ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގައި ދިވެހި ޓްރެވަލް ކުންފުނިތައް ހިލޭ ބައިވެރިވެވޭ ގޮތަށް ހަމަޖައްސައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބާއްވާ ޓީޓީއެމް 2019 ގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު ޓީޓީއެމް އިންތިޒާމު ކުރާ މޯލްޑިވްސް ގޭޓްވޭސްއިން ބުނީ އެ ފެއާގައި ޓްރެވަލް ކުންފުނިތަކަށް ހިލޭ ބައިވެރިވެވޭނެ ކަމަށެވެ.

މި އަހަރުގެ ޓީޓީއެމްގައިވެސް ޓޫރިސްޓު ގެސްޓްހައުސްތަކާއި ހޮޓާތައް އަދި އެއާލައިންތައް ހިނެނޭހެން ޖުމްލަ 100 ފަރާތަކުން ބައިވެރިވާނެއެވެ،

ޓީޓީއެމް ފެއާ މި އަހަރު ބާއްވަނީ އެޕްރީލް މަހުގެ 20-22 އަށެވެ. މިއީ މި ފެއާ ރާއްޖޭގައި ބާއްވާ ތިންވަނަ އަހަރެވެ.