ކުރީގެ ރައީސް އަބްދުﷲ ޔާމީން، މާދަމާ މެންދުރު 1:30 އަށް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީގެކުރިންވެސް، ޔާމީން ވަނީ ފުލުހަށް ގެންދެވި، ސުވާލު ކުރެވިފައެވެ. މާދަމާ ޔާމީން ފުލުހަށް ގެންދާ ވަކި ސަބަބެއް ހާމަކޮށްފައި ނުވާ އިރު، ޕީޕީއެމްއިން ބުނެފައި ވަނީ މާދަމާ މެންދުރު ފަހު 1:30އަށް ޕާޓީގެ ލީޑަރު، ޔާމީން ޕޮލިހަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވާފައިވާތީ 12:30އަށް ވީހާވެސް ގިނަ ސްޕޯޓަރުން ޕީޕީއެމް އޮފީސް ދޮރުމައްޗަށް ދިޔުމަށެވެ.
މާދަމާ ރައީސް ޔާމީން އަނެއްކާވެސް ފުލުހަށް ހާޒިރު ކުރާއިރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައަކާއި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެހެން އެކައުންޓަކަށް 22 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.
ރައީސް ޔާމީންގެ މައްސަލަ ފުލުހަށް ހުށަހެޅި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.
މައްސަލަތަކުގެ ތަހުގީގަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާއެކު ޔާމީންގެ އެކައުންޓްތައް ވަނީ ފްރީޒް ކޮށްފައެވެ. އެކައުންޓްތައް ފްރީޒް ކުރި މައްސަލަ ޔާމީން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރާއިރު ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލުކަން އާއިޝަތު އާޒިމާ ޝަކޫރަށް ދެން ނުކުރެވޭނެކަން ފުލުހުން ވަނީ އެކަމަނާއަށް އަންގާފައެވެ.
އެމްއެމްޕީއާރްސީގެ މައްސަލާގައި އާޒިމާ ވަނީ ދެފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަނީ ލޯންޑަރިންނަށް އެހީތެރިވެދިންކަމުގެ ތުހުމަތެވެ. މަނީ ލޯންޑްރިން މައްސަލައިގައި އާޒިމާގެ މައްޗަށް ވެސް ތުހުމަތު ކުރިއިރު އާޒިމާ އަކީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ވަޒީރެވެ. ބޮޑެތި ގިނަ ނިންމުންތައް ނިންމެވުމުގައި ޔާމީން އެންމެ ބޮޑަށް ހޯއްދެވީ އާޒިމާގެ ޚިޔާލެވެ.
އަދި ތިވަނީ ރަނގަޅަށް. ސާބަހޭ!
ދެން އަތްޖަހާ.
ހޫން ދެން އަތް ޖެހިޔަސް ކުރާނެ ކަމެއް ނެތް
ކަލެ އައް ވެސް ހަމަ ކަޑަ ގޮތެއް ވެދާނެ ގަމާރާ
މިފަހަރު ދާނީ ދުވެފަ ތޯއްޗެއް
މިވެސްމިވެރިން ވެފަާވާވައުދެއް.ކޮންމެ މަހަކު ޔާމީން ޕޮލިހައް ގެންދިއުން.ވާކަމެއް ހަރާން.އެކަމު ވަރައް މަޖާ ވައުދެއް
ރައީސް ޔާމީން ވަރަށް ތިލަކޮށް ވިދާޅުވާ ބަސްފުޅުވެސް ެބޭފުޅުންނަކަށް ސާފެއްނުވާނެ. މީގަޓް ހުރި ރައީސެއް
ޔާމީނުމިފަހަރުފލުސްކޯޓަށް ހާޒިރުވަނީ އެކޮޅުކޮޅުން ހިގާފަޔޯ
މާތްﷲ ރައީސް ޔާމީނަށް ކާމިޔާބާއި ނަސްރު މިންވަރު ކުރައްވާށި! އާމީން
ޢާމީން
އެއީ ކޮންއެއްޗެއްހޯދަން....؟ ތިޔަކަމުން ވާނެހާވެސް ކަމަކީ ކަލޯމެންގެ އަމިއްލަ ފޮށާބޭލި އޮރިޔާންވުން.
