ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ ތިނަދޫގައި ފެންބޮޑުވެ، 50އަށް ވުރެ ގިނަ ގެއަކަށް ގެއްލުންވެއްޖެ ކަމުގައި ތިނަދޫ ކައުންސިލުން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލުން ވިދާޅުވީ ލިބުނު ގެއްލުންތަކުގެ މައުލޫމާތު މިހާރު އެއްކުރަމުން ގެންދާކަމަށާއި ފެންބޮޑުވެ ގެއްލުންތައް ލިބުނު ގޭގޭގެ އަދަދު އެއަށްވުރެވެސް އިތުރުވެގެން ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

" ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައިވަނީ ހިފާގެންގުޅޭ ސާމާނަށް, ލިބުނު ގެއްލުންތަކުގެ ތަފްސީލް ނެގުމުގެ މަސައްކަތް މިއަދު ކައުންސިލުން މިދަނީ ކުރިއަށް، ބޯކޮށް ވާރޭވެހި ބޮޑުވި ފެންގަނޑު ހިންދުމަށް އެމްއެންޑީއެފުން ކުރިމަސައްކަތުން ރޭގެ މެންްދަމާއި ހަމައަށް ބޮޑު ސަރަހައްދުތަކުގެ ފެން ހިންދާލެވުނު،" ތިނަދޫ ކައުސިލްގެ ފަރާތުން ވިދާޅުވިއެެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭ ވަނީ އައްޑޫ ސިޓީއާއި ގދ ވާދޫގައިވެސް ފެން ބޮޑުވެފައެވެ.

ވިއްސާރައާއި ގުޅިގެން ޑިޒާސްޓާއިން އިއްޔެ ނެރެފައިވާ ރައްކާތެރިކަމުގެ އިރުޝާދުގައި ބަޔާންކޮށްފައިވާ ގޮތުން، ފެންބޮޑުވުމާއި، ގަދަވައި އަދި ކަނޑުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. އަދި، ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ހާމަކޮށްފައިވެސްވެއެވެ.

އެގޮތުނު، ވާރެވެހި ފެންބޮޑުވެދާނެކަމަށް ކުރިއާލާ ތައްޔާރުވުމާއި، ގަދަވައިގެ ސަބަބުން ފުރާޅު އެއްލާލަފާނެކަމަށް ތައްޔާރުވުމާއި، ކަރަންޓުން ސާމާނު ބޭނުން ނުކުރާނަމަ ނިއްވާލާފައި ބެހެއްޓުން ހިމެނެއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މިއަދުގެ ހެނދުނު 8:15 އިން މެނދުރު 14:00 އަށް ވައިޓް އެލާޓް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވާދޫ މީހާ

    އާނ އަހަރުމެންނަ ފެންބޮޑުވެގެން ލިބޭ ގެއްލުމުގެ ބަދަލެއް ނުލިބޭނެ މާލެ ގައި ފެންބޮޑު ވެގެން އުޅުނު އިރު ހީވަނީ އެހެންފަދަ ކަމެންހެން

  2. އާބިދާ

    މިސަރުކާރުގަ މިކަހަލަ ކަންކަން ހޭނޑްލްކުރެވޭވަރުގެ ކެޕޭސިޓީއެއް ނެތްކަން އެނގި ހާމަވެގެން މިދަނީ. ދުވާލަކު ދެތިން ސްޓޭޓް މިނިސްޓަރުން އައްޔަންކުރަމުންދާއިރު މިކަހަލަ ހާދިސާތަކުން ރައްކާތެރިވެ ތިބޭނޭ އިންތިޒާމު ހަމަ ނުޖެހުމަކީ ކަންބޮޑުވާކަމެއް.

  3. ދަނޑުވެރިޔާ

    ތިނަދޫގައި މިވަގުތު ހިންގަންތިބި މީހުން ރއީސް ޔާމިން މަގުތަކުގަ އެޅިތާރަ ހަޖަމްނުކުރެވިގެން ފެން ގެތަކަށް ވަންނަންދެން ޕަންޕު ނުޖަހާތިބީ. ޕާޓީ އޭ ބުނެފިއްޔާމު އަމާ މަރުވިޔަސް އޯކޭވާނެ.

    • ބޓ

      އެހެންވިމާ އަމިއްލަ އިއުތިރާފު ވަނީތަ ޔާމީނު ވެރިކަމުގަ ހަމަ ތާރު ނަމަކަށް އެޅީކަމަށް !
      ޑްރެއިން ސިސްޓަމް ފުރިހަމަ ކޮށްފަނޫންބާ ތާރު އަޅަންޖެހޭނީ !!
      މިތިބި ބައެއް ދޯ!!!

      • ީއިނޫ

        ތެދު ވާހަކައެއް