ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ދުނިޔެ އިން ވެސް ފާހަގަ ކޮށްލެވޭ ގައުމެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަސްލަކަށް ބަލައިގެން ރާއްޖޭގެ ރިސޯޓްތައް ތަރައްޤީ ކޮށްފައިވާ ގޮތައް ރަށްތައް ތަރައްޤީ ކުރަން އެތައް ގައުމަކުން މަސައްކަތް ކުރެއެވެ. މިގޮތުން މިހާރު އިންޑިއާ އިން ވެސް ގެންދަނީ އަންޑަމަން އަދި ނިކޮބާ ރަށްތައް ރާއްޖޭގެ ރިސޯޓްތައް އަސްލަކަށް ބަލައިގެން ތަރައްޤީ ކުރަމުންނެވެ. އެއީ ދެވަނަ "ދިވެހިރާއްޖެ" އަށް ވެގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާރު އިންޑިއާ މީހުންގެ މެދުގައި އެންމެ މަގުބޫލް މަންޒިލަކަށް ރާއްޖެ ވެފައިވާއިރު އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގެ އަމާޒަކީ ފަރުބަދަތަކާއި ދޮންވެލި އަތިރިމަތިތަކުން ފުރިފައި އޮތް ރަށްތަކަކީ ރާއްޖެ ފަދަ މަޝްހޫރު ރަށްތަކަކަށް ހެދުމެވެ.

ބޭ އޮފް ބެންގޯލްގައި އޮންނަ ހެވަލޮކް އައިލެންޑަކީ މިގޮތައް ތަރައްޤީ ކޮށްފައި އޮތް އެއް ރަށެވެ. މިރަށަށް ދަތުރު ކުރުމަށް ފުރަތަމަ ދާން ޖެހެނީ އިންޑިއާގެ މުމްބާއީ އަށެވެ. އެއަށް ފަހު ޑޮމެސްޓިކް ފްލައިޓެއްގައި ޕޯޓް ބްލެއާ އަށް ދާން ޖެހެއެވެ. މިރަށަށް ދިއުމަށް ފެރީ އާއި ފްލައިޓް އަދި ޓެކްސީގައި ތިން ގަޑިއިރުގެ ދަތުރެއް ކުރަން ޖެހެއެވެ. ފެރީ ޓާމިނަލް އާއި ދަތުރުގެ ދިގުމިނަކީ މިހާރު މިރަށަށް ދަތުރު ކުރާ މީހުންނަށް އޮތް އެންމެ ބޮޑު އުނދަގުލެވެ. ނަމަވެސް ރަށުގެ ރީތިކަމުގެ ސަބަބުން އެއީ މާބޮޑު މައްސަލައަކަށް ނުވާނެ ކަމަށް އިންޑިއާ އިން ބުނެއެވެ.

ހެވަލޮކް އައިލެންޑްގެ ވިލާއެއް
ހެވަލޮކް އައިލެންޑްގެ ވިލާއެއް

ތާޖް އެޒޯޓިކާ ރިސޯޓް އެންޑް ސްޕާ އަންޑަމަންސްގެ ނަމުގައި ހިިންގަމުން އަންނަ ރިސޯޓަށް ދާން ޖެހެނީ ފެރީއެއްގައެވެ. ރާއްޖޭގެ ރިސޯޓްތަކެކޭ އެއްގޮތައް މިއީ ވެސް ފަޅުރަށެކެވެ. އެހެން މީހެއްގެ އުނދަގުލެއް ނުފޯރާނެއެވެ. ވަށައިގެން ކަނޑާއި ޖަންގަލި އޮންނަ ރިސޯޓަކީ ހަމަހިމޭން ޗުއްޓީއަކަށް ވަރަށް ފުރިހަމަ ވާނެ މަންޒިލެކެވެ.

ހެވަލޮކް އައިލެންޑްގެ ކޮޓަރިއެއް
ހެވަލޮކް އައިލެންޑްގެ ކޮޓަރިއެއް

މިހާރު 54 ވިލާ ތަރައްޤީ ކޮށްފައިވާ ރަށުގައި އިތުރު ވިލާތައް ތަރައްޤީ ކުރަން ވަނީ ނިންމާފަައެވެ. އަދިވެސް ރަށުގެ 80 އިންސައްތަ އޮތީ އެއްވެސް ބޭނުމެއް ނުކޮށެވެ. އެހެންކަމުން އެއީ އިތުރަށް ތަރައްޤީ ކުރެވޭނެ ސަރަހައްދެކެވެ.