އާޒިމާގެ މައްޗަށް ތުހުމަތެއް ތިކުރަނީ މައްސަލަސާބިތްނުވާހާ ހިނދަކު ކުއްވެރިޔެއްނުވާދޯ އެހެންވީމައި ފުލުހުންނަށް ނުބުނެވޭނެ އާޒިމާއަށް ރައިސްޔާމިންގެ ވަކީލްކަން ނުކުރެވޭނެއެކޭ
ބަލަ އަތަށްއެރީމަ ދަތުގަނުޖެހި ހުންނަނީ ކާކުގެބާ؟
އެމަނިކްފާނުގެ ވެރިކަމުގަ މުޅި ރާއްޖެ ތަރަށްގީކުރެއްވިވަރައް ވޭތުވި ސާޅީސް އަހަރުގައިވެސް ނެއް ކުރެވިފަކާ، އެހެން
ބޭ ބޭފުޅުން ކޮން ކަމެތްތޯ ކޮށްދެއްވީ؟
އެއިރެއްގަ ހުންނެވި ވެރިއަކުހަށްދަވަންފެނި
ވަޑައިގަންނަވާ ގޮތެއް ހެއްދެވޭނެ
ބާރުގެ ބޭނުންވެސް ކުރެއްވޭނެ
އަމާނާތްތެރި އިޚްލާޞްތެރި ވެރިންކަންތައް
ކުރަށްވާ ގޮތްކޮޅަކީ މީތޯއެވެ.
ރައްޔިތުންގެ އަތުން ފެލުމާއި، ރައްޔިތުން އަޅުވެތިކުރުމާއި، ސަރުކާރު ދަވާލުމާއި ސަރުކާރު ބަޑުއަޅައި ކައި ހުސްކުރީމަވެސް އެގިއްޖެ ޔާމީނުއަށް ނަސްރު ލިބިއްޖެކަން.
ޔާމީން، މާދަމާ ވެސް ފުލުސް އޮފީހަށް ހާޒިރު ކުރަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އަދި އެއް ތަމެންގެ ގައިގައި ނުހުންނާނެއޭ މަމެން ގައިގައި ހުރި ގަޓްސް އެއް ތަމެންނަށް ނުކޮށް ދެވުނޭ ތަމެންގެ ވެރިކަމަށް ދެ މަސް ދުވަސް ވީއިރު ވެސް ރައްޔިތުން އެދުނު އެއް ކަމެއް ވެސް މުޅިން ވެސް ބަތްކައްކާ ވައުދާއި އަދި އައްޕޯ ޑައުން ކުޅޭ ވައުދޭ ތަމެން ފުއްދަނީ ރައްޔިތުންނަށް މިނިސްޓަރުންނަށް ނުކެރެއޭ ޖަވާބުދާރީވާން ރައީސް އޮފީހުގައި ތިބި އެތަނުގެ ކެންޓީން ކުދިންނޭ ނެރެގެން ޕްރޮޕެގެންޑާ ފަތުރަނީ ތަމެން ދެން ފެއްސެެން އުޅޭ ޕޮލިސް ކަމިޝަނަރޭ ފެއްސޭ ފެއްސޭ ފެއްސޭ ދެން..
އިންޝާﷲ ޔާމީންއައް އަދަށްވުރެ ފަހި މާދަމާއެއް ދެއްވާ،' ނަސްރާއި ފަތަހަ މިންވަރު
ކޮއްދެއްވާ؛ އާމީން
ތަމެން މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރު ފުލުހަށް ހާޒިރު ކުރި ނަމަވެސް ތަމެން ރާވާ އެއްވެސް ގޮތަކަށް ކަންކަން ނުދާނެއޭ މިހާރު އެކަން މަމެންނަށް ކަށަވަރު ވެއްޖެއޭ އެފެންނަނީ ނޫންތޭ ކެނެރީގެ ނަޝީދު ބޮޑު ވަޒީރު ކަން ކުރަން ވެގެން ރާއްޖޭގެ މަޖްލީސް އޭނާ ބަނޑު ދަށުލާން ވެގެން އޭނާ ރައްތިތުންނަށް ރޯ ބުހުތާނު ދޮގާއި މަކަރާއި ހީލަތް ހަދަމުން ދާ ތަނޭ އެފެންނަނީ ވެއަރ އާރ ޔޫ ނައު އައި އޭމް ލޮސް އައި އޭމް ފޭޑެޑް އައި އޭމް ފޭޑެޑް ފޭޑެޑް
އިންޝާﷲ ޔާމީންއައް އަދަށްވުރެ ފަހި މާދަމާއެއް ދެއްވާ،' ނަސްރާއި ފަތަހަ މިންވަރު
ކޮއްދެއްވާށި؛ އާމީން
އެއްގޮތެއްވެސް ނުހެދޭނެ އިންޝާﷲ
ޥަގު އަންނި ވެރިކަމުގައި ހިންގި ބޮޑަތި ޚިޔށނާތް ތައް ނުބަލާ ޔާމިން ގެ މައްސަލަތައް ބެލުން މިއީ ކޮން އިންސާފެއްބާ؟
މައުމޫނު ހުރީ ހަނު
އިމްރާނު ހުރީ ހަނު
ނަޝީދު އިންޑިއާ އެންބަސީއަށްވަދެ ފިލީ
ސޭޓު އަންހެނުންގެ ފިރިމީހާ ހޭނެތުނީ
ޔާމީނު ހާޒިރުވެ ޖަވާބުދާރީ ވެއްޖެ
ތަފާތު ފެނިއްޖެއެއްނުން
ދިވެހި ލޮބުވެތި ރައްޔިތުންނޭ ވިސްނާ ފިކުރުކުރޭ
ގާނާ ގާނާ އޮފް ކަނޑުވާ ލެވޭނެއެވެ. ކަންކުރަން ދަންނަ މީހުންނަކީ، ޤާނޫނަށް ބަލާބައެއްނޫނެވެ.
