ގޭގައި ކަރަންޓު އުފައްދުމަށް ފަހު ސަރުކާރަށް ވިއްކޭ ގޮތަށް ގާނޫން ބަދަލު ކުރަން ޖެހޭ ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ރޭ އެމްޑީޕީ ޕްރައިމަރީގައި ގއ. ވިލިނގިލި ދާއިރާއަށް ކުރިމަތިލައްވާ ކުރީގެ އެޓާނީ ޖެނަރަލް ދިޔާނާ ސައީދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުނެވެ

ނަޝީދު ވިދާޅުވީ އާންމު ގޮތެއްގައި އުފައްދަމުން އަންނަ ޑީސަލް ކަރަންޓުގެ ބަދަލުގައި މިހާރު ބޭނުން ކުރަންވީ އަވިން ހަކަތަ އުފައްދައިގެން ކަމަށާއި އެރުން އެތައް ގުނައަކުން އަގު ކުޑަ ކުރެވިދާނެ ކަމަށެވެ.

"އަމިއްލަ ގޭގައި ކަރަންޓު އުފައްދާފައި ސަރުކާރަށް ކަރަންޓު ވިއްކެން އެބައޮތް، އެ މަސައްކަތް ކުރަން ބޭނުންވާ އެތައް ކުންފުންޏެއް ދުނިޔޭގައި އެބަވޭ، ރާޢްޖެއަށް އެ މީހުން ނާންނަންވީ އެއް ގޮތެއް ވެސް ނުހެދޭނެ، ހަމައެކަނި ބަދަލު ކުރަންވީ ގާނޫނީ އޮނިގަނޑު،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި ބަދަލު ގެނެވޭނީ ޕަވާ ޕާޗަސިން އެގްރީމަންޓު ހެދޭ ގޮތަށް ރާއްޖޭގެ ގާނޫނުތައް ބަދަލުކޮށްގެން ކަމަށާއި ކަރަންޓު އަމިއްލައަށް އުފައްދާ ކަރަންޓު ސަރުކާރަށް ވިއްކުމުގެ އެގްރީމަންޓު އޮނިގަނޑަށް ތައާރަފް ކުރަން ޖެހޭ އަދި އެކަމަށް ޝައުގުވެރިވާ އެތައް ބަޔަކު ތިބި ކަމަށެވެ.

"ރައްޔިތުންގެ އާންމު ހާލަތު ބަދަލު ކުރުމުގެ އެންމެ ބޮޑު ރޯލު އަދާ ކުރަން ޖެހޭ ތަނަކީ ރައްޔިތުންގެ މަޖިލިސް , މިހާރު ހުރި މިންވަރަށް ވުރެ ވެސް ބޮޑަށް ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ގޮތްތައް ހުންނާނެ " ނަޝީދު ވިދާޅުވިއެވެ

ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން މިހާރު ވެސް ވަނީ ޑީސަލް އިން ނަގާ ޑިއުޓީ ކަނޑާލަން މަޖިލީހުން ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ވަގުންނޭ

  ގޭގައި ކަރަންޓު އުފައްދުމަށް ފަހު ސަރުކާރަށް ވިއްކޭ ގޮތް ހަދަން ޖެހޭ ކަމަށް ބުނެ ކެނެރީގެ ނަޝީދު ފެލެނީ އެއީ އޭނާގެ އެކެބަނޑެ ބެއްޔާ އަށް މާލޭގެ ހުރިހާ ސްކޫލް ތަކުގެ ކަރަންޓް ބިލް ކަހާލަން ވެގެންނޭ މިހާރު ވެސް މާލޭގެ ބަޔެއް އިމާރާތް ތަކުގެ ފުރާޅު މަތީގައި ޖަހާފައިވާ ސޯލަރ ޕެނަލްސް ތަކުން އިންޖީނުގެ އަށް ވާނެ އެއްވެސް ފައިދާ އެއް ނޯންނާނެއޭ ކެނެރީގެ ނަޝީދުގެ އެކެބަނޑެ ބެއްޔާ އަށް މާލެ ވިލިގިލި އިންޖީނުގެ އިން މަހަކު 80 ހާސް ރުފިޔާ ދޭއިރު އޭނާ ވިލިގިލި ސްކޫލް ފުރާޅު މަތީ ޖަހާފައިވާ ސޯލަރ ޕެނަލްސް ތަކުން އިންޖީނުގެ އިން ދުވާލަކު އަންދާ ތެލުން އެންމެ ލީޓަރު ޑީސަލެއް ވެސް ސަލާމަތް ކުރެވިފައި ނެތޭ ކެނެރީގެ ނަޝީދު އެފެލެނީ އެއީ އޭނާގެ އެކެބަނޑެ ބެއްޔާގެ ކުންފުންނަށް ސަރުކާރުގެ މާލިއްޔާ ގެ ބޮޑު ބަޔެއް ކަހާލަން ވެގެންނޭ މިކަން ކުރާނެއޭ އެމެން ރައީސް އޮފީހަށް ވައްދާފައި ތިބި ވަގު ޕޮލިސީ ސެކްރެޓަރީ މެން ލައިގެން އެކަން ކުރާނެއޭ އެކަމޭ މިހާރު ހިނގަމުން މިދަނީ ކެނެރީގެ ނަޝީދު އޭނާގެ އާއިލާ މުއްސަނދި ކުރަން އުޅެނީ އެއީ ސަރުކާރުގެ މާލިއްޔާ އިން ވައްކަން ކޮށްގެން ކަން އެއީ މަމެންނަށް އެނގި ފާޅުވަމުންދާ ކަންކަމޭ ބުނަން މަމެން ނެތީމޭ..