މީގެ ކުރިން ޗައިނާ އިން ވެސް ވަނީ ރާއްޖެ އާއި އެއްގޮތައް ރަށްތަކެއް ހިއްކައިގެން އެރަށްތައް ތަރައްޤީ ކުރަން ފަށާފައެވެ. އަދި މިހާރު ސައުދީ އަރަބިއްޔާ އިން ވެސް ގެންދަނީ ރާއްޖޭގެ ރަށްތަކާއި އެއްގޮތައް ރަށްތަކެއް ތަރައްޤީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަސްވެިރިޔާ

    ކަލޯ ލަކްސް ދީޕް ( މަލިކް) ހިނެނޭ އަތޮޅުގަ ރާއްޖޭގެ ރަށްތަކާ އެއްޗެސް ތަފާތެއްބެތް މީގުން އުޅޭ ރަށްތަކާއި ފަޅުރަށް ހިމެނޭގޮތަށް 20 ރށް އޮވެއެވެ. ޓޫރިޒަމް އެތަނުގައި ފުޅާކޮށް ނުހިންގުމުގެ ސިއްރު ހިކުމަތެއް އޮންނާނެ. ރާއްޖޭގެ އުތުރުން 80 ވަރަކަށް މޭލު ދުރު މިހާރު މިއީ އިންޑިއާގެ އަވަށެއްނުންތޯ.

  2. ދަނޑުވެރިޔާ

    އަންޑަމަންގެ ރައްތަށް އެކަންޏެއްނޫން ރާއްޖޭގެ ރައްތައްވެސް އިންޑިޔާގެ ރިސޯޓްތަކަށް ވެނިމެނީ. ރާއްޖެޔަކީ ރާޑަރެއް ގަންނަން އަދި ހެލިކޮޕޓރެއްގަންނަން ނުލިބޭބަރުގެ ފަގީރު ހައުމެއްތަ.

  3. ދަނޑުވެރި

    އަންޑަމަންގެ ރައްތަށް އެކަންޏެއްނޫން ރާއްޖޭގެ ރައްތައްވެސް އިންޑިޔާގެ ރިސޯޓްތަކަށް ވެނިމެނީ. ރާއްޖެޔަކީ ރާޑަރެއް ގަންނަން އަދި ހެލިކޮޕޓރެއްގަންނަން ނުލިބޭބަރުގެ ފަގީރު ހައުމެއްތަ.

  4. އިންސާފް

    ރާއްޖެގައި އިންޑިޔާގެ ވެރިކަމެއް ގާއިމުކުރަންވި އޭރުން ގެރިވެސް ފެއްނާނެ. މިހާރުވެސް އަލުދާސްތުވެގެން ގޮދއ ހުސްވެފާ މިއޮތީ

  5. ހާމިދު ޝާޙިދު

    ރާއްޖެއަކަށް ނުވާނެ. އަންޑަމަން އަކީ ބިރުވެރި ތަނެއް. އެތަނުގެ ޖަންގަލީގައި އުޅޭ ބޮޑެތި ވިހަގަދަ ހަރުފަތަކާއި އެހެނިހެން ޖަނަވާރުގެ އިތުރުން އެސަރަހައްދުގައި އުޅޭ ސީ ކްރޮކޮޑައިލް ތަކަކީ ނުރައްކާތެރި އެއްޗެތި. ރާއްޖޭގައި އެފަދަ ބިރުވެރިކަމެއް ނެތް ގެސްޓުންނަކަށް.

  6. ޖުހާ

    ބަޔަކު ކިރިޔާ ވާދަކޮށްލިޔަސް ދިވެހިރާއްޖެ ދާނީ އަޑިޔަށް. އެހެންތަންތާކު މިރާއްޖޭގައި މިއޮންނަ އިސް*މ* އޮބި އެޅުންތަކެއް ނޯންނާނެ.