މި ހިންގާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ލަދެއް ހަޔާތެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ގއ. ވިލިގިނލި ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ވާދަކުރައްވާ ދިޔާނާ ސައީދުގެ ކެމްޕޭނު ލޯންޗު ކުރުމުގެ ހަފްލާގައި މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހަށް އިޝާރަތް ކުރައްވާ ނަޝީދު ވިދާޅުވީ، އެ މަޖިލީހަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މަޖިލީހެއް ކަމަށެވެ.

'' މި އަށާރަ ވަނަ މަޖިލީހުގައި މަޖިލީހުގެ ނަޒާހަތްތެރިކަން އިންތިހާއަށް ގެއްލި ހިނގައްޖެ. މަޖިލީހުގެ ތަޅުމުގައި ފައިސާ ގޯނި ގޯނީގެ ވާހަކަ ލަދެއް ހަޔާތެއް ނެތި ދައްކަމުން ގެންގޮސްފި،'' އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މަޖިލީސް މެމްބަރުން ޕާޓީތައް ބަދަލު ކުރުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށާއި, މަޖިލީހުގައި ނަގާ ވޯޓުތަކަކީ މެމްބަރުންގެ އަމިއްލަ ފައިދާ ލިބޭ ގޮތަށް ނެގޭ ވޯޓުތަކެއް ގޮތުގައި ވެފައިވާ ކަމަށާއި އެކަމަށް ވެސް ބަދަލުތައް ގެންނާނީ 19 ވަނަ މަޖިލީހުން ކަމަށެވެ.

ނަޝީދު ވިދާޅުވީ، އަލަށް އިންތިހާބުވާ މަޖިލީސް ވެގެން ދާނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދޭން މެމްބަރުން މަސައްކަތް ކުރައްވާނެ މަޖިލީހަކަށް ކަމަށެވެ.

މީގެ އިތުރުން އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖީލީހުގެ އިންތިހާބުގައި 60 އިންސައްތަ އަށް ވުރެ މަތިން، ވެރިން ކަން ކުރާ ކޯލިޝަންގައި ހިންމެމޭ އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށާއި އެމްޑީޕީއަކީ ވައުދުވެ، ވައުދު ފުއްދާ ޕާޓީއެއް ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އާބިދާ

    ކަލޭގެ ލަދު ހަޔާތް ކޮބާ؟

    • ޙައްގުބަސް

      ރައިސް ނަޝީދުގެ ދުލުން މިބަސް ބޭރުވީތީ މިހާރު ހައިރާންވޭ!! މިރާއްޖޭގައި ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށްގެން ޕާޓީއެއްގެ ލީޑަރަކަށް ހުރެ ރައިސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކާއި ދެއްވާފައިވާ ހިތްވަރު މީގެ 10 އަހަރު ފަހަތައްޖެހިލާފަ ބަލާލީމަ އެގޭނެ!! ރާއްޖޭގެ ސިޔާސީ މީހުން ޖުމްލަކޮށް މުޅި ރައްޔިތުންނަށް އެވެނިކަމެއް މިވެނިކަމެއް އެހެންކުރޭ މިހެންކުރޭ ބުނެ ގޮވާލާފައި ހުރި ގޮވަލިފަތި!! މަދަނީ ބަސް ނޭހުމަށާ ވެރިަންނާ ސިފައިންނާ ފުލުހުންނާ ދިމާކޮށް ހުތުރު އެއްޗެހިގޮވަން ހިތްވަރު ދިނުމާ މުޒާހަރާ ކުރުމާ ހުޅުޖެހުމާ ތަންތަނަށް ގެއްލުން ދިނުމާ މިބާވަތުގެ ކަންތައްތައް ކުރަން ހިތްވރު ދިނީ ކާކުތޯ އާއި ކޮން ޕާޓީއަކުންކަން އެނގޭނެ!! އަދި ޢަމަލީ ގޮތިުން އޭރުވެސް މިޙާރުވެސް އުޅެނީ ކޮންބައެއްބާ؟ އެންމެފަހުން ހއ. އަތޮޅު ރަށެއްގެ ރަށު އޮފީހުގެ އިމާރާތުގެ ތެރެއަށް ދޯންޏަކުން ބާނައިގެން އައި މަސްތައް އަޅާލީ ކާކު ކޮންޕާޓީއަކުން ހިތްވަރުދީގެންކަން މިރާއްޖޭގެ ރައްޔިތުން ހަދާން ނުނެތޭ!! ދާދިފަހުން އެރަށަށް ވަޑައިގެން އެވާހަކަ އާކޮށް ވާހަކަ ދެއްކީ ކާކުކަންވެސް އެނގޭ ނީޫންތޯ؟ އެހެންވީމަ ލަދު ޙަޔާތުގެ ވާހަކަ އާއި ވައްކަމާ ރިޝްވަތާ ޚިޔާނާތުގެ ވާހަކަ ދައްކަން އައުލާކަން ބޮޑީ ކާކުބާ؟ ހަމަ ހިނި އަންނަނީ!!

