކަ ދުވެލީގައި މުޅި ސަރުކާރު ހުއްޓިފައިވަނީ، އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގައި އެކަށީގެންވާ މިންވަރަށް ހަކަތަ ނެތުމުން ކަމަށް ބެލޭއިރު، މިފަހަރު އެމްޑީޕީއަށް މަޖިލީހުގެ އިންތިޚާބުގައި ގިނަ ޢަދަދަކަށް ގޮނޑި ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

  18. ފާގަ

    އމ ހަނދާން ކުރާ މަޖުލީހެއް އުފައްދަބަލަ. ކިހާ ބޮޑު އުނދަގުލެއް

  19. ނިރު

    ބޮޑު ކޮސްގަނޑު ކޮސްގޮވަނީ.

  20. ލައިލާ

    ކަލޭ ތިހެން ކިޔަން ރަނގަޅު. އޭސީ ނުނިއްވާ، ފަންކާ، ލައިޓެއް އެއްޗެއް ނިއްވެނީކީނޫން. ނުވިތާކަށް މާރިޔާވެސް ހަަތަރުދަމު މިގޭގަ. ދެން ކިހިނެއް ކަރަންޓް އަގުހެޔޮވާނީ؟