ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމުގެ ތާއީދާއެކު، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި މައުމޫނު ތަމްސީލު ކުރައްވާ މައުމޫން ރިފޯން މޫވްމަންޓް (އެމްއާރްއެމް) ތާއީދުގައި މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އޮތްކަން ހާމަކޮށްފައިވަނީ މިއަދު ކޮށްފައިވާ ޓްވީޓެއްގައެވެ.

ޓްވީޓުގައިވާ ގޮތުން އެމްއާރްއެމް ތާއީދާއެކު މަޖިލީހަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން 7965444 ނަމްބަރު ފޯނަށް މެސެޖެއްގެ ޒަރީއާއިން އަންގާލަން ޖެހެއެވެ.

އެފަރާތުން މިކަން ހާމަކޮށްފައިވީނަމަވެސް، މައުމޫން ތާއީދު ކުރައްވާ ފަރާތްތަކުން މަޖިލީހުގެ 87 ދާއިރާއަށް ކުރިމަތިލާނެކަން އަދި ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީ އިން ވަނީ ގިނަ ދާއިރާތަކަށް ކުރިމަތިލާނެކަމުގެ އިޝާރާތެއް ކޮށްފައެވެ.

ޖޭޕީ އިން އިޝާރާތެއް ކޮށްފައިވާއިރު އެމްޑީޕީން ވަނީ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށް ވާދަކުރުމަށް ނިންމާފައެވެ.

އެމްއާރްއެމް އަކީ ރަޖިސްޓަރ ކޮށްފައިވާ ސިޔާސީ ޕާޓީއެއް ނޫންކަމުން، އެފަރާތުގެ ޓިކެޓުގައި ކެންޑިޑޭޓުންނަށް ވާދަ ނުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަބީބު

    މިހިރަ ޖާހިލު މުސްކުޅި ބެއްޔާއެވެ! ގޭގައި މަޑުން އިނދެ ޝަރަފްވެރިކަމާއި އެކު އަޅުކަމުގައި ވަގުތު ހޭދަކުރުން ބެއްޔާއަށް މާ އައުލާކަން ބޮޑެވެ. އެއްބަފައި ކޮއްކޮކެ ކަރުގައިހިފައި ވެއްޔާ މޮޑެލުމަށްފަހު ބެއްޔާގެ މުޅި ޚާންދާނުގެ ދުޝްމަނުންގެ ދަށުވެ ޖާހުގެ ބޭނުމުގައި ދުނިޔޭގައި ދަތް އަޅައިގެން ނޫޅުމަށް ބެއްޔާއަށް ނަޞޭޙަތްތެރިވަމެވެ. ބެއްޔާގެ ނުބައި ޢަމަލުގެ ހިތި ނަތީޖާ ދާދި އަވަހަށް ބެއްޔާއަށް ފެނިގެންދާނެއެވެ.