އަވަށްޓެރި އިންޑިއާއިން ރާއްޖޭގައި ބޮޑު ގްރައުންޑް ސްޓޭޝަނަކާއި 100 ވީސެޓް (ވެރީ ސްމޯލް އެޕާޗަރ ޓާމިނަލް) ހަރުކުރަން ނިންމާފައިވާކަމަށް އެގައުމުގެ ނޫހަކުން ރިޕޯޓު ކޮއްފިއެވެ.

"ޓައިމްސް އޮފް އިންޑިއާ" ގައި ރިޕޯޓްކޮށްފައިވާ ގޮތުން ރާއްޖޭގައި ބޮޑު ގްރައުންޑް ސްޓޭޝަނަކާއި 100 ވީސެޓް (ވެރީ ސްމޯލް އެޕާޗަރ ޓާމިނަލް) ހަރުކުރަން ނިންމާފައިވާއިރު, މި މަޝްރޫއުގެ ދަށުން ރާއްޖޭގައި ޑިޒާސްޓަރ މެނޭޖްމަންޓް އެލާޓް ސިސްޓަމްތަކެއް ގާއިމް ކުރުމަށް ނިންމާފައިވާކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ރާއްޖޭގެ 100 ރަށެއްގައި މި ނިޒާމް ގާއިމް ކުރާނެކަމުގައި ބުނެފައިވެއެވެ.

މި މަޝްރޫއަކީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒާއި އިންޑިއާގެ "އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން" (އިސްރޯ) އާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.

ޓައިމްސް އޮފް އިންޑިއާ ގައި އިތުރަށް ވާގޮތުން އިންޑިއާގެ ސްޕޭސް ޑިޕްލޮމެސީގެ ދަށުން ރާއްޖެގެ އިތުރުން ބޫޓާން، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާގައި ވެސް ގްރައުންޑް ސްޓޭޝަން ގާއިމްކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ކޮންމެ ގައުމެއްގައި 100 ވީސެޓް ހަރުކުރަން ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން މި މަހުގެ ނުވައެއްގެ ނިޔަލަށް މަސައްކަތް ނިމި މިމަހުގެ 15ގައި މި ސްޓޭޝަންތަކުގެ ތެރެއިން ބޫޓާންގައި ގާއިމްކުރާ ސްޓޭޝަން ހުޅުވާނެއެވެ. އަދި އެގައުމުގައި އިންސްޓޯލްކުރާ 100 ވީސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް "އަލްފާ ޑިޒައިން ޓެކްނޮލޮޖީސް" ނަމަކަށް ކިޔާ ކުންފުންޏަކުން ކުރަމުން އަންނަ ކަމުގައި ބުނެފައިވެއެވެ.

މި މަޝްރޫއުގެ ސަބަބުން މި ގައުމުތަކަށް ބްރޯޑްކާސްޓިން އާއި ޓެލެފޮނީއާއި އިންޓަނެޓް އަދި ޑިޒާސްޓަރ މެނޭޖްމަންޓް އަދި ޓެލެމެޑިސިން ދާއިރާއިން ކުރިއެރުން ލިބިގެންދާނެކަމަށް އިންޑިއާއިން ބުނެފައިވެއެވެ.

މީގެ އިތުރުން އަފްގާނިސްތާނުގައިވެސް މިފަދަ މަޝްރޫއެއް ފެށުމަށް އިންޑިއާއިން މަސައްކަތް ކުރަމުން އަންނަކަމަށް އެނޫހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. އައިފީލް

  ޓޫރިޒަމް ފުޅާ ކުރާ ވާހަކަ ކެނެރީގެ ނަޝީދު ދެއްކުމުން ދެން ރައީސް އިބޫގެ ބޭނުމެއް ނެތް ދޯ އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ބޭނުމެއް ނެތް ދޯ ކެނެރީގެ ނަޝީދު ބުނާ ގޮތަށް ކަންކަން ކުރުމަށް ޓަކައި ދައުލަތުގެ ބަޖެޓުން ޚަރަދު ކުޑަ ކުރުމަށް ޓަކައި ޓޫރިޒަމް މިނިސްޓްރީ ވެސް އުވާލާ އަދި ރައީސް އޮފީސް ވެސް އުވާލާ ކެނެރީގެ އަކީ އެއީ ރައީސް އޮފީސް ކަމަށް ހަދަންވީ ނޫންތޭ ދިސް އިޒް ހައު އައި ފީލް އައި ފީލް ކްރުއަލް ދޯ..