  2. ރައްޔިތު މީހާ

    އަންނީ.... ކަލޯތީ މިވާހަކަ ދައްކަން އެއްމެ އެކަށީގެންވާ މީހާ؟ ކަލޭމެން އަލީ ވަހީދު ގަނެލިއިރު ލަދެއް ހަޔާތެއް ނެތް.

  3. ޙަސަނު

    ދިވެއްސެކޭ ކިޔައިގެން ދިވެހި ޖައްވަށް ނޭވާލަމުން ދުވާ އެންމެ ޙަޔާތް ކުޑަ '' …… '' ކަލޭ

  4. عبدالله

    ކޮންމެ ކޮންމެ މީހަކަށް މަޖިލީހުގެ މެންބަރުކަން ނުކުރެވޭނެއެވެ. އެހެނީ އެއީ ޤާނޫނުހަދާ މަޖިލިސްކަމަށްވާއިރު، އެމަޖިލީހުގައި ޤާނޫނީގޮތުން ފުންނާބު އުސް މީހުން ތިބެންވާނެއެވެ. ނަމަވެސް ޢަރަބިއަކުރާއި ތާނައަކުރާއި ޙިސާބުއަކުރު ދަންނަ މީހުންނަށް ވުމުގެ މައްޗަށް އެކަނި ޤާނޫނު ޝަރުޠުކުރާއިރު، މިހާރުވެސް މަޖިލީހުގައި ގިނައީ ޢަރަބި އަކުރު ލިޔާން ކިޔާން ނުދަންނަ މީހުންނެވެ. ވީމާ، އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ޤާނޫނު އަސާސީގައި ބުނެފައިވާ ފަދައިން ޢަރަބިއަކުރާއި ތާނައަކުރާއި ޙިސާބުއަކުރު ދަންނަ މީހުންނާއި އެމިންވަރަށް ނުދަންނަ މީހުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބަލައި ކަށަވަރު ކުރަންޖެހޭއިރު، މިކަމެއް ނުކުރައްވައެވެ.

  5. ޢަލީ

    މީނާގެ އަނގަމަތީގައި މާސްކިންޓޭޕް އަޅަންވެއްޖެއެއްނު، މިހާރު އެދަނީ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް. އެހެންނޫނަސް ފައިސާ ގޯނީގެ ވާހަކަ މީނާ ދައްކާކަށް އެހާ ރީއްޗެއްވެސްނޫން، އެކަން ފެށި މީހަކީ މީނަ، ނޭނގެ މިހާރު އެއަޑު އެހިމީހަކު ހުރިހެނެއް. އެހެރަ ރަސްދޫގައި ވާހަކަދައްކަމުންތޯ ބުނީ މޫސާކައިރީ ބުނެފީމޭ މެމްބަރުންކޮޅެއް ކޮންމެވެސް ގޮތަކުން ހޯދާށޭ. ދުވަސްކޮޅެއްފަހުން ޢަލީވަޙީދު ގަނެލީ. އެއީ ނޫންތޯ ފެށުމަކީ،

    • ޢަލީ

      ލީ

       

      ޖެނުއަރީ 5, 2019 - 10:47

      މީނާގެ އަނގަމަތީގައި މާސްކިންޓޭޕް އަޅަންވެއްޖެއެއްނު، މިހާރު އެދަނީ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް. އެހެންނޫނަސް ފައިސާ ގޯނީގެ ވާހަކަ މީނާ ދައްކާކަށް އެހާ ރީއްޗެއްވެސްނޫން، އެކަން ފެށި މީހަކީ މީނަ، ނޭނގެ މިހާރު އެއަޑު އެހިމީހަކު ހުރިހެނެއް. އެހެރަ ރަސްދޫގައި ވާހަކަދައްކަމުންތޯ ބުނީ މޫސާކައިރީ ބުނެފީމޭ މެމްބަރުންކޮޅެއް ކޮންމެވެސް ގޮތަކުން ހޯދާށޭ. ދުވަސްކޮޅެއްފަހުން ޢަލީވަޙީދު ގަނެލީ. އެއީ ނޫންތޯ ފެށުމަކީ،

  6. ހަލި

    މީނަ މީ ލަދެއް ހަޔާތެއް ހުރި މީހެއްތަ. މިވަރުގެ ލަދުނެތް މީހެއް މިރާއްޖޭގަނެތް. މިގައުމުގެ ޒުވާން ޖީލް ހަލާކުކޮށްލީ މީހާތި

  7. ޕީޖޭ

    ދިވެހި ރައްޔިތުންގެ ވޯޓުން ވެރިކަން ހަވާލުކުރީ ކޯލިޝަނާ، އަންނި ސަރުކާރުތެރޭން ވަދެ ވަކިވެގަންނަން މަސައްކަތްކުރުން ހުއްޓާލާ އިޚްތިރާމާއިއެކު ދަންނަވާލަން..ސިޔާސީ ކޯޅުން ގަނޑުން ގަވްމު ހަމަޖެހުމަށް އެދެން..މަނިކުފާނު މަޖިލީހަށް ކުރިމަތިލާތީ ލަދުގަނޭ ވެރިކަންކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން..އެކަމަކު މަނިކުފާނުގެ ނިންމުމަށް އިޚްތިރާމްކުރަން..އުއްމީދު ކުރަން މިގަވްމު ހަލަބޮލިކޮށް ނުލާނެކަމަށް،ހަމަނުޖެހުމަކަށް ގެންގޮސް ވަކިވެގަނެގެން އެއްވެސް ޕާޓީއަކަށް ކުރިއެރުމެއް ނެތް...ހުރިހާ ގެއްލުމެއް ރައްޔިތުންނަށް..

