19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ މަޖިލީހަކަށް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ އަނދުން ހުސެއިންގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ 100 އަކަފޫޓުގައި ފަސް ހަ މީހުން ދިރިއުޅުމަކީ ތަރައްގީ ވެފައިވާ ގައުމުތަކުގައި ކުކުޅު ހާލަށްވެސް މަނާ ކަމެއް ކަމަށާއި ތަރައްގީ ވެފައިވާ ގައުމުތަކުގައި ދިރިނޫޅެވޭ މިންވަރަށް ތިބި މީހުންނަށް ގޮތެއް ހޯދައިދިނުމަކީ ގާނޫނީ ގޮތުން އެތަނެއްގެ ކައުންސިލަށް ލާޒިމު ކަމެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

" އެމްޑީޕީ އުފެދިގެން އައީ ހާސްކަމެއް ނެތް ދިރިއުޅުމެއް ފޯރުކޮށްދިނުމަށް ކަމަށާއި އެގޮތުން މާލޭގައި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތެއް ހޯދުން މިއަދު މަޖުބޫރުވެފައި " ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ތަކުރާރުކޮށް އެމްޑީޕީގެ ފަރާތުން ވަމުން އަންނަ ވައުދެއް ކަމަށާއި އަދި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ވައުދެއްކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެ ވައުދު ފުއްދައި ދިނުމަށްޓަކާ މަޖިލިސް 19 ވެގެންދާނީ ވަސީލަތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު މާލޭގެ ކޮންމެ ތަނަކުން ބިންކޮޅެއް ބައްލަވައިގެންނެވި ނަމަވެސް 100 އަކަފޫޓުގައި ފަސް ހަ މީހުން ދިރިނޫޅޭ އެންމެ ގެއެއް ވެސް އަދި އެންމެ ބްލޮކެއް ވެސް މާލެއިން ހޯދަން ދަތި, މިއަދު އެކަމަށް ހަލެއް ނުހޯދައިފިނަމަ "އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރިންނަށް" މާލޭގައި ދިރިނޫޅެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވަނީ މާލޭގެ ތޮއްޖެހުން އިތުރަށް ކުޑަކުރުމަށް، ރާއްޖޭގެ ރަށްރަށް ތަރައްގީ ކުރުމަކީ ކޮންމެހެން ވެސް ލާޒިމު ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.

"އިރާދަކުރެއްވިއްޔާ ދެން އަންނަ މަޖިލިސް ވެގެންދާނީ ތިޔަބޭފުޅުންގެ ބޯހިޔާވަހިކަން، ތިޔަ ބޭފުޅުންނަށް ކަށަވަރުކޮށްދޭ މަޖިލީހަކަށް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ސަރުކާރުގައިވެސް ބޯހިޔާ ވަހިކަމުގެ ވައުދަކީ އެމަނިކުފާނު އެތައް ފަހަރަކު ވެވަޑައިގެންނެވި ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮތަރު އިމްރާނު

    ކޮބާހޭ ޓާޓާ ފްލެޓްތައް؟

  2. Kiun

    ޢުޑެއް ބުޒދެއް ވަކިނުވާ މިފަރަނޖިސޮރު މި ގޮވަނީ ފަހެ ކީކޭތަ؟

  3. ފަހީމާ

    ބޯހިޔާވަހިކަން ދޭނީ އެމް. ޑީ ޕީ.އައް އެކަނިދޯ

    ދެންމީ ކޮން ތާކުބައެއްތަ މިޤައުމުގެ ބޮޑު ހަލާކް

  4. عبدالله

    ބޯހިޔާވަހިކަމުގެ ވަޢުދު ރައްޔިތުންނަށް ވިއްކައިގެން ރައްޔިތުންގެ އަތުން ގިނަޢަދަދަކަށް ވޯޓުހޯދުމަށްފަހު، ބޯހިޔާވަހިކަމުގެ ވަޢުދުގެ ވާހަކަ ރައްޔިތުންގެ ގާތުގައި ދެއްކުން ހުއްޓާލުމަށްފަހު، މުޅިން އެހެން ވާހަކަތަކެއް ދައްކައި ރައްޔިތުންނަށް އޮޅުވައިނުލާ އެއްވެސް ވެރިޔަކު އަދި އެއްވެސް މެންބަރަކު މިރާއްޖޭގައި ނުހުންނާނެއެވެ.