  • ޚުލް

   ޢެއީ ބޯގޯސް އެއްޗެއް. ޢެސޮރަށް އިނގޭ މި5 އަހަރު އިބޫ ވެރިކަމުގައި ހުރެފިނަމަ އަނެއް 5 އަހަރަށްވެސް ހޮވޭނެކަން. ޢެހެންވެ ތެޅެނީ ނިޒާމްބަދަލުކޮށް ބޮޑުވަޒީރަކަށް ވާން

 2. ނެތީމޭ

  އެކުއެކީ އަވަހާރަވި ސިއްތި އާއި ހާލިދު އާދަޔާ ޚިލާފު ލޯތްބެއް ކަމަށްވާނަމަ ތަމެން އެބަޖެހޭ ނޫންތޭ އިސްލާހު ވާން ތަމެން ވެސް އެބަޖެހެއެއް ނޫންތޭ އެކަކު ދެކެ ލޯބިވާން ގިނަ އެއްޗެހީގައި ރަހަ ބަލަން ވެގެން އެކަކާއި އިނދެފައި ވަރިވެގެން ގޮސް އަނެކަކާއި ނުއިނދެ ދޯ އަދި ތަމެން އެބަޖެހޭ ނޫންތޭ މީހަކާއި އިނުމަށް ފަހު ދަރިން ވެސް ހޯދަން މީހަކާއި އިނދެ ދަރިއަކު ނުހޯދާ އިނދެގެން އުޅޭތާ 2 އަހަރުވާ ދެމަފިރިން އެއީ ހަގީގީ ލޯބި ކަމަށް މަމެންނަށް ނުފެނެއޭ ބުނަން މަމެން ނެތީމު ދޯ..

 3. އަލީ

  ޝުކުރިއްޔާ އިންޑިއާ.

 4. ވިއްކާލަނީއޭ

  މީ އިންޑިއާ އަށް ރާއްޖެ ވިއްކާލަން ވެގެން ހިންނަވަރޭ ވެރިކަމުގައި ދެމި ހުންނާނެ ކަމަށް ހީކޮށް އޭނާ އާއި ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން ކުރާ ކަންކަމޭ މިހާރު ހިންނަވަރޭ ލަންކާ އަށް ނުރަސްމީ ދަތުރުެއް ގައި ގޮސް އެހެރީ މި ޑީލްގެ ދަށުން އޭނާ އަށް އަޅާނެ ބައި ގެ އަދަދާއި ބެހޭ ގޮތުން ވާހަކަ ދައްކަންއޭ މަމެން ބުނަން ނެތީމު ދޯ..

 5. ޖަހާންގީރު

  އައްޔާ ކޮން ޤައުމް އަޅުވެތި ކުރީމަވެސް ޝުކުރުތަ

 6. ދިއްގާ

  މީ ސީދާ ދުރު ރާސްތާއަށް އަމާޒުކޮށް ރާއްޖެ އަތްދަށު ލުމުގެ ކެހިވެރި ސިޔާސަތުގެ ދަށުން ގާއިމްކުރާ އަސްކަރީ ބޭސް ތަކުގެ ބައި ބައި. ޑިޒާސްޓަރ އޭ ޓެލެފޯނޭ އިންޓަރނެތޭ ކިޔާނެ ކަމެއް ނެތް. މޯ މިގައުމު މޯދީބުއްދާކުރުން

 7. ޖޮއްބެ

  މިއީ އިންޑިއާގެ އަޅުވެތިކަމުގެ ތެރެއަށް ދިވެހި ރާއްޖެ ވައްދަން މި ވަގުސަރުކާރުން ކުރާކަމެކެވެ. ގައުމު ދެކެ ލޯބިވާ ކޮންމެދަރިއަކު މިކަމަށް ނުރުހުން ފާޅުކުރަން ޖެހޭނެ އެވެ.

