ޕީއެސްއެމްގެ ބޯޑުގެ ޗެއާމަނަކަށް ތ.ވިލިފުށި ހުސްނުހީނާގޭ އިބްރާހީމް ހިލްމީ އަދި ކުންފުނީގެ ބޯޑަށް ގ.ހިލްމަން މަރިޔަމް ވަހީދާ (މަރީ) އައްޔަން ކުރައްވައިފިއެވެ.

އިބްރާހިމް ހިލްމީއަކީ ޕީއެސްއެމްގެ ފުރަތަމަ ބޯޑުގައިހިމެނިވަޑައިގެން އޭރުގެ ބޯޑުގެ ވައިސް ޗެއާމަންއެވެ. މަރިޔަމް ވަހީދާ ވަނީ ޕީއެސްއެމްގެ ކުރިން ދިވެހިރާއްޖޭގެ އަޑާއި ޓެލްވިޒަން މޯލްޑިވްސް ހިންގަމުން ގެންދިޔަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ބޯޑު މެމްބަރުކަން ވެސް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކުރައްވާފައިވެއެވެ.

ޕީއެސްއެމްގެ ބޯޑަށް ގެނައި ބަދަލުތަކާއި ބޯޑްގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ޗެއާމަން އިބްރާހިމް ހިލްމީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދު، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަމީމް އަދި ބޯޑް މެމްބަރު މަރިޔަމް ވަހީދާއެވެ.

ޕީއެސްއެމްގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވަނީ ޕީއެސްއެމް އަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވައުދުވެ ވަޑައިގެންގައެވެ.