  8. ޙައްވަ

    ދެން އަންނަ މަޖްލިސްގަ ލަދުހަޔާތް ހުންނާނެބާ؟

  9. ޖޮއްބެ

    ތިޔަހިންގާ ވަގުސަރުކާރުގެ ވެސް ލަދެއް ޙަޔާތެއް ބިރެއް އިޚްލާޞްތެރި ކަމެއް ނެތް.

  10. ނުރަބޯ

    ފުރަތަމަ ތިމާގެ އަމިއްލަ ނަފްސާމެދު ވިސްނާލާ. ތިމާ އަކީ ލަދެއް ހަޔާތެއް ބިރެއް ހުރިމީހެއްނަމަ ކޯޓު ތަކަށް ނުފޫޒު ފޯރުވައިގެން ކުށެއް ބުށެއް ނެތް ސާފު މީހެއްގެ ގޮތުގައި ޖަލު ޙުކުމުން ބަރީއަ އެއް ނުވީހެއްނު؟ ގައިމު ތިޔަ މީހާ ޖަލައް ޙުކުމް ކުރީކީ މީހަކު ޔޯލަކޮށްލާ ބުނި ބަހަކަށް ނޫންވިއްޔަ.

  11. އާބިދާ

    މަނިކުފާނުގެ ބުރަކަށްޓެއްވެސް ނެތް.

  12. ފެއްސޭ

    ތަމެން ގެ ވެރިކަމުގައި ތަމެން އެޅި ހޮސްޕިޓަލެއް ވެސް ނުހުންނާނެއޭ ތަމެންނަށް ނުވެސް އިނގޭނެއޭ ހޮސްޕިޓާ އަޅަން ތަމެން ނަކީ އެއީ ދަ ރާއްޖެތެރޭ މީހުންނަށް ވުމުން ތަމެންނަށް ވިސްނޭނީ ފައިގެ ބޮޑުވާއިނގިއްޔާއި ހަމަ އަށޭ އާންމު ގޮތެއްގައި ރާއްޖެތެރޭ މީހުންގެ ކަމަކީ އޮޅުވާލުމާއި މަކަރާއި ހީލަތް ހަދައިގެން މާލެ ސަރަހައްދަށް އަރާ ތިބެ ދަ ކިއްލި ތަޅާ ކިޔަވައިގެން އައިސް ތިބެ ސަރުކާރުގެ މަތީ މަގާމް ތަކަށް ބޭނިގަނެގެން ކަޓް ޖެއްސުމޭ އެކަމޭ މިހާރު ހިނގަމުން މިދަނީ ތަމެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މެން އަކުން ބަކުން ކުޅުމާއި އައްޕޯޑައުން ކުޅުމާއި މިކަން ކަން ކޮށްގެން ރައްޔިތުންނަށް އޮޅުވާލެވޭނެ ކަމަށް ބޮޑެތި ވެލްޑިންގް މާސްކް އަޅައިގެން ތިބެ ފުލު ފުލުގައި ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ނަމަވެސް ތަމެންނަށް މަމެން މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އޮޅުވާނުލެވޭނެއޭ ތަމެން ދެން ފެއްސެންވީ އެއް ނޫންތޭ ތަމެންގެ ރަށަށް ފެއްސޭ ފެއްސޭ ފެއްސޭ ދެން ފެއްސިބަލަ ދެން..

  13. ބެއްޔާ

    އެ ހުރިހާ މެމްބަރުންގެ ލަދު ހަޔާތް ކުޑަކަމާ ކަލޭގެ ލަދު ހަޔާތް ކުޑަކަން އަޅާ ކިޔައިފިއްޔާ، ކަލޭގެ ކޮޅޭ އަދިވެސް ބަރުވަނީ

  14. އިންސާނާ

    މަޖިލީހުގަވެސް އަދި މުޅިމިރާއްޖޭގަވެސް ތިބި އެންމެ ލަދުހަޔާއްކުޑަބަޔަކައްތިބީ އެމްޑީޕީއައް ނިސްބަތްވާމީހުން ބައެއްމީހުންނައް ގަބޫލުކުރަން ދަތިވާނެ ރުޅިވެސްގަދަވާނެ އެކަމަކު ހަގީގައް ވާނީ ހަގީގަތައް

  15. އެމް ޑީޕީ

    ބަލަގަ ލަދުހަޔާތް ކަނޑާލީވެސް ނަޝީދުގެ ބައިޢަތު ހިފައިގެން އަނެއް ގައުމިއްޔަތު އަނެއްގޮތެއް އަނެއް ރާއްޖެ އަނެއްހެން ހޯދަން އުޅޭ މީހުންނޫންތަ؟