 8. Miadhu

  ތިތަންތަން ބަލަހައްޓަން 1000 ސިފައިން އިންޑިޔާއިން އަންނާނެދޯ އެހެންވިއްޔަގޯސް ތިއީ އިންޑިޔާއިން ކުރާކަމެއްވިއްޔާވެސް ގޯސް އެކަމު އިންޑިޔާއިން ކޮށްދޭކަމެއްވިއްޔަ ރަގަޅު

 9. ާަާަަައަސްލު

  ރާއްޖެ އްޅުވެތިކުރަނީ...ސަމާލްވޭ..

 10. ޚުލް

  އޮޕްރޭޓް ކުރަން 10 މިލިޓަރީ ސިފައިން 100 ރަށަށް.. 1000 އިންޑިޔާސިފައިން.
  ޙެލިކޮޕްޓަރުވެސް ހަދިޔާ ކުރީ. ނަމަވެސް ދިވެހިން އެއިގައި އަތްލުންވެސް މަނާ.

 11. ޑައިލޯގް

  ތިހުރިހައިކަމެއް ކުރިއަރައިގެންދާނެ އަދި ޖާސޫސްކޮށް ރާއްޖެ އަޅުވެތިކުރުންވެސް ކުރިއަރައިގެންދާނެ އިންޑިޔާ މަކަރުވާނެ ކިހިނެއް އެގައުމުގައި އެތައްބަޔަކު ސަލާންޖަހަމުންދާއިރު އެހެންގައުމަކަށް އެހީދެވޭނީ އެދުމެއްނެތި ވެދުން ކުރެވޭނީ

 12. މޫސާ

  ބޯން ބޭނުންވި ބޮނޑި ތިޔަ ބޮވެނީ! ވަރަށްސަލާމް!

 13. ޢަލީ

  ތި ރާވަނީ ވަކި ހިއްޕޭނެގޮތެއް ހޯދަން، ދެން ތީގެ ތެރެއިންލާފަ އެތައް ޖާސޫސުންނެއްއައިސް ތިބޭނެ، ތިއިން އެއްވެސް ކަމަކުން މިހާރު މިލިބޭ ޚިދުމަތަށްވުރެ އިތުރު ޚިދުމަތެއް ނުލިބޭނެ، މިހާރުވެސް ކޭބަލް ސަބްމެރީންގެ ތެރެއިން ތިހުރިހައި ޚިދުމަތެއްލިބޭ.

 14. someone

  ކިތައް ސިފައިން ތިބޭތޯ؟ ތި ކަޑަވީ އިނގޭ! މިހާރު ތި ގޯސް ހަދަނީ.

