މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ ހާލުބޮޑު ބަލި މީހަކު މިއަދު ހެނދުނު ހެލިކޮޕްޓަރުގައި މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ބަލިމީހާ މާލެ ގެނެސްފައިވަނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށެވެ. އަދި ހެލިކޮޕްޓަރު ލޭންޑް ކޮށްފައިވަނީ އުސްފަސްގަނޑުގައި ހުންނަ ހެލި ޕެޑްއަށް ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

މުލީ ހޮސްޕިޓަލުގައި އޮތް ހާލު ދެރަ ބަލި މީހަކު މިއަދު މާލެ ގެނެސްފައިވާއިރު މީގެ ދެ ދުވަސްކުރިން ޅ. ނައިފަރުގައި އޮތް ހާލު ބޮޑު ބަލި މީހަކުވެސް ވަނީ ހެލިކޮޕްޓަރުގެ އެހީގައި މާލެ ގެނެސްފިއެވެ.

ކިޔުންތެރިންގެ ހިޔާލު