ފުލުސް އޮފީސް އޮތީ ހިސާރު ކޮށްފައި އެކި ކުށްތަކުގައި ވަކިކޮށްފައި ތިބި މީހުން އެތަން އެހިންގަނީ އެއީ ބަދަލު ހިފުމުގެ ޜޫހުގައި އޮތް ތަނެއްގެ ގޮތުގައި ސިފަވަނީ
ބޮޑެތިވަގުން ތަކަކާ ޓެރެރިސްޓުން ތަކެއް ދޫކޮއްފަ އޮތް ސަރުކާރެއްމީ ރައީސްޔާމީން ކުއްވެރިވާން ޖެހޭ ސަބަބެއް ނޯންނާނެ
ހުރި ހަމަ އެކަނި އިދިކޮޅު ލީޑަރ ހައްޔަރު ނުކުރެވިގެން އުޅޭއިރު ހަނދާން ވަނީ ވެރިކަމަށް އަންނަން ކިނބޫ ގޮވި ގޮވެލި ފަތި.
މިއީ ޅިޔަނު ހަމީދު ލައްވާ ކުރާ ބިރު ދެއްކުމުގެ ޖަރީމާ. ކޮން ޤައުމެއްގަތޯ ވެރިކަމުގައި ހުންނަ މީހަކުގެ ޅިޔަނު ޕޮލިސް ކަމިޝަނަރަކަށް އައްޔަނުކޮށް ރައްޔިތުން ހިފާ ހައްޔަރުކުރަނީ.
ރ.ޔާމިނަށް ޝައްކު ކުރެވޭ ފައިސާގެ މުއާމަލާތަކީ ޑިމޮކްރެޓިގް ޤައުމު ތަކުގައި ވަރަށް އާދައިގެކަމެއް. އަތްމުނޑިން 3 މިލިއަން ޑޮލަރ ނަގާފަ ދެވޭ މީހުން ރާއްޖޭގައި އެބަތިބި. މިއށްވުރެ ބޮޑް ޖަރީމާއެއް؛ ބޭރު ޤައުމެއްގެ އެހީތެރިކަން ހޯދައިގެން އެމީހުން ލައްވާ ޤައުމުގެ އެތެރޭގެކަންކަމަށް ނުފޫޒް ފޯރުވާ ވެރިކަން ޚަރާބުކޮށް އެވެރިޔަކް އެމީހުން ބުނާގޮތަށް ހިފާ ހައްޔަރުކުރުން ރައްޔިތުން ނުކުމެއެބަޖެހޭ ރ.އމ ސޯލިހަށްވެސް ރަގަޅު އެރައިވަލް ވެލްކަމެއް މިރޭ ކިޔާލަން. ރ.ޔާމިންގެ ސަޕޯޓަރުން ހަމަ ހިތްވަރުލާފަ ކެރިގެން ނުކުމެ ސަޕޯޓްކުރައްވާ. ޑިމޮކްރެސީގައި ރައްޔިތުންގެ ހިތްވަރު ނެތްނަމަ އެވެރިކަން ބަދަލްވާނީ ރ.މައުމޫން 30 އަހަރުކުރި ފާޑުގެ ޚޮދްމުޚުތާރުވެރިކަމަކަށް. ރ. މަރުހޫމް ނާސިރު މައުމޫނުގެ އަނިޔާވެރިކަމުގައި މުޅި އުމުރު ހޭދަކުރެއްވީ އަރުވާލެވިގެން. ޕާޓީގެ އެކަކު ހައްޔަރު ކުރުމީ އެންމެން ހައްޔަރުކުރުން.މިޖައްބާރުންތައް މިއުޅެނީ ރ.ޔާމިން ޖަލަށްލާން.
އަތުންދޫވި ގުމުރީ ހިފައިގެންއުޅޭމީހާއާމެދު މައްސަލަނެތީ އަލުންގުމުރީހިފާއެމިނިވަންކުރަން އުޅޭމީހާމައްސަލަހުންނަނީދޯ. ބޮޑުަމަންޒަރު ވަރަށް ސާފުޖަލުގެއަށްގެޖަލަށް އޯކޭނު ވައުދުބަރާބަރު
ކޮންމެމީހަކަސް ގައުމަށާ ރަތްޔިތުންނައް ހިޔާނާތްތެރިވުމީ އަދަބުލިބެންޖެހޭކަމެއް.
