ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ ރައީސް އަޙުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ސީރިޔަސްވެ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ދެންމެ އެމަނިކުފާނު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސް އެމަޖެންސީ ގައި ފަރުވާ ދޭން ފަށާފައެވެ. އަދީބު އައިޖީއެމްއެޗް އަށް ވައްދައިގެން ގެންދިޔައީ ފުރޮޅުލީ ގޮނޑިއެއްގައެވެ،

އަދީބާ ގާތް މީހަކު، "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އަދީބަށް ރަނގަޅަށް ނުހިނގޭކަމަށެވެ. އަދި އަދީބުގެ އަތަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް ބެލެވޭކަމަށާއި އެހެންނަމަވެސް، އަދީބުގެ އަތަށް އަނިޔާވި ސަބަބެއް ނޭނގޭކަމަށް އޭނާ ބުންޏެވެ.

ގޭބަންދުގައި ހުއްޓާ އަދީބު ކުއްލި ގޮތަކަށް ޖަލަށް ބަދަލުކޮށްފައިވަނީ މި ހަފްތާގެ ތެރޭގައެވެ. އެހެންނަމަވެސް، އެކަން ކޮށްފައިވަނީ ޑޮކްޓަރުގެ ލަފަޔާއި ޚިލާފަށްކަމަށް އާއިލާއިންނާއި އެމްޓީޑީ އިން ބުނެފައިވެއެވެ.

ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގުމުގެ އޮޕަރޭޝަނަށްފަހު، ޑޮކްޓަރުންގެ އިރުޝާދާއެކު އަދީބު ގޭބަންދަށް ބަދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި، އޭނާ ގޭބަންދުގައި މި މަހުގެ 27 ވަންދެން ބަހައްޓަން ލަފާ ދިންކަމަށް އެމްޓީޑީ އިން ރޭވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ގަޅި

    އަޖައިބެއް އިންގޭ
    ނިކަމެތި މީހާ ކުލިދައްކާ ފަ ނިކަމެތިން ގޮތު
    ބޮޑެތި ވަގުން ޓުރިކް ޖައްސައިގެން ފިލޭތޯ

    • ޙައްގުބަސް

      ހެހެ! ކުޅި ފެއްޓުނީ!! ދެން ޑޮކްޓަރު ދޭނެ ގެއަށް ބަދަލުކުރަން ލިއުން! އަދި ލޯ އަނދިރިވަނީއޭ ކިޔާފަވެސް ލިއުން ދޭނެ!! ވީހާވެސް އަވަހަށް ބޭރުން ފަރުވާ ހޯދަން ފޮނުވާށޭ ބުނެ ލިއުންވެސް ދޭނެ!! އެކަމަކު މިދޭތެރެއިން ދޮޅު މަހެއްހާ ދުވަހު ގޭގެ ހުރިއިރު މުޅިން ފެނުނީ ނިކަން ވަރުގަދަކޮށް ހުރެ ސިޔާސީ ޙަރަކާތް ތެރިއެއްގެ ގޮތުގައި ފަރުދާގެ ފުރަގަހުގައި ހުރެ މަސައްކަތް ކުރަމުންދިޔަ މަންޒަރު!! އެންމެފަހުން ފާޓީއެއް އުފައްދާ ގާނޫނާ ޚިލާފަށް އެޕާޓީގެ ލީޑަރަކަށްވެސް ވި ތަން!! ޙުކުމް ތަންފީޒުކުރަން ގެންދާއިރަށް މިހަދަނީ ކިހިނެތް!! މިނޫނަސް ނިކަމެތި ރައްޔިތުންގެ ގޮތުގައި ތިބެ ކުށްކުރި ބަޔަކު އެބައުޅޭ ޖަލުގަ!! މި ސިޔާސީ މީހުން ކުށްކޮށްގެން ޝަރީޢަތަށް ސާބިތުވެގެން ޖަލަށް ލާއިރަށް މިމީހުންނަށް މިވާގޮތެއްދޯ؟ މިކަމާ ކަމާބެހޭ މުައްސަސާތަކުން ހަމަ ނުވިސްނަނީބާ؟ މިމީހުން މިޖައްސާ ސަޓަންޓް ޖެއްސީމާ ގެއަށް ބަދަލުކުރާނެ!! ނުވަތަ ބޭރަށް ފޮނުވާނެ!! ބޭރަށް ފޮނުވީމަ އެނބުރި އެކަކުވެސް ނައާދޭ!! ޙުކުމަށް ފިލަނީ!! މަކަރު ހަދަނީ!! މިކަހަލަ ސިޔާސީ ބޮޑެތި މުޖްރިމުންނަށް ހުރިހާ ކޮޅަކުންވެސް ފައިދާ!! މިއޮތީ ވާކަމެއް!!

  2. عبدالله

    ޙުކުމް ތަންފީޒު ކުރުމުން، އިސްތިސްނާ ކުރެވޭ ހަމައެކަނި ޙާލަތަކީ، ބޭސްފަރުވާގެ ޙާލަތެވެ. ތަންފީޒު ކުރަންޖެހޭ ޙުކުމެއް އޮތުމަކުން ބޭސްފަރުވާއަށް އެއްވެސް ހުރައެއް ކުރިމަތި ކުރުވައިގެން ނުވާނެއެވެ. އިންސާނީ ކަރާމާތަށްޓަކައި އިޙްސާން ތެރިވާންޖެހޭނީ، ހޯރަ އިއްބެއާއި ދޭތެރޭގައި އެކަންޏެއްނޫނެވެ.

