ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިރުވެއްޖެއެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމަށް ފުލުހުން ޗިޓް ފޮނުވާފައި އޮތީ މިއަދު 1:30 އަށެވެ. އެމަނިކުފާނު މިއަދު ފުލުހަށް ވަޑައިގެންފައި ވަނީ ކާރުކޮޅުގައެވެ. ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރި ވަގުތު ފުލުހުންގެ އިދާރާ ކައިރި، ވެހިކަލް ނުވަދެވޭ ގޮތަށް ބަންދު ކޮށްފައިވާ އިރު، އެ ސަރަހައްދަށް މިއަދު ގިނަ ސަޕޯޓަރުންތަކެއް އެއްވެފައެއް ނުވެއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީގެކުރިންވެސް، ޔާމީން ވަނީ ފުލުހަށް ގެންދެވި، ސުވާލު ކުރެވިފައެވެ. މިއަދު ޔާމީން ފުލުހަށް ގެންދާ ވަކި ސަބަބެއް ހާމަކޮށްފައި ނުވާ އިރު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައަކާއި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެހެން އެކައުންޓަކަށް 22 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމުގެ ތެރެއިން --- ވަގުުތު އިމޭޖްސް / މުހައްމަދު ޖިމީ

ރައީސް ޔާމީންގެ މައްސަލަ ފުލުހަށް ހުށަހެޅި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.

މައްސަލަތަކުގެ ތަހުގީގަށް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާއާއެކު ޔާމީންގެ އެކައުންޓްތައް ވަނީ ފްރީޒް ކޮށްފައެވެ. އެކައުންޓްތައް ފްރީޒް ކުރި މައްސަލަ ޔާމީން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރާއިރު ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލުކަން އާއިޝަތު އާޒިމާ ޝަކޫރަށް ދެން ނުކުރެވޭނެކަން ފުލުހުން ވަނީ އެކަމަނާއަށް އަންގާފައެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމުގެ ތެރެއިން --- ވަގުުތު އިމޭޖްސް / މުހައްމަދު ޖިމީ

އެމްއެމްޕީއާރްސީގެ މައްސަލާގައި އާޒިމާ ވަނީ ދެފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަނީ ލޯންޑަރިންނަށް އެހީތެރިވެދިންކަމުގެ ތުހުމަތެވެ. މަނީ ލޯންޑްރިން މައްސަލައިގައި އާޒިމާގެ މައްޗަށް ވެސް ތުހުމަތު ކުރިއިރު އާޒިމާ އަކީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ވަޒީރެވެ. ބޮޑެތި ގިނަ ނިންމުންތައް ނިންމެވުމުގައި ޔާމީން އެންމެ ބޮޑަށް ހޯއްދެވީ އާޒިމާގެ ޚިޔާލެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ދަތްދޫނި

    ތިޔަ އާޒިމާ އަކީ އުމުރު ދުވަހު ޖަލުގެ ތޭރި ތަކުގެ ތެރޭގައި ހުންނަންޖެހޭ ކަނބަލެއް. މަމެންގެ ރަޢީސަށް ހުރިހާ ޤާނޫނު ތަކާއި ޤާނޫނު އަސާސީ އާއި ޙިލާފަށް ކަންކަން ކުރުމަށް ހިތްވަރުދިން އެކަކު. ސްޕްރިމް ކޯޓުގެ ފަނޑިޔާރުން ހިފާ ހައްޔަރު ކުރުމުގައި އިސް ދައުރެއްވެސް އަދާކުރި.

    • Anonymous

      ކޮން މަމެންގެ ރައީސެކޭ ގޮވާކަށް. ކަލޭ ތީ ލާދީނީ ބައިގަނޑަށް ޓަކައި ކޮމެންޓް ކުރާ މީހެއްނު. ގާނޫނު އަސާސީ އޭ ގޮވަން ތީ މާ ތާހިރު ބައެއް ނޫން.

    • Anonymous

      މަމެންގެ ރައީސް އަކީ ގާނޫނު ދެނެވަޑައިގަންނަވާ ބޭފުޅެއް. ތިބުނާ ޖާހިލުންތައް ހައްޔަރު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެކަން ފުލުހުންގެ ބަޔާން ތަކުން އެނގޭ. ހުސް ވަގުން އުޅޭ ތަންތަނަކުން ހައްޔަރު ނުކުރެވޭނެ މީހެއް ހުންނާނެތަ؟

  2. Anonymous

    މިއީ މިއަދުގެ ސަރުކާރުގެ އެއްމެބޮޑު ވަޢުދު ފުއްދާލަނީ، އަދި މިސަރުކާރުން ރައްޔިތުންނަކީ ތިބިބައެއްކަންވެސް ނެއެގޭ އަދި ރައްޔިތުންނަށް ފައިދާވާނެކަމެއް ތަރައްގީގެ އާ އެއްވެސްކަމެއް ކުރާތަނެއްނުފެނޭ، ރައީސު ޔާމީނަށް ކޮށްފައިވާ ތަރައްގީތައް އިދިފުށަށްޖަހާ ޖެއްސުންކުރުންނޫން އެހެންކަމެއް ނުކުރަެ ކިނބޫ ސަރުކާރުން

  3. Ùުުު

    މިއީ މިއަދުގެ ސަރުކާރުގެ އެއްމެބޮޑު ވަޢުދު ފުއްދާލަނީ، އަދި މިސަރުކާރުން ރައްޔިތުންނަކީ ތިބިބައެއްކަންވެސް ނެއެގޭ އަދި ރައްޔިތުންނަށް ފައިދާވާނެކަމެއް ތަރައްގީގެ އާ އެއްވެސްކަމެއް ކުރާތަނެއްނުފެނޭ، ރައީސު ޔާމީނަށް ކޮށްފައިވާ ތަރައްގީތައް އިދިފުށަށްޖަހާ ޖެއްސުންކުރުންނޫން އެހެންކަމެއް ނުކުރަެ ކިނބޫ ސަރުކާރުން