ޡަންތަނަށް ނިޕޮޓިޒަމުގެ ތެރެއިން ލާފަ ތިބޭ ޅޮސްގަސް ސްޓައިލއަށް ކާންދީ ހައްދާފަތިބޭ ޚާއިނުން ގައްދާރުން އެއްދުވަހު ރޔ ގެ ވަކީލާ ހައްޔަރުކޮށްފަ އަނެއް ދުވަހު ރޔ ހައްޔަރު ކުރިއަސް ކަލޯ ލާހިކެއް ނޫން މަޖިލިސް ހޯދާކަށް. 19 ދިވެހިން ޝަހީދުކުރި އާއިލާގެ ތެރޭގަ ކުޑައިރުއްސުރެ އެކިސިފަ ސިފާގެ ބައިވެރިވެ މަތީ މަގާމު ހޯދަން ނަފުސު ވިއްކާލައިގެން ހުރޭ. ފަޑިޔާރުގޭ އެ ފުށް މިފުށަށް ޖަހައިގެން ރިޝްވަތު ދީގެން ދެމިގަނެގެން ބޮޑު ގޮޑިގަ ދުވަސްކޮޅަކު އިދެލާ. ގާނޫނު އަރާ ހަމަކޮށް ގޯނި އަންދުވާފަ ދަމާ ކޫއްތައިގެން ތި ތަނުން ނެރޭ ދުވަސް ވަރަށް ކައިރިވެއްޖެ!
ރާއްޖޭގަ މިހާތަަށް ހިންގި ކަމަށް ލަފާ ކުރެވޭ އެންމެ ބޮޑު ޙިޔާނާތް؟ އެފް.ޕީ.އައި.ޑީ މައްސަލަ، ބޭރު ޤައުމުތަކަށް ތެޔޮ ވިއްކި މައްސަލަ ކަހަލަ ކަންތައްތަކުގެ ޖުމްލަ އަންދާޒާ ކޮށްލެވިފައިވެސް ނެތް.
ރައީސް ޔާމީން ހައްޔަކޮށް އޭނާ މަރާލާ ކުދިކުދި ކޮށްލުން އެއީ މި ސަރުކާރުގެ މި 5 އަހަރުގެ ވައުދު. ކޮބާ ހުޅުޖެހިމީހުންގެ ޝަރީޢަތަށް ގެންދިޔުން އެކަމަކާ ރައްޔިތުންވެސް ނުޅޭނެ. ޤައުމުގެ ހުރިހާ މުައްއަސަސާ ތަށް އަންދާލި މީހިން ްާސިމްއަށްވެސް އޯކޭ އޭނަގެ ހުރިހާ މުދާ އަންދާލީމަވެސް. މިދިޔަ 5 އަހަރު ރާއްޖެ ތަރައްޤީކޮށް ރަނގަޅާށް ހިންގުން މިވީ ކުރި ކުށާކަށް. މިހާރު އިންޑިޔާގެ ބަނޑުދަށަށްވަދެ މިނިވަންކަމެއް ނެތި ފިތިގެން މިތިބެނީ އެ ހަމަ އޯކޭ އެންމެނަށްވެސްްް
ރައީސް ޔާމީން އެމްޑީޕީ ޖަގަހައަށް ހާޒިރު ކުރުމެކޭ ޕޮލިހަށް ހާޒިރު ކުރުމެކޭ ވާނީ އެއްގޮތް.. މިހާރު ކަމިސަނަރަކަށްހުރީ އެމްޑީޕީ އެކްޓިވިސްޓުން ކޮންޓްރޯލްކުރާ ރޯބަޓެއް... އެކަން ވަރަށް ސާފް
ކިހާ އުފާވެރި
ދެން ކުރާނެ ކަމެނެތހިގެން ރަޣީސްޔާމީނުޣާތޮޅނީ ނަހަލާލުސަރުކާރުގެ ވަޣުދުފުޣްދަނީ ވޯޓު ވަގު ކިބޫ ކިބޫ ކިބޫ ކިބޫ ވޯޓުވަގު
މާތްﷲގެ ވާގިފުޅާރަހްމަތްޕުޅުން އިރާދަފުޅުކުރެއްވިއްޔާ ރޔ ހިފާހައްޔަރު ކުރަން ތިއާލާތުން ކިތަންމެވަރަކަށް ތެޅުނަސް ތިކަމެއްނިވާނެ. އެމަނިކުފާނު މިދިވެހިރާއްޖެއަށާ ރައްޔިތުންގެ ހައްގުގަ ކުރެއްވި އެއްވެސްކަމެއް މިގައުމުން ފުހެލެވޭނެ ހަމައެއްގޮތްވެސް ނޯންނާނެ.