ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލުކަން އާއިޝަތު އާޒިމާ ޝަކޫރަށް ނުކުރެވޭނެކަން ކަށަވަރުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި އާޒިމާ ވަނީ ދެފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަނީ ލޯންޑަރިންނަށް އެހީތެރިވެދިންކަމުގެ ތުހުމަތެވެ.

"ވަގުތު" އަށް ކަށަވަރުވެފައިވާ ގޮތުން އާޒިމާއަށް އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީންގެ ވަކީލުކަން ދެން ނުކުރެވޭނެ ކަން ފުލުހުން ވަނީ އެކަމަނާ އަށް އަންގާފައެވެ. ހުދު އާޒިމާވެސް ވަނީ މިކަން ކަށަވަރު ކޮއްދީފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި އާޒިމާއަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުކަން ނުކުރެއްވޭނެ ހާލަތެއް މެދުވެރި މިވީ، އާޒިމާގެ މައްޗަށްވެސް އެމްއެމްޕީއާރްސީގެ މައްސަލައިގެ ތުހުމަތު ކުރާތީއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކުގައި ޑިސެމްބަރު 15 ގައި، އެމަނިކުފާނު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައަކާއި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެހެން އެކައުންޓަކަށް 22 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.

މަނީލޯންޑްރިންނާ ގުޅުންހުރި 22 މިލިއަން ރުފިޔާ ކަމަށް ތުހުމަތު ކުރެވެ ކަމަށް މައުލޫމާތު ލިބެއެވެ. މައްސަލަތަކުގެ ތަހުގީގަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާ އެކު ޔާމީންގެ އެކައުންޓްތައް ވަނީ ފްރީޒް ކޮށްފައެވެ. އެކައުންޓްތައް ފްރީޒް ކުރި މައްސަލަ ޔާމީން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މަނީ ލޯންޑްރިން މައްސަލައިގައި އާޒިމާގެ މައްޗަށް ތުހުމަތު ކުރިއިރު އާޒިމާ އަކީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ވަޒީރެވެ. ބޮޑެތި ގިނަ ނިންމުންތައް ނިންމެވުމުގައި ޔާމީން އެންމެ ބޮޑަށް ހޯއްދެވީ އާޒިމާގެ ޚިޔާލެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާނަންނެތް

    ރައީސް ނަޝީދަށްބަވާ ބައިގަނޑު ކީއްވެ

    ހިނމޭންވީ

    ރާކަނި މަސް ކެވުނީދޯ

    • މަހަށްދޭބަލަ

      ތަމެން ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ދަ ކަޓްކައޭ ދަ ބޮޑު ކަރުވަޅޭ ދަ ބޯބުޅި ސަންތިމަރިޔަނބޭ ދަ ބަލާ ބޮޑޭ ދަ މާގެށޭ ދަ ލާދީނިއަނޭ ދަ ކާޅުހެދުންލައޭ މަހަށް ދޭބަލަ މަހަށް މަަހަށް މަހަށް މަހަށް މަހަށް ދޭބަލަ ދެން...

      • މުހައްމަދް

        މޮޔައެއް

  2. މަހަށްދޭބަލަ

    މީހެއްގެ ޕްރޮފެޝަން ގައި އެމީހަކު ކާން ބޯން ކުރާ މަސައްކަތަކަށް ހުރަސް ނޭޅޭނެއޭ އެމްއެމްޕީއާރުސީ މައްސަލައިގައި މިހާރު ހުރި ދަ ގަމާރު ދަބީތާ ޕޮލިސް ކަމިޝަނަރު ބަލަނީ ގަދަ ކަމުން ރައީސް ޔާމީން ބޮލަށް އެކަން ކަނޑާލެވޭތޯ ނޫންތޭ ތަމެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބަލަގަ ކަނޑުކޮހާ ތަމެންނަށް ނުފެންނަނީތޭ ރާއްޖެ އަށް ކޮންމެ ދުވަހަކު ގަވާއިދާއި ޚިލާފަށް އެތެރެވެގެން އުޅޭ ބަންގާޅީން ތައް ތަމެންނަށް ބައި އަޅަންނާ ނުބީހެންނާ ކަނޑާހަމަ ވާ އުސޫލުން އެކަން ގެންދަނީ ނޫންތޭ ތަމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ..

    • ކަލޯބެ

      ކަލޯ ތިޔަ ކިޔާއެއްޗެއް މާލެއިން ފުރައިގެން ތުރާކުނަށް ދާން ނިކުތް އޮޑިއެއް އައްޑޫ އަށް ލެފުމެކޭ އެއްހަމަ!

  3. ސަޅި

    ޢެވިރަގަލައް

  4. ގާދިރު

    ކޮއްފަހުރިކޮމެންޓްކިޔާލީމަގުރައިދޫގަބަލަހަެްޓަންޖެހޭވަރުގެމީހުންތިބިކަންފާހަގަވޭ

  5. ތޯއެއްލަލަ

    ހިލޭ ދޭ ހަދިޔާ އަކީ އެއީ އެހަދިޔާ ދޭ މީހާ ބަލަހައްޓަން ޖެހޭ އެއްޗެއް ނޫނޭ އެ ހަދިޔާ ދިނުމަށް ފަހު ނިމުނީއޭ ދެން އަނެއް ކޮޅުން ހަދިޔާ ލިބުނު މީހާ އެ ހަދިޔާ ބޭނުމެއް ނޫނޭ ބުނެފިނަމަ ދެން އެހަދިޔާ ގަދަ ކަމުން ހަދިޔާ ލިބުނު މީހާ އަތުގައި ބާއްވަން ހަދިޔާ ދިން މީހާ އުޅުން އެއީ ވަރަށް ބޮޑަށް ސައުތު ވިންގް ކަންޓްރީ ސައިޑް ސްޓޭންޑަރޑް އޭ މަމެން ބުނަން ނެތީމު ދޯ..

  6. عبدالله

    ބަސްމޮށުން ތެރިކަން ހުރެއްޖެނަމަ، ރަނގަޅު ތަޢުލީމެއް ނެތަސް އައިބުތަކާއި އުނިސިފަތަކުން ބަރީއަވުމަށް ފުރުޞަތު އޮވެއެވެ. ދައުލަތުން ނަގާފައިވާ މުސާރައާއި އަޅައި ބަލާއިރު، ދައުލަތަށް ލިބިފައިވާ ޚިދުމަތުގެ މިންވަރު މާބޮޑަށްވެސް މަދުކަން ފާހަގަކުރެވެއެވެ. އަދާކޮށްފައިވާ މަޤާމުތަކާއި އަޅައި ބަލާއިރު، ލިބިފައިވާ ޤާނޫނީ ހުނަރު ވެރިކަން އިތުރެއްނޫނެވެ.