  5. މުހައްމަދު

    އެންމެފަހުން އަހަރެމެންގެ އެންމެނާޒުކު ގުނަވަނާ ބެހެލީ މިއާލާތުންގެ ބަހަށް އެންމެފަސޭހައިން އަހަރެމެން ހެއްލިގެން މިހާތަނަށްދަނީ މިކަމުގަ ނަމަވެސް މިއީ ކަނޑައެޅިގެން ބޮޑު ދޮގެްްކަން މިހާރު އަހުރެން ގަބޫލުކުރާނަން ސަބަބަކީ މިހާރު އެއްކަމެއްވެސް ނުކުރެވޭނެ މާފުއްގަނޑުމޮޑޭ ކައްކާއިން އެބަސްނުވާގޮތަކަށް އެކައްކާޔަކު ބޭނުންވާބަޔަކަށް ދޭން ތަޅާފޮޅާފަ އެހެން ކަމއްކުރާނެ ވަގުތެއް ނުވާނެ ދެން މިއާލާތުން ކުރާނެހާވެސްކަމަކީ ކޮންމެގޮތަކުންވެސް ޔާންޓޭ ޖަލަާްލެވޭތޯ އެނޫންކަމެއް ދެންނެތް ކުރުމެއް ހެހެހޭ

  6. މާތްވި އިސްލާމް ދީނާ ގައުމައްޓަކާ

    ތި ވަރަށް ތި ގޮވެލި ތީނަ ގޮވަންޏާމު އޭގެ މާނަޔަކީ ކޮންމެވެސް ބޭރު ބަޔަކަށް ރާއްޖޭެގެ ކޮންމެވެސް ބިންބޮޑު ތަނެއް ވުއްކާލަން އުޅެނީޔޭ ފްލެޓް އަޅާ ނަމުގަ. އެކަހަލަ ފުރުސަތުތަކަށް ދަހިވެތިވެގެން އޮންނާނީ އިންޑިޔާ. އެމީހުންނަށް އިނގޭ މީ މޮޔަ ސޮރެއް ކަން. ލައްކައެއްހާ ޑޮލަރ ދިނަސް މުޅި ގައުމުވެސް ވިއްކާލާނެކަން. ބިންބޮޑު އަގު ބޮޑު ތަނަކަށް އޮތީ ހުޅުމާލެ ފޭސް 2. މިކަމަށް ސަމާލު ވުމަށް އިދިކޮޅު ހުރިހާ އެންމެން އަދި ދީނާ ގައުމު ދެކެ ލޯބިވާ ހުރިހާ ބޭފުޅުންނަށް ގޮވާލަން

  7. އިދިކޮޅު

    ބޯހިޔާވަހިކަން މާމުހިއްމުވެގެން މިކަލޭގެ މިއުޅެނީ
    މަޖިލިސް އިންތިޚާބް ކައިރިވީމައެވެ އެއްވެސް
    މީހަހަކު މިކަލޭގެ ދަމާހާސަރު އަޑުނާހާށެވެ

  8. ރަޝީދު

    މާލޭގަ ކުދިކުދި ތަންތަންކޮޅުގައި މަދުއާއިލާތަކެއް އެބައުޅޭ، ނަމަވެސް މާލޭގައި ކުދި ތަންތަންކޮޅުގައި އުޅޭ ގިނަމީހުންނަކީ ރައްރަށުން މިތަނަށް ހިޖުރަކޮށްގެން އުޅޭމީހުން. އެހެންވީމަ މިކަމުގައި ހައްލަކީ ރައްރަށުގައި މީހުން ތިބެގެން އުޅެވޭނެ ގިނަ ވަސީލަތްތަކެއް ގާއިމްކުރުން، އެހެން ނޫންނަމަ މިއީކީ ދުވަހަކުވެސް ހައްލުވާނެކަމެއް ނޫން.

  9. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ހަމަ އެއްޗެއްތަ ތީ؟ މަޖިލީހަށް ކުރިމަތިލީތީ ވޯޓުޔަގީންކުރަން ދައްކާފަ ނުދައްކާނެ ވަހަކައެއްނޯންނާނެ! ރީންދުލޭމެންނަކީ މުޅިންވެސް ތިހެންއުޅޭބައެއް! ހޮވުނީމަބުނާނެ، މިކަންކުރެވޭނީ އަދި 5 އަހަރަށް ތިމަންނަ ހޮވީމައޭ! ކަލޭ ނުދަންނަ މީހަކުމިހާރު ދިވެހިރާއްޖޭގަނެތް!