މާލޭގެ މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަންތައް އިއުލާން ކުރަން އީޕީއޭ އިން ފެށި ފަހުން އަނެއްކާވެސް އިތުރު މީހެއްގެ ނަން ހާމަކޮށްފިއެވެ.
އީޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މއ. ޝިފްރަން ކޯނަރު ކަރިއަށް ޖަހާފައިވާ ބަސްތާތަކެއް ބަހައްޓާފައި ވަނީ ބ. ތުޅާދޫ މޫރިތި، ހުޝާމް އަލީ ކަމަށެވެ. އީޕީއޭގެ ޓްވީޓްގައި ހުޝާމް އަޅާފައިވާ ކުނީގެ ފޮޓޯއެއްވެސް އާންމުކޮށްފައިވެއެވެ.
https://twitter.com/epamaldives/status/1081818936566398976?s=21
މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަން އާންމުކުރުމުގެ ބާރު އީޕީއޭ އަށް އޮވެ އެވެ. ގާނޫނުގައިވާ ގޮތުން އެ ފަދަ ކުށްކުރާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ނަގާނީ 300ރ. އެވެ. ކުށް ތަކުރާރުކޮށްފި ނަމަ އެ މީހެއްގެ އަތުން 500 ރުފިޔާ ނެގޭއިރު، އެއީ ނުރައްކާތެރި ބާވަތެއްގެ ކުނި ނަމަ، އެ އަދަދު އިތުރު ކުރުމުގެ ބާރު ވެސް ގާނޫނުން އީޕީއޭ އަށް ވަނީ ދީފަ އެވެ.
މަގުމައްޗަށް ކުނި އެޅި މީހެއްގެ މައުލޫމާތު އީޕީއޭ އިން ފުރަތަމަ އާއްމު ކުރީ މިމަހުގެ 03 ވަނަ ދުވަހު އެވެ.
ކުނި އުކުމަށް ސަރުކާރުގެ ކުންފުނި ވެމްކޯ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް ވެމްކޯގައި ރަޖިސްޓްރީ ނުވެ އަދިވެސް ގިނަ ބަޔަކު މަގުމަތީގައި ކުނިތައް ބަހައްޓާ މައްސަލަ ވަރަށް ބޮޑެވެ.
ޢީޕީއޭ އަކީ ހަމައެކަނި މާލޭ ކުނި ބަލަހައްޓާ ބައެއްތަ؟
ކޮބާ އެހެން ރަށްތައް؟
ރާއްޖެތެރެމީހުން މާލެ ހަޑި ކުރަނީ ކުލިބޮޑުކުރަންވީހަމަ މާލެ ދޫކޮށް ދައްދެން
މައްސަލައެއް ނެތް.
މާލޭމީހުން ބަނޑަށް މަރުވާނީ ރާއްޖެތެރޭ މީހުން ރަށަށް ގޮށްސިއްޔާ
މިވީދުވަހެއްވީ ރާއްޖެތެރެ މީހުންނެތި، ބަނޑަކަށް ނުޖެހޭ..
ބ. ތުޅާދޫ މޫރިތި، ހުޝާމް އަލީ މާލޭގެ މަގުތަކައް ހަމަ ކުނި އަޅަންވީ ވިއްޔާ... މީކީ އޭނާގެ ރަށެއް ނޫންވިއްޔާ...!!! ރާއްޖެތެރޭ މީހުންނޭ ކިޔަނީ މިކަހަލަ ކޫސަނި ކަންތައް ކުރާތީވެ
މަމެންގެ މާލެ މިހަޑިކުރަނީ މުޅިންވެސް ރާއްޖެތެރެއިން އައިސް ތިބ ނާތަހުޒީބު ބޭފުޅުން
ކުރިން ކުނި އެޅި މީހާގެ ނަން ނުބުނޭ ، ކަޑައެއްނު
ފާއިތުވެ ދިޔަ ސަރުކާރަށް ޖެއްސުމަށް ރީނދޫ ބައިގަނޑު މުޅި މާލެ ހަޑިކުރަމުންދުވީ މިހާރު އެކަމާ މީހުން ބިރުގަންނަވަމުން އެ ދުވަނީ
މާލޭ މީހުން އައިސް ރާއްޖެ ތެރެ މުޑު ދާރުކޮއްފަ ދާއިރު އެކަމާ އެއްޗެއް ބުނާނެ މީހެއް ނެތް؟
އެހެން ކުއްތައް ކުރާ މީހުންގެ ނަންްތައްވެސް އާންމުކުރަން ފެނޭ.
ޢެއީ ހުސާމުއެޅި ކުނިތަކެއްނޫންކަމައް މައުލޫމާތު ލިބޭ.ހުސާމަކީ އެއްވެސް އިރެއްގަ ކޮންސްޓަރަކުސަްން މަސަކަތް ކުރިމީހެއްނޫން.މީހުންގެއަބުރު ކަތިނުލާ
ޢެ ވެދާނެ ދޯ އުކާލަން ނެރެފަިއި ހުރި ކުނިކަމަށް އެ އުކާލަން ވަގުތު ދޭންވަނެ. ހަމަ ގޯނިތައް ނެރޭ ތަނުން ފޮޓޯ ނަގާފައި ޓުވިޓު ކުރުމަކީ ޒިންމާ ނެގުމެއް ނޫން.
ކުޑަކުދިންނާބެހޭ މީހުންގެ ނަންހާމަ ނުކުރަނީ ކީއްވެ؟