ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ދިވެހިރާއްޖޭގެ މައި ވައިގެ ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)އަށް މި ދުވަސްކޮޅު ބާރު ބޮޑުވާތީވެ، ފްލައިޓް ފުރާ ގަޑީގެ ތިން ގަޑިއިރު ކުރިން، ފުރާ މީހުން ޗެކިން ވުމަށް އިލްތިމާސްކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ބުނެފައި ވަނީ، ބަންދާ ދުވަސްތަކާ މި ދުވަސްވަރު ދިމާވުމުން، އެއާޕޯޓަށް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށާއި، ފްލައިޓް ފުރުމުގެ ތިންގަޑިއިރު ކުރިން ޗެކިންވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ފްލައިޓްތަކަށް ކުރިއާލާ ޗެކިންވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އިލްތިމާސް ކުރެއްވި އިރު، އެއާޕޯޓްގެ ބާރު ބޮޑުވުމުގެ ސަބަނުން ފްލައިޓް ޑިލޭވެދާނެ ކަމަށާއި، އެކަމުން ދިމާވެދާނެ ދަތިތަކަށްވެސް މީގެ ކުރިން ވީއައިއޭއިންވަނީ މަޢާފަށް އެދިފައެވެ.

ވެލާނާ އިންޓަނޭޝަލަށް ބާރު ބޮޑުވެ މިފަދަ އިލްތިމާސެއް ކުރެއްވިއިރު، 1966 ގައި އެއަރޕޯޓް ހުޅުވުނު ފަހުން އެންމެ ގިނައިން އެއް ދުވަހަކު ފްލައިޓް ޖެއްސާފައިވަނީ، މިދިޔަ ޑިސެމްބަރ 23 ވަނަ ދުވަހުއެވެ. އެދުވަހު 729 ފްލައިޓް ޖައްސާފައިވެއެވެ. އެދުވަހު ވެލާނާ އެއަރޕޯޓްއަށް 110 އިންޓަރނޭޝަނަލް ފްލައިޓް އާއި 102 އެތެރޭގެ ފުލައިޓާއި 517 ސީޕްލޭން އޮޕަރޭޓްކޮށްފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަކީ ދިވެހިރާއްޖޭގެ މައި އެއާޕޯޓެވެ. އެ އެއާޕޯޓް ތަރައްޤީ ކުރުމުގެ ބިޔަ ޕްރޮޖެކްޓުގެ ބޮޑު ބައެއް ނިމިފައިވާއިރު، މިއަހަރު ފަހުކޮޅަށް މުޅިން ނިމޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިއޮއް ފެންނަނީ ނާގާބިލު ސަރުކާރަކާއި ހަވާލުވީމަ ކަންކަން ގޯސްވެގެންދާތަން.

  2. އެއާޕޯޓް ތަރައްގީކޮއް 2 ރަންވޭގެ އެއަޕޯޓަކައްވީއިރު އެރައިވަލް ވާ މީހުން ބޭނުން ކުރަން އަންހެނުންނައް ދެފާޚާނާ ފިރިހެނުންނައް ދެފާޚާނާ މުޅިޖުމްލަ 4 ފާޚާނާ ބޭރުމީހުން އެބަޔައްވަދެފަ ހީ ޖޯކުޖަހާ ހަދާތަން ފެނުނީމަ ލަދުން ކުރާނެ ކަމެއް ނެއް އެއީ ކޮއްޅަން ހުރެގެން ކުޑަކަމުދިއުމައް ބޭނުން ކުރަންވެސް3 ތަން މީ ދެބޯޓުން ފަސިންޖަރުންފޭބީމަ ވީވަރު އަދި ކޮބާ ތިންހަތަރެތިން ފަސިންޖަރުން އެރައިވަލް އައްވަދެއްޖެ ނަމަ ހާލަކީ އެކަމަކު އާރަންވޭއެއް އެޅިގެން އެވާހަކަގޮވާއިރު ހީވަނީ އެހެންކަމެއްހެން

  3. ޜނގަޅު

  4. ކިހިނެއްތޯ ޗެކިންވާނީ 3 ގަޑިއިރު ކުރިން
    ކައުންޓަރުތަށް ވެސް ހުޅުވަނީ 3 ގަޑިއިރަށް ވީމަ ނުންތޯ؟