  4. ވގ

    ހައްޔަރުކުރޭ

    • Anonymous

      ކެނެރީ ބޮޑު ވަގު ހައްޔަރު ކުރޭ

    • Anonymous

      އިންޑިޔާއަށް ނޫނެކޭ ބުނުމުގެ ކުށުގަތަ؟ ނޫނީ އަންނި ގޮތަށް ތާކަށްވަދެ ފިލާތޯ ތަ. ނަޝީދު ސަރުކާރުގައި މައުމޫނު ހައްޔަރު ކުރަން މަސައްކަތް ކުރުމުން މައުމޫނު ހުމާ ރަޖާލީގޮތަށް ރައީސް ޔާމީން ރަޖަލެއް ނުލާނެ. ރައީ ޔާމީނަކީ ގައުމަށް ވަފާތެރި ހިތްވަރު ގަދަ ދިވެހި ދަރިއެއް.

  5. ައައްޔު

    އާޒިމާދެކެ ބިރުން ރައީސް ޔާމީންގެ ވަކީލަކަށް ނުހުރެވޭނެކަމަށް ފުލުހުން އެންގުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް މީ ރައީސް ޔާމިންގެ ސަރުކާރުގައި ހިނގި ކަމެއްނަމަ އިންސާފޭކިޔާ މަގުމަތި ކުޑަކުރާނެ މިހާރު

  6. ނީބުމަ

    އިޚްލަސްތެރިވެރިން ތަންތަނުގަ ހުންނަ އެމްބަސީ ތަކަށް ވަދެފިލާނުއޮންނާނެ. ރައީސްޔާމީން އަކީ މިގައުމުގަ ވެރިަކަން ކުރެއްވި ފަޚުރުވެރި ރައީސްއެއް. ހަޖަމުނުވެގެން ތިއުޅޭކަމަކީ އެއީ. ކިތަންމެވަރަކައް ތެޅުނަސް މާތްﷲ ގެވާގިފުޅާރަހްމަތްފުޅުން އެމަނިކުފާނު ގެއަގުވައްޓާލަންތިކުޅޭކުޅިގަނޑު ކާމިޔާބެެއަނުވާނެ. ހަމަދާނީފަނުފުލުން. އިންޝާﷲ

  7. ނިހާން

    ހާދަ މީހުން އެއްވެފަ އެބަ އޮތޭ.

  8. ކޮންނަބޯޓު

    ވަގުންގެ އަތްކަނޑާފަ މަޖީދީމަގުމެދުގަ ބަހައްޓާފަ ދުއްރައިން ތަޅާގޮތަށް ގާނޫނެއް ފާސްކުރަން އެބަޖެހެއެވެ.

  9. ބަފާބެ

    މިނުން އެހެންކަމެއް މިރާއްޖޭގައި ކުރާތަނެއް ނުފެއްނާނެތަ؟! ވެރިކަމުން ފައިބާ ކޮންމެ ވެރިޔަކީ ވަށްކަމާއި ޓެރަރިޒަމްކަހަލަ ކުއްތަކުގައި ޖަލުގަ ތިބެންޖެހޭ ބަޔެއްތަ!؟ ބަނގަލާދޭޝްދީ ނަމޫނާޔަކަށްބަލަނީ އެކަމަކު، ވެރިކަމުގަ ތިބޭއިރު ސިންގަޕޫރު، ކޮރެޔާ ޖަޕާނު ކޮޕީކުރަވޭތޯ އެއްމެންވެސް އުޅެނީ!

  10. ކާފަދ

    އެތަނުން ނެރޭކަށް ނޫޅޭތަ

  11. Anonymous

    ދިވެހިންނަށް ގެނެސްދޭ ތަރައްޤީއަކީ ދިވެހިރާއްކެއަށް ތަރައްޤީއާ ފާގަތިކަން ގެނެސްދިންވެރިމީހާ ދެއިރުކާ ބޭހެއްހެން ފުލުހައް ދެމުންތަ؟ ދިވެހި ފުލުހުންނާ ވެރިކަމަށް އަންނަ މީހުންގެ ބާބެރިކް ނާތަހުޒީބުކަން މިފެންނަނީ. ގައުމުގެ ތަންތަންކޮޅު އިންޑިޔާ ބެހުމުންނާ އޭގެ ބަދަލުގައި ބޮޑު އިންޓެރެސްޓާއެކު އަނބުރާ ދައްކަންޖެހޭ ބިލިއަން ޑޮލަރުގެ ލޯނު ނަގާ އެފައިސާއިން ދިވެހިންގެ ތަރައްޤީއަށް އެއްކަމެއްވެސް ކޮށްނުދީ އެފައިސާ ގޯތިކުދިންނަށް ބަހާލީމަ ދިވެހިންނަށް ލިބުނީ ކޯންޗެއް؟

  12. ވީރު

    ތިޔަފެށީވަރައްރަގަޅުމަސައްކަތެއް އަނދާއަލިފާނަށް ޕެޓުރޯލްއުކުންކަހަލަކަމެއް

  13. ސީރިއަސްލީ

    ނުކުރާކަށް ވައްކަމެށް ނެތް. ހެޔޮނުވާނެ ތީނަ ޖަލަށް ލާ. ރާއްޖެ ރަނގަޅައްވެސް ދޮވެލާފި. ދަރަނި ހުސް. ޕުލީސް ސްޓޮޕް ޔޯ ނޮންސެންސް. ތީ މިހާ ތަނައްއައި އެއްމެ ބޮޑު ވަގު.