  3. ޓަޓޫ

    ތަފްސީލް
    އަދީބް އަތައް އަނިޔާ ލިބިފައިވަނީ ގިޓާ ކުޅުމުން ކަމައް ޑރ ނަސްފާ ބުނެފި

  4. ބޮއިކަޓް ޢަލީ

    ޖަލަށްލުމާއެކު އަދީބު ބަލިވެ، ލޯ އަނދިރިވެ، ނުހިނގި، ދުނިޔޭންމޮޔަވެ ހާލު ސީރިޔަސް ވެއްޖެ، ޖަލުން ނިކުތުމާއެކު ގަދަވެ ލޯ އަލިވެ ވިސްނުން ތޫނުވުމާއެކު ޕާޓީއެއް ހަދައި ރައީސެކޭކިޔަންފަށައިފި

  5. ޯޯބޮޑިތަކުރުފާނު

    ސިޔާސީގޭމް

  6. ޖާންޓޭ

    މީނަހަމަ ޖަލައް ގެންދާއިރައް ބަލިވޭ.ގެއައް ބަދަލުކުރީ ވަގުތުން އޯކޭ.ޕާޓީހަދާ ޕާޓީބާވާ ޕާޓީއައް މީހުން ވައްދާ ...

  7. މގމ

    ބޭރައް ފުރުމުގެ މަލަމަތި ފެންނަން ފެށީ

  8. މުހައްމަދު

    ހެހެހޭ ހަމަ ޖަލަށް ދިޔައީ ނޭވާހޮޅިޔަށް އެޅުނީ މީފަހެ އަރަތެއްނޫންތަ މިކޮޅުގަ ހުރިއިރު ގަދަފަދަ ޕާޓީއުފައްދައި ފާޑުފާޑުގެ ދޮގުވާހަކަތައްދައްކާ ނާޗަރަގީ ކުޅެން ހަމަ މަރެއް ނަމަވެސް ކުރިވައްކަމާ ވެފައިވާޚިޔާނާތުގެ އަދަބާނެހުނީމަ އައިސީޔޫއިން ނާރާ މިކަމާމެދުގަ ކީކޭބުނާނީ މިކަންވާނީވެސް މިހެން އެހެރީނު ގޮއްރާޅު މަނިކާ ތެލަބަކުޑިބޭވެސް ހަމައެފަދައިން ވިއްޔަ ކުރިކުއްތަކުގެ އަދަބަށް ފިލައި ޖަރުމަނާ އިނގިރޭސި ވިލާތުގަ އަކުންބަކުން ކުޅުނީ ވީމާ އެފަދައިން އެހެންމީހުންވެސް ކަންކުރާނެތާ ހެހެހެހޭ

  9. ކަދުރޭ

    ބޯހަލާކު ސަހާދެެއް

  10. ޖޮއްބެ

    ހަމަމުޅިން ފޭކު. ތިޔަވެގެން އުޅޭގޮތަކީ އަދީބު އަތުން ސޯލިހުމެނަށް ލާރިގަނޑެއް ލިބުނީ. އެހެންވީމާ އިސާހިތަކު ދޫވެސް ކޮށްލަފާނެ. މިހާރަކު ކޯޓުތަކަކަށް މާބޮޑު ބާރެއް ނުދެއްކޭނެ.

  11. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

    އެކްޓަރު އަދީބު

  12. Thanks

    ރުގުޔާ ކުައްބަލަ ޖަލުގެ މައްސަލައެއް ތ

  13. މާމިގިލީ މީހާ

    ގާސިމު ކޯޓް ތެރޭ ޑުރާމާ ކުޅުނުހެން އަދީބުވެސް ޑުރާމާ ކުޅެން ފެށީތަ.. ތުބުޅި މިނިސްޓަރުގެ ތުބުޅީގެ ވަރު ދައްކާލާ އަދީބައް..

  14. ހިނދުކޮޅު

    ތިވާނީ ގިޓާ ކުޅެކުޅެ ނުވަތަ ޕާޓީ ފޯމުތަކުގަ ސޮއި ކޮށްކޮށް އަތަށް ލިބުނު އަނިޔާއަކަށް.

    • ސޮދުރީ

      ޕާޓީ އަށްވަތްމީހުންގެ ފޯމްފުރާފުރާ އަތުގަރިއްސަނީ

  15. ފާތުން

    ޖަލަށް ލާއިރަށް ބަލިވޭ. ޖަލުން ގޭ ބަންދަން

    ނެރޭ އިރަށް ޖިޓާ ކުޅެ ލަވަކިޔާ އެވަރެއް ނެތް

    2019 ގެ އަދީ ބުރޯ ފިލްމު 1 ވަނަ އެޕިސޯޑް

  16. މުހައްމަދު

    އެކްޓަރ އޮފް ދި އިއަރ.

  17. އެކޮއި

    މީ ހާދަފޭކު ގޮލައެއް. ގޭގަ ހުންނައިރު ހަމަ އޯކޭ. ޖަލަށް ގެންދާ އިރަށް ހަމަ ބަލިވޭc.f..

  18. ކައުންސެލަރު

    ބަލަ އެއީ ކާކުތަ؟ އެމް އެމް ޕީ އާރުސީ ދަވާލީމަވެސް ހާލުކޮޅު؟ ގައުމަށް ބޮޑު ވަބާއަކަށް ވެއްޖެއެންނު މިކަން