 15. ޔޫޮ

  ބޭނުމަކީ ޖާސޫސް ކުރުަން. ބޮލެއް ހުރި މީހަކަށް މިކަމެއް އޮޅުވައެއް ނުލެވޭނޭ

 16. عبدالله سعيد ގދ.ގައްދޫ/ދަނބުފަށުވިގެ

  މިރާއްޖޭގެ އަމިއްލަ ޙާލަތު ތަންނުދޭތީ ކުރަންޖެހި ނުކުރެވި ހުންނަ ތިޔަ ބާވަތުގެ އިޤްތިސާދީ ކަންތައްތައް އެހެންބަޔަކު މެދުވެރިކޮށް ކުރެވެން އޮންނަ ޙާލަތުގައި އެކަންކަމަށް ނޫނެކޭ ނުބުނާނެއެވެ. އެހެނީ، ރާއްޖޭގައި ބޮޑު ގްރައުންޑް ސްޓޭޝަނަކާއި 100 ވީސެޓް (ވެރީ ސްމޯލް އެޕާޗަރ ޓާމިނަލް) ހަރުކުރަން އިންޑިޔާ ސަރުކާރުން ނިންމާފައިވާނަމަ، އަދި މި މަޝްރޫއުގެ ދަށުން ރާއްޖޭގައި ޑިޒާސްޓަރ މެނޭޖްމަންޓް އެލާޓް ސިސްޓަމްތަކެއް ގާއިމް ކުރެވޭނަމަ، އަދި މި ގޮތުން ރާއްޖޭގެ 100 ރަށެއްގައި މި ނިޒާމް ގާއިމް ވެގެން ދާނަމަ، މިކަންކަން ވެގެންދާނީ، މިޒަމާނުގެ ޘަޤާފަތުގެ ތެރެއިންނެވެ.

 17. މާމިގިލީ މީހާ

  މާމިގިލީ ގައި ތިސިސްޓަމްތައް ހަރުކޮއްގެން ނުވާނެ.. ސޯލިހުގެ ބޮލުގަ ހަރުކޮއްބަލަ، އޭރުން ރާއްޖޭގެ ހުރިހާ ރަށަކުން އިންޑިޔާއަށް ބިންދެވުނީ.

 18. ލޮލް

  އިންޑިއާ ސްޕައި ޕްލޭން ގެ ދަށުން ކުރާ ކަމެއް.

 19. ޢިބްރާހީމް ލާހިކުް

  ޜާއްޖެ އަތްދަށުލުމުގެ ރޭވުމުގެދަށުން ހިންގާ ޖަރީމާއެއް. ތިތާތިބެން 5000 ހާހެއްހާ އިންޑިޔާމީހުންނާއި ސިފައިންނަށް ގެންނާނެ. ޜީތިކޮށްލަން ދެންމިކިޔަނީ ޑިސާސްޓަރމެނޭޖުމަންޓޭ. ކިހާދެރަކަމެއްމީދެން. މުޅިގައުމު އެބަޖެހޭ މިކަމަށް ދެކޮޅުހަދާ އިހުތިޖާޖުކުރަން. މާކަންތައް މައްޗަށްދަނީި ދެންތި!!

 20. ދިވެހިމީހާ

  އަޅުވެތިވެއްޖެކަން ވިސްނޭނީ ބަގުވާން ކުރިމަތީ ސަޖިދަ ޖަހަން މަޖުބޫރު ކުރާހިސާބަށް ދިޔައިމަ. ހިތާމައަކީ ދެން އިންޑިއާ ނުވެސް ހުއްޓުވޭން. އެއަށްވުރެ ބޮޑަށް އެމީހުންގެ އަތްދަށު ވެއްޖެ މިހާރުވެސް.

 21. ނޫސްކިޔާމީހާ

  އިންޑިޔާގެ މިޒާތުގެ އެހީތަކަކީ ދިވެހި ޤައްމުގެ އަމްލަ މިނިވަން ކަމާއި، އިސްތިޤްލާލަން މުސްތަޤްބަލުގައި ނުރައްކަލަކަށް ވެދާނެ ކަމެއް. އެހެންނޫންނަމަ މީގެކުރިންވެސް މިފަދަ ބޮދެތި އެހީތައްދީ މިސަރަހައްދުގެ އެންމެކުރިއަރާފައިވާ ޤައްމަށް ހަދަން އިންޑިޔާއަށް އެއީ ހމަ މެޓައްކަހަލަކަމެއް. ސޯ މިއީ ވަރަށް ނުރައްކާތެރިކަމެއްކަމަށްފެނޭ.

