ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ ރައީސް އަޙުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ސީރިޔަސްވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

ގޭބަންދުގައި ހުއްޓާ، އަދީބު ކުއްލި ގޮތަކަށް ޖަލަށް ބަދަލުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެހެންނަމަވެސް، އެކަން ކޮށްފައިވަނީ ޑޮކްޓަރުގެ ލަފަޔާއި ޚިލާފަށްކަމަށް އާއިލާއިންނާއި އެމްޓީޑީން ބުނެފައިވެއެވެ.

އަދީބުގެ ސިއްހީ ހާލުކޮޅު ސީރިއަސްވެ، މިރޭ އެމަނިކުފާނު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސް އެމަޖެންސީގައި ފަރުވާ ދޭން ފަށާފައެވެ. އަދީބު އައިޖީއެމްއެޗްއަށް ވައްދައިގެން ގެންދިޔައީ ފުރޮޅުލީ ގޮނޑިއެއްގައެވެ، އަދީބުގެ ގާތް މީހަކު "ވަގުތު"އަށް ބުނީ، އަދީބުއަށް ފަރުވާ ދެމުން ދަނީ ކުރިންވެސް އޭނާއަށް ދިމާވި ސިއްހީ މައްސަލަ ތަކުގައި ކަމަށެވެ.

މީީގެ ކުރިން އަދީބަށް އެކިއެކި ސިއްހީ މައްސަލަތައް ދިމާވެފައިވާ އިރު، ކިޑްނީގައި އުފެދުނު ހިލަތަކެއް ނެގުމަށް އޮޕަރޭޝަންވެސް ކޮށްފައިވެއެވެ. ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގުމުގެ އޮޕަރޭޝަނަށްފަހު، ޑޮކްޓަރުންގެ އިރުޝާދާއެކު އަދީބު ގޭބަންދަށް ބަދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި، އޭނާ ގޭބަންދުގައި މި މަހުގެ 27 ވަންދެން ބަހައްޓަން ލަފާ ދިންކަމަށް އެމްޓީޑީން ބުނެފައިވެއެވެ.

އަދީބުގެ އޮޕަރޭޝަނެއް ކޮށްފައި ވަނީ، އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަތައް، ބޭސް ދީގެންވެސް ނައްތާނުލެވުމުން ކިޑްނީ ދުޅަވެފައިވާތީ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ބުނެފައިވެއެވެ.

އޮޕަރޭޝަންގައި ނައްތާލަން މަސައްކަތްކޮށްފައި ވަނީ އަދީބުގެ ވާތް ފަރާތު ކިޑްނީގައި އިން ހިލަ ކޮޅެކެވެ. އޭގެ އިތުރުން ކަނާތް ފަރާތު ކިޑްނީގައި ވެސް ދެ ހިލަކޮޅު އިންނަ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުންޏެވެ.

އަދީބުގެ ގާތް މީހަކު "ވަގުތު"އަށް ބުނެފައި ވަނީ ގޭ ބަންދުން ޖަލަށް ބަދަލު ކުރުމަށްފަހު އަދީބަށް ބޭސްތައް ހަވާލު ކުރެވުނީ 48 ގަޑި އިރު ފަހުން ކަމަށާއި، ބަލި ހާލަތު ގޯސްވީ ގަޑިން ގަޑިއަށް ބޭސް ނުދެވިގެން ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގުމުގެ އޮޕަރޭޝަނަށްފަހު، ޑޮކްޓަރުންގެ އިރުޝާދާއެކު އަދީބު ގޭބަންދަށް ބަދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އަދި، އޭނާ ގޭބަންދުގައި މި މަހުގެ 27 ވަންދެން ބަހައްޓަން ލަފާ ދިންކަމަށް އެމްޓީޑީ އިން ރޭވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ޛޖޖ

  gEnqgu މާސްޓަރ

  • ޖަންބު

   ގޭންގު މާސްޓަރ ގޭންެގެ ތަރި.

 2. ޖާންޓޭ

  މީނަބުނީ ލާރިއެއްނުކަމޭ.އެހެންވެޖިއްޔާ މީނަކެއީ ކޮންއެޗެއްބާ؟ޖަވާބަކީ މީނަކެއީ ހުސް ހިލަ މުޅި ބަނޑުގަ ހިލަ.ކިޑުނީގަވެސް ގޮރުކޮތަޅުގަވެސް ކުޑަކަމުދާ ހޮޅީގަވެސް ބޮޑުކަމުދާ ހޮޅީގަވެސް ގުއިފޯލީގަވެސް ހުސްހިލަ.ރާއްޖެއެތެެރެކުރި ހުރިހާ ހިލަތަކެއް ކާގެންހުރި ބޮޑު މުލުވަގު އަދީބު ވަގު.

