ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ ރައީސް އަޙުމަދު އަދީބު އަބްދުލް ޣަފޫރަށް ފަރުވާ ދެމުން ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ކްރިޓިކަލް ކެއަރ ޒޯންގައިކަމަށް އެމްޓީޑީ އިން ބުނެފިއެވެ.

އެޕާޓީ އިން ހާމަކޮށްފައިވާ ގޮތުގައި އަދީބަށް ކްރިޓިކަލް ކެއަރ ޒޯންގައި ފަރުވާ ދެމުންދާއިރު، ކައިރީގައި އާއިލާގެ މެންބަރެއް ހުރުމުގެ ފުރުޞަތު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދީފައި ނުވެއެވެ.

"އަދީބަށް ދަނީ އައިޖީއެމްއެޗް ކްރިޓިކަލް ކެއަރ ޒޯންގައި ފަރުވާ ދެމިން. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އާއިލާ ބޭފުޅަކަށް ކައިރީގައި ހުރުމުގެ ފުރުޞަތު ނުދެއްވާ." އެމްޓީޑީ އިން ބުނެފައިވެއެވެ.

ޖަލުގައި ހުންނަވަނިކޮށް އަދީބުގެ ޞިއްޙީ ހާލުކޮޅު ދަށްވުމުގެ ސަބަބުން އެމަނިކުފާނު އައިޖީއެމްއެޗް އަށް ގެނެސްފައިވަނީ މިރޭގެ އިރާކޮޅުގެ ވަގުތުގައެވެ.

އަދީބުގެ ގާތް މީހަކު "ވަގުތު" އަށް އޭރު ބުނެފައިވަނީ އެމަނިކުފާނުގެ އަތަށް އަނިޔާވެފައިވާކަމަށް ބެލެވޭކަމަށެވެ. އެހެންނަމަވެސް، އަތަށް އަނިޔާ ލިބިފައިވަނީ ކޮން ސަބަބަކާ ގުޅިގެންކަމަށް އޭރު ބުނެފައި ނުވެއެވެ. އަދީބު އައިޖީއެމްއެޗް އަށް ގެންގޮސް، ފަރުވާ ދޭން ގެންގޮސްފައިވަނީ ވީލްޗެއަރ އެއްގައި ބައިންދައިގެންނެވެ.

ގޭބަންދުން ޖަލު ބަންދަށް އަދީބު ބަދަލު ކޮށްފައިވަނީ މި ހަފްތާގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޫސާ

    ދެން ހަމަ ވަރަށް ބަލި ވާނެ!

  2. ާއދ.

    ތީހަމަ ރާވާގެން ކުަލޭވަރައްބޮޑު ގޭމް އެއް ވަރައްސާފު

  3. ރާޅު ބޯއީ

    ތީ ޖަހާ ރޮކެޓް. ގޭގައި ހުރެގެން ލަވަކިޔާ ހަރުމަނިޔާ ޖެހިއިރު ބަރާބަރު. ރައްޔިތުންގެ އަތުން ޕަކަޅާކޮށްގެން ނެގި ފައިސާއިން ސިޔާސީ ޕާޓީއެއް އުފައްދާ ރައީސް ހެދިފަ ހުރިއިރު ކޮއްޔެއްހެން ފުފިފަ ހުރީ ބަރާބަރު. ހަމަ ޖަލަށްލީ ކުރިޓިކަލްވީ. އަޖައިބެއް ކަހަލަ ކަމެއް.

  4. ޯކޭޚޭ

    ޤާސިމްވެސް ބަލިވި އަންނިވެސް ބަލިވި އަދީބް ވެް ބަލިވި ޔާމީން........؟

  5. ޟަރަ

    އުޅޭ ވައްތަރެއް. ދެންޖަލުގަތިބި އެހެންމީހުންވެސް މިކަހަލަ ފިލްމެއް ކުޅެލަބަލަ، މިނިވަން ވޭތޯ. ނިކަމެތިމީހާ ހަމަ އޮންނަންޖެހޭނީ.

  6. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އުފާވެރި ހަބަރެއް!