 22. ނެތީމޭ

  އެއްބަސްވުން އާކޮށް އިންޑިއާގެ ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި މިއިން އެގިގެން ދަނީ ދެން ތަމެންގެ ވެރިކަމުގައި އިންޑިއާގެ އަޅުވެތި ކަމަށް ރާއްޖެ ދާން މާގިނަ ދުވަހެއް ނެތް ކަމަށް މިފަހަރު ތަމެން ކަން ކުރަން އުޅޭ ގޮތަކީ އެއީ އިންޑިއާގެ ހެލި ކޮޕްޓަރު ދުއްވަން ނަމުގައި އިންޑިއާގެ 6 ހާސް ސިފައިން ރާއްޖޭގައި ބޭތިއްބުން އެއީ ފުރަތަމަ ކަން އެއަށް ފަހު ޖީއެމްއާރަށް އެއާރޕޯރޓް ވިއްކާލާ ކަޓް ކާލުން ނޫންތޭ މީ މަމެންނަށް ނޭގޭ ކަމެއް ނޫނޭ ބުނަން ނެތީމޭ

 23. މަންމަ

  ތިތަންތަން ބަލަހައްޓަން އަނެއްކާ 1000 އިންޑިޔާސިފައިން، އައްޑޫގަ ތިކަމެއްވިޔަކަ ނުދޭނެން އަހަރަމެން ނިކުމެ މިހާރު އައްޑޫގަ ތިބި އިންޑިޔާ ސިފައިންނައް ބަލާޖައްސާ ބޭރުކުރާނަން! ވަގުތު ޖެހެންދެކެ މަޑުކުރޭ!

  • someone

   ސާބަހޭ ދަރިޔާ

 24. ރައްދު

  އިންޑިއާއަށް ބަރޯސާވުމަކީ ރައްކާތެރިކަމެއްގެ
  ގޮތުގައި ބެލޭކަށް ނެތެވެ

 25. ޖަމްބޭ

  ޣާފިލްވެ ނިދީގައި ނުތިބެ ރައްޔިތުން ހޭލާކަށް ނުވޭތޯ! ދުނިޔޭގައިވާ އެންމެ މަކަރުވެރި ޤައުމުގެ އަތްދަށުވަމުން ނަލަނަލަ މި ދިވެހިރާއްޖެ މިދަނީ ނުބައި މިސްރާބަކަށް. ހަދިޔާކުރި ހެލިކޮޕްޓަރ ތައް 8 އަހަރު ވީއިރުވެސް ދިވެހިންގެ އަތަކު ނުޖެހޭ. އެކަމަކު އެތަކެތި ހުރީ މިރާއްޖޭގަ. " އެންމެ ކައިރީގައެވެ. އެހެނަސް އެންމެ ދުރުގައެވެ. " މި ޤައުމުގެ ލީޑަރުންނަށް އާދޭސްކޮށްފަ ދަންނަވަން. ތިޔަ ހެއްލުންތެރިކަމުގެ ފޫނުބެއްދޭނެ ބޮޑު ގެއްލުން އަޅުގަނޑުމެންގެ މި ޤައުމާއި، ރައްޔިތުންނާއި،އަންނަންއޮތް ޖީލުތަކަށް ނުދީ އިންޑިޔާގެ އަތްދަށުން ސަލާމަތްވޭ. ޓިޔަ އަޅުވެތިކަމުން މިޤައުމުގެ މިނިވަންކަމާ، ދީނާ، އިސްތިޤުލާލަށް ކުރާ އެއްވެސް ނޭދެވޭ އަސަރަކަށް ދެދުނިޔޭގައިވެސް އަޅުގަނޑުމެން "އިސްލާމީ ދިވެހި ރައްޔިތުން" ތިޔަ ލީޑަރުންނަށް މަޢާފެއް ނުކުރާނަން.

