ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނައިފަރުން އެއްދުވަހުގެތެރޭ 400 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.

ކުރީގެ ރައީސް ޔާމީނަށް ބޮޑު ތާއިދެއް އޮންނަ ނައިފަރުން ޕީއެންސީއަށް ވަންނަން ބޭނުންވާ ފަރާތްތަކުން ފޯމް ފުރުމުގެ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ މި ހަފްތާ ބަންދުގެ ތެރޭގައެވެ. މިހަރާކާތުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ނައިފަރުން ޕީއެންސީއަށް ސޮއިކުރި ފަރާތްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ޒުވާނުންވެސް ހިމެނެއެވެ.

މާލެ އަދި ރާއްޖޭގެ އެކިހިސާބުތަކުގައި ޕީއެންސީއަށް މެމްބަރުން ހޯދުމުގެ ޙަރަކާތްތައް ފުޅާދާއިރާއެއްގައި ކުރިޔަށް ގެންދަމުން ދާއިރު ނައިފަރުން ޕީއެންސީއަށް ސޮއިކުރިބ400 އަށްވުރެ ގިނަ މީހުންގެ ފޯމް މިހާރުވަނީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޙަވާލުކޮށްފައެވެ.

މިފޯމްތައް ޕީއެންސީއާއި ޙަވާލުކޮށްދެއްވީ ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމެވެ.

ޕީއެންސީ އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިންތާ 24 ގަޑިއިރު ނުވަނީވެސް، އެޕާޓީއަށް 3000 އަށްވުރެ ގިނަ ފަރާތުން ސޮއި ކޮށްފައިވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، މިއަދާ ހަމައަށްވެސް، ޕާޓީ އުފެއްދުމަށްޓަކައި މި 3000 މީހުންގެ ފޯމު އިލެކްޝަންސް އަށް ހުށަހަޅާފައި ނުވެއެވެ.

އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ޕާޓީއެއް އުފެއްދުމަށްޓަކައި ބާއްވަން ޖެހޭ ބައްދަލުވުން ބޭއްވުމަށް ހުއްދަ ދޭނީ 3000 މީހުންގެ ފޯމު ހުށަހަޅާ، ވެރިފައި ކުރެވުމުންނެވެ. އިލެކްޝަންސްގެ ދަފުތަރުގައި ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ ބައްދަލުވުމުން ބޭއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ވަގު

  ކުރިންބު 30 މިނިޓް ނުވަނިސް 3000 މީހުން ހަމަވިވާހަކަ މިފަހަރު ނައިފަރުން 400 ސަތޭކަ އަދުރޭގެ ހިސާބް ބާ

 2. ޙަސަން ރަސީދު

  ސާބަހޭ ނައިފަރުގެ ލޮބުވެތި ރައްޔިތުން 1 އަހަރެމެން މިތިބީ ރައީސް ޔަމީނާއިއެކު
  ވަރަށް ފޯރިއާއީ ޖޯސާއިއެކު ގުޅިގެން ކުރިއަށްދާން ކުރިޔަށް ހުރިފޯމްތައް ވަރަށް
  އަވަހައް ހަޥާލުކުރާނަން

 3. ނައްޓު/ މާލެ

  3000 ހަމަވެއްޖެ. އިލެކްޝަނަށް ފޯމް ތައް ޙަވާލުކުރުން ލަސްވަނީ ޕީޕީއެމް ގެ މައްސަލަ ނިމޭގޮތެއް އެގުނީމަ ހަވާލުކުރަން ވެގެން