 3. އަހްމަދު

  ގޭގަހުރެގެން ސިޔާސީމަސައްކަތްކުރާއިރު ވަރައްގަދަފަދަ ޖަލައް ބަދަލުކުރީ ބަލި ހާލުވރައްބޮޑު މިދެންއަރަތެއްނު

 4. އަޝްފާން

  މި ގޮލާއައް ޖަލުގޮޅި ފެންނައިރައް ގާސިމައްވާހެން ވަގުތުން އެޑްމިޓު ކުރަންޖެހޭ ހާލަތައްދޭ.. ހުރިހާ ޖިނާއީ ކުއްވެރިންނޭ.. މިއީ ކަލޭމެން ފިލާވަޅު ލިބިގަންނަންޖެހޭ ޓެކުނީކެއް.. ހަމަ ޖަލުގޮޅިފެންނަ އިރައް ކަލޭމެން ބަލި އެނދައް އަރަންވީ.. އޭރުން އަނެއްކާވެސް ލުއި ގޮތްތައް ހަދާލެވޭނެ..

 5. އައްޔު

  ދެން ސިއްޙީ ހާލަތަސް ބަލާފައި މިނިވަންވާނެ

 6. އަލީ

  ރައްޔިތުންގެ ލާރި ކޮޅު ކައިގެން ހިތްނުފުރިގެން ތިޔަހެން އުޅެނިކޮށް ރައްޔިތުން ނިކުމެ މަނިކުފާނަށް ބޭސް ދޭން ޖެހިދާނެ

 7. ސަޓޯ

  އޭ... މީދެން ކިހާ ދެރަކަމެއް.. ހަމަ ގޮޅިއައް ގެންދާ ވާހަކަ ބުނީ މިއޮއް ބޮޑު ފިރިހެން ހެތި ބަގުތުން ބަލި އެކަމަކު ގެއައް ދޫކޮއްލީ ހަމަ ގަދަފަދަ އެވީ ޕާރޓީ ހަދަމުން ދުވަން... ގަދީބޫ ކަލޭ ލަދެއްވެސް ނުގަނޭދޯ

 8. މފރ

  ތިވީކިހެނެއް އަނެކާ؟؟

 9. ހިނި

  ހަމަ ދޫކޮއްލީ ގަދަފަދަ. މި މީހުން ހަމަ އެކްޓް ކުރަން މޮޅީއޭ ދޯ

 10. ާަާަަައަސްލު

  ހުރިހާލީޑަރުންވެސް ޖަލައްދިޔައިމަ ވަރައްބަލިވޭ..ގާސިމްބެވެސް..މައިބަދަވެސް..

 11. މާލެ

  ޙުސްގޭމު ގާސިމުވެސް ތިގޮތައް އުޅުން ހެޔޮނުވާނެ ގެއައްނުގެއްނާތި އެއުޅނީ ވަގުލާރިން ޕާޓީއައް މީހުންގައްނަން

 12. ޗިއްލޫ

  އެއްވެސް ކަމެއްނުވޭ، ވަގުކަލޭގެ ގޭގަ މަޑުކުރަން ކުރާހާ ކަންތަ ހައްތާވެސް،

 13. ރީނދޫ ގުންޑާ

  ޖަލަށް ގެންދާއިރަށް ސިއްހީ މައްސަލަ ސީރިއަސްވޭ. ގޭގަ ވަރިހަމަ ކިތަންމެ ދުވަހަކު ހުއްޓަސް. ހަމަ ގަދަފަދަ ބަދަތްވެއް. ނަޝީދުގެ މައިބަދައެކޭ އެއްގޮތެއްނު.

 14. ޔާމީނު

  ތީ ހުސް ފޭލު، ގޭގައި ހުރިއިރު ގަދަފަދަ ޖަލައް ބަދަލުކުރީ އެ ބަލިވީ، ތިދެން ކިހާ ހެއްވާކަމެއްދޯ..

 15. ޖަހާންގީރު

  ތިޔާހެން މާ ބައްޔެއްވެގެން އުޅުނު މރ. މޮރޯންވެސް ފަހުން ފަހުން ދަނޑުމަތީގަ އުޅޭއިރު ޢަރަބި އަހަކަށްވުރެން ޖޯރު ވަރުގަދަ

 16. ސާނީ

  ތި ގެއަށް ބަދަލު ކުރޭ!!! އަންހެނުނަށް ލަވަކިޔަން

 17. ރެކިފުތާ

  އަޅުގަނޑުވެސް ޕާޓީއެއް ހަދަން ބޭނުން. އަޅުގަނޑުގެ ޕާޓީއަށް ކިޔަން ގަސްތުކުރަނީ "ތަކެތި ބޭނުން ޕާޓީ" ނުވަތަ "އެއްޗެހި ބޭނުން ޕާޓީ" މި ޕާޓީ ކާމިޔާބުވުމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް އެއީ ދިވެހި ވަރަށް ގިނަ ރައްޔިތުންނަކީ ވަރަށް އެއްޗެހިި ބޭނުން ބަޔަކަށްވާތީވެ. މި ޕާޓީ އަބަދުވެސް އެއަރކޯން، ޓީވީ، ކޮންޕިއުޓަރ ފަދަ ތަކެތި އިންތިހާބުތަކާ ދިމާކޮށް މި ޕާޓީގެ މެންބަރުންނަށް ބަހަމުންގެންދާނަން.