 2. މާސްޓަރ

  ތީ ކީއްވެ ކިޔާ ލަވައެއްކަން އެގޭ. ސޯލާ އެނަރަޖީގެ ވަރަށްގިނަ މަސައްކަތް ޢާއިލީ ކުން ފުނިން ނޫނީ ރާއްޖޭގައި މިސަރުކާރުގައި ނުކުރެވޭނެކަންވެސް އެގޭ.

 3. Anonymous

  ކިލޯ ކިރައިގެންތޯ؟

 4. އޭދަފުށީ މުހައްމަދު

  މިކަލޭގެ ގެންގޮސް ހައްޔަރު ކޮށްބަލަ. ނުނީ ގުރައިޑުއަށް ފޮނުވާލަބަލަ.

 5. ޢަބްދުﷲ

  ސިޔާސީ ފިކުރުތައްވެސް ބާރުސްޕީޑުގައި ގިނަދުވަހު ދަތުރުކުރާނީ، ބަހާއި ޢަމަލާއި ދިމާވާނަމައެވެ. ބުނާއެއްޗަކާއި ކުރާކަންކަމާއި ދިމާނުވާނަމަ، ރައީސް ނަޝީދު އެކޭ ބަހުލޫލު އެކޭ ވާނީ އެއްވަރެވެ.

 6. ޖާބިރު

  ކަރަންޓު ގަންނާނެތްބާ؟ ރާއްޖެ ސަރުކާރަށް ވިއްކާފަ ބާކީވި ބައި ގަންނާނެ އިތުރު ގައުމެއް ނެއްބާ؟ ވަރަށް ހެޔޮ އަގުމަ މިގޭން ކަރަންޓު ވިއްކަން..

 7. ފެންނާނެއޭ

  ތިޔާއީ ކެނެރީގެ ނަޝީދުގެ ވެރިކަމުގައި އޭނާގެ އެކެބަނޑެ ބެއްޔާ އަށް ސަރުކާރުގެ އިމާރާތް ތަކުގެ ފުރާޅު މަތީގައި އަވި ޕެނަލް ޖަހައިގެން އެތަނުގެ ކަރަންޓް ބިލަށް އަރާ ފައިސާ ގަނޑު ދަމައިގަންނަން ވެގެން އޭނާ ރާވާ މަކަރާއި ހީލަތުގެ ތެރޭން ފުރިގެންވާ ކަމެކޭ އިންޖީނުގެ އިން އަންދާ ތެލުން އެންމެ ލީޓަރު ޑީސަލެއް ވެސް ސަލާމަތް ނުވާނެއޭ ގެ އަށް ލާފައިވާ ހިމަ ރޮދި ފަށެއްވަރުގެ ކޭބަލް އަކުން ގްރިޑް އަށް ކަރަންޓް ދީގެން އެއިން އަންނާނީ ރިއެކްޝަން އޭ އެއީ އެއްވެސް ތާކުން ތާކު ޖެހޭ އެނަރޖީ އެއް ނޫނޭ ސޯލަރ އެނަރޖީން ގްރިޑަށް ފީޑް ކުރަނީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމެއް ގައި ތިޔާ ކަން ކާމިޔާބު ވެފައި ނެތޭ ތިޔާއީ ސީދާ ކަރަންޓް އިން ވައްކަން ކުރަން ވެގެން ކެނެރީގެ ނަޝީދު އާއި އޭނާގެ އެކެބަނޑެ ބެއްޔާ ރާވައިގެން ކުރާ ކަންކަމޭ އެކަން ފެންނާނެ މިވެރިކަމުގައި މަޖްލީސް އިންތިޚާބު ނިމޭ ތަނުން.

 8. ކްލޯސްޑް

  އެއްބަސްވުން އާކޮށް އިންޑިއާގެ ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި ނަމަ ތިޔާއީ ވަރަށް ބޮޑަށް އިންޑިއާގެ އަޅުވެތި ކަމަށް ދާގޮތަށް ތަމެން ކުރާ ކަމެކޭ ތިޔާ ކަން މަމެންނަށް ގަބޫލެއް ނުކުރެވޭނެއޭ ނުކުރެވޭނެއޭ ހަމަ މިހާރުން މިހާރަށް ތިޔާ އެއްބަސްވުން ބާތިލް ކުރަންވީ ތަމެންގެ ރައީސް ބުންނެއް ނޫން ހުރިހާ ރައްޔިތުންގެ ވެރިކަމެއް ކަން ކުރާނީ އެހެން ވެއްޖެނަމަ ހެލި ކޮޕްޓަރު ގަނޑު ފޮނުވާލާ އިންޑިއާ އަށް އެޗެޕްޓަރ އެބަޖެހޭ ކްލޯސް ކުރަން.

