މޯލްޑިވް ގޭސްގެ އެމްޑީއަކަށް ޝަޒައިލް ޝިޔާމް މިއަދު އައްޔަންކުރައްވައިފިއެވެ.

ޝަޒައިލް ވަނީ މީގެ ކުރިން 2013 ވަނަ އަހަރު ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަން ކުރައްވައިފައެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވިއެވެ. ކުރީ ސަރުކާރުގެ މަގާމުން ވަކިކުރެއްވިއިރު އޭނާ ހުންނެވީ ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.

ޝަޒައިލް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ، އެމްއާރްއެމްގެ ސްލޮޓުގައި ކުންފުނީގެ އެމްޑީއަކަށް ހަމަޖެއްސި ބޭފުޅެކެވެ.

މޯލްޑިވް ގޭސްގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ބޯޑަށް ވެސް މެމްބަރުން އައްޔަންކޮށްފައިވެ އެވެ. އެއީ މ. ބަނަފްސާ، އިބްރާހިމް ވަހީދު، ކ. ކިނބިދޫ، ކަންމަތީގެ، މުހައްމަދު ނާޝިދު އަދި ފުވައްމުލަކު މުރާކި، މުހައްމަދު އާތިފެވެ.

ކިޔުންތެރިންގެ ހިޔާލު