ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެމްޑީޕީއަށް 60 ޕަސެންޓް ވޯޓު ލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ނަޝީދުވެސް ވާދަކުރައްވާ އިރު، ރޭ އަނދުން ހުސައިން ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ފެނިވަޑައިގަންނަވަނީ މުޅި ރާއްޖެ އަނެއްކާވެސް ޓީވީ ސްކްރީނުގައި ހުރިހާ ގޮނޑިއެއް ރީނދޫ ވަމުންދާތަން ކަމަށެވެ.
"އަޅުގަނޑަށް މިއަދު ޝައްކެއް ނުހިނގާ، އަޅުގަނޑުމެންނަށް 60 ޕަސެންޓު ވޯޓު އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބޭނެ. އޭޕްރީލް ހަވަނަ ދުވަހު، ހަވީރު ފަހެއް ޖަހާއިރުގައި އަޑު އައްސަވަން ތިއްބަވާ، މުޅި ރާއްޖެ އަނެއްކާވެސް ޓީވީ ސްކްރީނުގައި ހުރިހާ ގޮނޑިއެއް ރީނދޫ ވަމުންދާތަން" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ޕާޓީއެއް ނަމަވެސް، އެ ޕާޓީއަށް މީގެކުރިން މަޖިލިސް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، މިފަހަރު، ހުރިހާ ރައްޔިތުންނަށްވެސް، ވާންވި ގޮތް ސާފު ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަކީ ކޮބައިކަމާއި، އިންތިޒާމުވެގެން ހިންގާ ސިޔާސީ ހަރަކާތުގެ ބޭނުމަކީ ކޮބައިކަމާއި އަދި ކޮންމެ ސަރުކާރެއްގެ ކޮންމެ އަމަލަކުން ދިރިއުޅުމަށް އަންނަ ބަދަލު، މިއަދު ރައްޔިތުންނަށް ސާފުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ހުރިހާ ދާއިރާއަކަށް ނުކުންނަން ތައްޔާރުވަމުންދާ އިރު، އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ މިމަހު 18 ގައި އޮންނާނެއެވެ.
ވޯޓު އޮޅުވާ ލެވޭގޮތް ހަމަޖެހުނީ ތަ؟ ކަހާވަރެއް ބާ މިފަހަރު ނެގީ؟
އީސީން ނޫންތޯ މިހާރު ޕަސެންޓް ދެނީ. ވީއިރު ހަމަ ކުރިން ހެދިހެން އެއްމެ މަތީއަގެއް ހުށަހަޅާ، 100% ހަމަކޮށްލަންވީނޫންތޯ.....؟؟؟
ވަގު އެލެކްސް
އިނގޭނެ މިފަހަރު ތިޕާޓީއައް ތި ތާއިީދު އޮތް
ވަރެއްއިންޝާﷲ
އީސީ ޝަރީފަށް ކިހާވަރެއްދިނީބާ؟؟؟
މިކަލޭގެ ދައްކާވާހަކަ 180 ޑިގްރީއަށް އަބުރާލަންޖެހޭނެ. ދުވަހަކުވެސް ދައްކާ ވާހަކައެއް ދިމާވާ މީހެއްނޫން.
ގިނަވެގެން 20 ޕަސެންޓް އިން ޝާ އަﷲ!
60 ޕަސެންޓް ނޫން 100 ޕަސެންޓް ލިބޭނެޔޭ ބުނިނަމަ މާސަލިވީސް
ތިބުނާ ޕަސެންޓެއް ނަގައިގެންވެސް މައިތިރިވޭތޯ ބަލާބަލަ. މެޖޯރިޓީ، ނުދީ ކަމެއް ނުވާނޭ ގޮވަމުން ހުރިހާބާރެއް މުށުތެރެއަށްލުމާށް ތެޅެވަރު ނިކަން ދެލކެބަލަ.
އިންޑިއާ އެމްބަސީ ތެރޭގައި ވޯޓާ ދިމާކޮއްމިފަހަރު ހިންގަން ރާވާފައިވަނީ ކޮންޖަރީމާއެއް. ހުޅުމާލޭގައި ތިބި ރޯ ގެ އެޖެންޓް އިން އީސީ އަށް ވަނީތަ
މީނަ ރިޓަޔާކުރަން ފެންނަ ނުފެއްނަ ވޯޓެއް ނަގަންވީ