 9. އެއްލާލާ

  ތަމެން އިންޑިއަނޭ މެން ހިލޭ ދިން ހެލި ކޮޕްޓަރެއް ބަލަހައްޓަން އެތައް ސަތޭކަ ބަޔަކު ހިމެނޭ އިންޑިއަން ފަވްޖެއް ރާއްޖޭގެ މަމެންގެ ބަޖެޓުން ކާންދީގެން ތަމެން ބަލަހައްޓަން ޖެހޭ އެއްވެސް ގޮތެއް ނެތޭ ތިޔާ ބާ ހެލިކޮޕްޓަރު ގަނޑު ދުއްވަން ތަމެން ގެންދަގަ ތިޔާ އެތެރެއަށް ވާރޭވެހޭ ހެލިކޮޕްޓަރު ގަނޑު ބަދަލުގައި ޖަޕާން އިން ކަވަސާކީ ހެލި ކޮޕްޓަރެއް ހޯދަންވީ އޭ ޖަޕާނުގެ ގްރާންޓް އެއިޑް ދަށުން އިންޑިއާ ތިޔާއީ ހެލި ކޮޕްޓަރެއްތޭ ބަޖާޖް ލޮރީ އެއް ނޫންތޭ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ އެއްލާލާ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

 10. ހުސޭނުބޭ

  ގާފަރު ފަރަށް ފާޚާނާކުރުމަށްފަހު ސަރުކާރަށް ވިއްކި މީހާ ދޯ ގެއެއްގެ ފުރާޅަށް އެ އަރަނީ!

 11. ނުރަބޯ

  ކަރަންޓުބިލްގެ އަގުހެޔޮނުކުރެވިގެންނޭ ކިޔައިގެން ފަޔަށް ހިނިއަރައިގެން އުޅޭހެން މިކަލޭގެ އުޅޭއިރު މީނާ ވެރިކަންކުރި ތިން އަހަރު، ކަރަންޓުބިލްގެ ތެރެއަށް ތެލުގެ ސާރޗާޖް ލައިގެން ތެލުގެ އަގުއުފުލުނު ކޮންމެ ފަހަރަކު ކަރަންޓުބިލް ބޮޑުވަމުން ދިޔައެވެ. އެއިރު އެކަން މިކަލޭގެއަށް ބޮޑުވެގެން އުޅުނުތަނެއް އަހަރެމެން ނުދެކެމެވެ. ދެންމިހާރު ކަރަންޓޭ މުންޖޭ ކިޔައިގެން ކިތައްމެވަރަކަށް އަނގައެރުވިޔަސް ތިޔައީ މަޖްލިހުގެ މެންބަރުކަމަށް ފައިނަގާތީ ޖައްސާ ކެންޕޭނު ސްޓަންޓެއްކަން ނޭނގޭމީހަކު ނެތެވެ.

 12. މުހައްމަދު

  ކީއްތަ ނުބުނީ ކޮންމެގެއަކުން އިސްރާފުކުރާ ކާތަކެތި ސަރުކާރަށް ވިއްކައިގެން ވިޔަފާރިކޮށްގެން މިވަގަށްނެގި ސަރުކާރަށް ލާރިހޯދާވާހަކަ ދައްކާފަ ނުދައްކާނެވާހަކައެއް ނޭގިގެންއުޅޭ ސުއިއްޕެއްތަމީ މިހާވަރުންނޫޅެ މިގައުމުގެ ވެރިކަން ފޭރިގަންނަންވީނު ހެހެހޭ

 13. ކޮސްބެ

  އަޅުގަޑަށް ފެންނަނީ ކޮންމެ ރައްޔިތަކުވެސް ފެންފޯއް ދަޑެއް ހައްދާއި ގެން ރައްޔިތުންގެ ފޯއް ސަރުކާރަށް ވިއްކަން. މިހެން މިދެންނެވީ މަނިކުފާނުވެސް ވިދާޅުވީމެއް ނޫންތޯ މާލޭސިޓީކައުންސިލް ކުރިމަތީ ފެންފޯއްރުކެއް އިންދެވުމަށްފަހު ދެއްކެވި ވާހަކާއި ގާއި ރުއްތައްފޯދި ފޯއްއަޅާ ދޮންވެ ފޯއްތައް މަގުމައްޗައް ފޭބީމާ ރަށްޔިތުންނަށް ފޯކަށް ފައިންއެރޭނެ ވާހަކަ ދެއްތޯ. ހަދުމަޕުޅު އެބަހުރިބާ؟