 26. ބަލާތި

  އެއްބަސްވުން އާކޮށް އިންޑިއާގެ ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި ނަމަ ތިޔާއީ ވަރަށް ބޮޑަށް އިންޑިއާގެ އަޅުވެތި ކަމަށް ދާގޮތަށް ތަމެން ކުރާ ކަމެކޭ ތިޔާ ކަން މަމެންނަށް ގަބޫލެއް ނުކުރެވޭނެއޭ ނުކުރެވޭނެއޭ ހަމަ މިހާރުން މިހާރަށް ތިޔާ އެއްބަސްވުން ބާތިލް ކުރަންވީ ތަމެންގެ ރައީސް ބުންނެއް ނޫން ހުރިހާ ރައްޔިތުންގެ ވެރިކަމެއް ކަން ކުރާނީ އެހެން ވެއްޖެނަމަ ހެލި ކޮޕްޓަރު ގަނޑު ފޮނުވާލާ އިންޑިއާ އަށް އެޗެޕްޓަރ އެބަޖެހޭ ކްލޯސް ކުރަން.

 27. ކާފަ

  ތި މަސްރޫއު ބަލަހައްޓާ މެއިންޓެއިން ކުރަށް 100 މިލިޓަރީ ސިފައިން ގެންނާން ތަ ތިއުޅެނީ، އިންޑިޔާގެ ޖާސޫސީ އިދާރާއަކަށް މިތަން ހަދައިފި

 28. އެސް

  މުޅިންވެސް ދިވެހިރާއްޖެ އަޅުވެތި ކުރުމުގެ ފުރުސަތު ހޯދަންޖަހާ މަޅި ، ކޮން ދުވަހަކުންބާ ދިވެހިން ހޭއަރާނީ

 29. އިންޑިއާ އެޖެންޓު

  ޢިންޑިއާއިން ހަދާ އެއްބަސް ވުންތަކުގަ 3 ފަރާތް އޮވޭ. ބޭރަށް ފެންނަ ފަރާތުގަ އޮ ްނާނީ ހެލިކޮޕްޓަރުގަ ބަލިމީހުން އުފުލުން. 2 ވަނަ ފަރާތަކީ ސިއްރުވެރިކަމާއެކު އިންޑިއާގެ އިންޓެލިޖެންސް އިދާރާއިން މި ގައުމު އަޅުވެތިކުރުމަށްޓަކައި މިގައުމާ ދެކޮޅަށް ހިންގާ ސިއްރު މުއާމަރާތްތައް. 3 ވަނަ ފަރާތަކީ މި އެގްރިމަންޓުގެ ދިވެހި އެޖެންޓުންގެ ބޭރުގެ އެކައުންޓުތަކަށް އިންޑިއާގެ ކުންފުނިތަކުން ޖަމާކޮށްދޭ ރިޝްވަތުގެ މިލިޔަންސް އޮފް ޑޮލަރސް

 30. ކަނޑުކޮސް

  ސާބަހޭ...މުޅި ގައުމު އިންޑިއާގެ ބޭހަކަށް ހަދާލާ. އަޑިއަށް ދާ ގައުމެއްގެ މުސްތަގްބަލެއް ނޯންނާނޭ...އުސްބިންތައް އޮތީ މިހާރު ހޯދާފަޔޭ..އިންޑިއާ އޮތީ ރެޑި ގަޔޭ ރާޖިސްތާނު ހަނަފަސް ސަހަރާއިން ބިނކޮޅެއް ދޭން. ޢެތަނަށް ދާނީ ރާއްޖެތެރެއިން އުތުރާ މެދު ރާއްޖެ ތެރޭ މީހުން. މާލެއާ ދެކުނުގެ ސިޓީތަކުގެ މީހުންގެ ތެރެއިން ތުބުޅި ނުލާ އެންމެން ގެންދާނީ ޔޫކޭ، އޮސްޓްރޭލިޔާ ކެނެޑާ، ޑެންމާރކް އަދީ ޔޫރަޕްގެ ބައެއް ގައުމުތަކަށް. ތުބުޅިލީ އެންމެން އަފްގާނިސްތާނަށް. ސަޅިއެއް ނުން!

 31. މުދި މޯދީ

  އެނބަ ރަނަގަޅުވޭ . ދެން ހަދާނީ ގެރި ސްޓޭޝަނެއް ކަންނޭގެ.