ގައުމީ އެއާލައިން މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަން (ޕީއާރް) އަދި ކޮމިއުނިކޭޝަން މެނޭޖަރަކަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރ މޫސާ ވަސީމް ހަމަޖައްސައިފިއެވެ.

މޯލްޑިވިއަން އިން ދެންމެ ކުރި ޓްވީޓެއްގައި ވަނީ އައިލެންޑް އޭވިއޭޝަންގެ އާއިލާއާއި މޫސަ ގުޅުމުން އެކަމަށް މަރުޙަބާ ކިޔާފައެވެ.

ޓީވީއެމްގެ ޚަބަރުތައް ކިޔާ ނޫސްވެރިއެއްގެ ގޮތުގައި އާއްމުންނަށް ފުރަތަމަ ފެންނަން ފެށި މޫސަ ގިނަ ބައެއްގެ މަގުބޫލްކަން ހޯދީ މޯލްޑިވިއަން އައިޑޮލް ހުށަހަޅައިގެންނެވެ.

މޫސަ ޕީއެސްއެމް އިން ވަކިވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެވެ. އޭނާ ވަނީ ޕީއެސްއެމް އިން ހިންގަމުން އަންނަ ޓީވީއެމްގައި 13 އަހަރު މަސައްކަތް ކޮށްފައެވެ.

ޕީއެސްއެމް އިން ވަކިވުމަށް ފަހު މޫސަ ބުނީ ވަޒީފާ އިން ވަކިވީ ބަދަލެއް ބޭނުންވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޛދނދނ

    އެހާ ރަނގަޅު ކަމެއްހެން ހީ ނުވޭ.

  2. ޒޤޓް

    މޫސާ ވަސީމް ކީއްކުރަން ކެނެރީގެ ނަޝީދައް ޕީއާރް ދިނަސް އަގު ކުޑަވިކަމަކަށް ގަބޫލެއް ނުކުރަން. ހިދުމަތް ރަނގަޅުކަމަށްވެސް ގަބޫލެއް ނުކުރަން. ތީ ވަރަށް ފީކަޅާ އެއަރލައިނެއް

  3. ަވަސީ

    ވަރަށް ފޫހި މީހެއް