ދައުލަތުގެ މީޑީޔާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި މަޝްހޫރު ޕްރެޒެންޓަރ ޙަސަން ޒިޔާޢު (ޒިޔާ) ރައްޔިތުންގެ މަޖިލީހުގެ މީޑީޔާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރަކަށް އައްޔަންކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑީޔާ ޑިރެކްޓަރަކަށް ޒިޔާ އައްޔަންކުރީ މިދިޔަ މަހުގައެވެ. އަދި މިއަދުން ފެށިގެން އޭނާ ވަނީ އެ ވަޒީފާއަށް ނުކުންނަން ފަށާފައެވެ. އަދި އޭނާ ވަނީ އެމަޤާމާއި ހަވާލުވުމަށް ޕީއެސްއެމްގެ ވަޒީފާއިން އިސްތިއުފާ ދީފައެވެ.
ތޭރަ އަހަރަށްފަހު ޒިޔާ ޕީއެސްއެމްއިން ވަކިވިއިރު އަދާކުރަމުންދިޔައީ އެތަނުގެ މެނޭޖަރ، ޑެޕިއުޓީ ހެޑް އޮފް ނިއުސް އެންޑް ކަރަންޓް އެފެއަރޒްގެ މަޤާމެވެ.
ޒިޔާއަކީ ޕީއެސްއެމްގައި މަސައްކަތް ކުރަމުންދިޔަ އެންމެ ދުވަސްވީ ތަޖުރިބާކާރު އެއް ނޫސްވެރިޔާއެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާއާއި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ޑަބަލް މާސްޓާސް ޑިގްރީ ހާސިލްކުރައްވާފަައެވެ. އަދި އޭނާއަށް ވަނީ 2014ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމް ލިބިވަޑައިގެންފައެވެ.
ފާއިތުވި 13 އަހަރު ޒިޔާ ވަނީ ޕީއެސްއެމްގެ ގިނަ ޕްރޮގްރާމްތައް ހުށަހަޅުއްވާ ދެއްވާފައެވެ. ޚާއްސަކޮށް އޭނާ ފަހަގަ ވެގެންދިޔައީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތަައްޔާރުކުރި ޕްރޮގްރާމްތަކާއި އޭނާ ގިނަ ދުވަސްވަންދެން ހުށެހެޅުއްވި "ރާއްޖެމިއަދު" ޕްރޮގްރާމުންނެވެ. އަދި އޭނާވަނީ ބޭރުގެ ޚަބަރުތައް ދިރާސާ ކުރައްވާ ފޮރިންގ އެފެއަރޒް އަނަލިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑީޔާ ޑިރެކްޓަރުގެ މަޤާމަކީ ސިޔާސީ މަޤާމެއް ނޫނެވެ. އެއީ މަޖިލީހުގެ އަމީން އާއްމުއަށް ރިޕޯޓް ކުރާ މަޖިލީހުގެ ވެރިންގެ ފެންވަރުގެ މަޤާމެކެވެ.
މަރުހަބާ !ވަރަށް ޤާބިލް ބޭފުޅެއް.
ޒިޔާ އަސްލު ދާންވީ އެމްބެސެޑަރަކަށް. ޒިޔާ ހުރީ ދެ ދާއިރާއިންވެސް މާސްޓާސް ހަދާފަ. އަދި ޒިޔާ ލިޔު ފޮތް އިންޑިޔާގެ ޚާރިޖިއްޔާއިން ބޭނުން ކުރޭ. އިންޑިޔާގައި ހުންނަ ދިވެހި އެމްބަސީއަށް ތިކަހަލަ އިންޑިޔާ ދަންނަ މީހުން ފޮނުވަންޖެހޭ
އާނ. ސިޔާސީ މަޤާމަކަށް ނުދާތި. ސިޔާސީ މަޤާމު ތަކަކީ ނުކިޔަވާ މީހުންނަށް ޙައްސަ މަޤާމްތައް.. ހާއްސަކޯށް ޑެޕިއުޓީ އާއި ސްޓޭޓް މިނިސްޓަރުކަން ..ހިހިހި
އެމްއެންޔޫގައި އަހަރުމެންނަށް ނޫސްވެރިކަން ކިޔަވާ ދެއްވި ލެކްޗަރާއެއް. ދާއިރަށް ވަރަށް ފަރިތަ ބޭފުޅެއް. މަރުޚަބާ ޒިޔާ ސަރ.
އަހަރުމެނަށް އެމްއެމްއައި ގަވެސް ކިޔަވާ ދެއްވި. ވަރަށް މަޖާ ޓީޗަރެއް އަދި ރައްޓެއްސެއް. ހިތްހެޔޮ ރަހުމަތްެރިއެއް. މަރުޚަބާ މޭން.
ޒިޔާ މިހާރު ހާދަ ރީއްޗޭ. ދުވަސް ވާ ވަރަކަށް ރީތި ވަނީ. މަރުޚަބާ ޒިޔާ އަށް