ހަތަރު ގަޑިއިރު ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާ އިން ނިކުމެވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު، ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެންނެވީ ދާދި ދެންމެއަކުއެވެ.
ކުރީގެ ރައީސް ޔާމީން، ފުލުހުންގެ އިދާރާ އަށް ހާޟިރުވެވަޑައިގެންނެވީ މިއަދު 13:30 ގައެވެ.
ފުލުހުންގެ އިދާރާ އިން ނިކުމެވަޑައިގެންނެވުމަށްފަހު، އެނބުރި ގެއަށް ވަޑައިގެން، ގޭގެ ކުރިމަތީގައި ހުންނަވައިގެން މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ ފުލުހުން ގިނަ އަދަދެއްގެ ސުވާލުތަކެއް ކުރިކަމަށެވެ. ހަމައެހެންމެ، ގިނަ އަދަދެއްގެ ސުވާލުތަކެއް ކޮށް ބަޔާން ނެގިކަމަށްވެސް ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ ތުހުމަތު ކުރާ މައްސަލައިގައި އެއްވެސް ބުރަދަނެއް ނެތްކަމަށެވެ.
"މީގައި ބުރަދަނެއް ހުރި އެއްވެސް މައްސަލައެއް އުޅޭކަމަކަށް ޤަބޫލެއް ނުކުރަން. ދެން އަޅުގަނޑުގެ އެކައުންޓުގައި ފައިސާ ހުރިއްޔާ އެއީ ކޮން ފައިސާއެއްތޯ. ޕޮލިސް އިން އެކަން ސާފުކުރާ ހިސާބަށް ދިޔައީމާ ތުހުމަތުތަކެއް ކުރީމާ ތުހުމަތުން ބަރީއަވުމަށްޓަކައި އަޅުގަނޑު ދޭން ޖެހޭ މައުލޫމާތުތައް ދޭނަން." ޔާމީން ވިދާޅުވިއެވެ.
ހަމައެހެންމެ، އެމަނިކުފާނަކީ ރައީސްކަން ކުރެއްވި ފަރާތެއްކަމަށާއި އެހެންކަމުން އެމަނިކުފާނު މިފަދަ ގޯހެއް ހައްދަވާނެކަމަށް ޤަބޫލު ކުރުމަކީ ގޯހެއްކަމަށެވެ. އެހެންނަމަވެސް، ސިޔާސީ މީހަކަށްވުމުން މިފަދަ ދަތި އުފުއްލަވަން ޖެހޭނެކަމަށް ވިދާޅުވިއެވެ.
"މިކަހަލަ ގޯސްތަކެއް ހަދާފާނެކަމަށް މީހުން ވިސްނުމަކީވެސް ގޯސްކަމެއް. އެހެންނަމަވެސް، ސިޔާސީ މީހަކަށްވާތީއެކީވެސް އަޅުގަނޑަށް ޤަބޫލު ކުރެވޭ މިކަހަލަ ދަތި އުފުލަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ކުރިމަތިވާނެކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ." ޔާމީން ވިދާޅުވިއެވެ.
މިދައުރު ނިމުނީމަ ދަމާ ސަގާފަތް ހުއްޓަން ވެއްޖެ
ޔާމިނު އެތާނިދިޔަސް ކީއް؟
އަނެއްކާ މަނިކުފާނު ތިމައްސަލާގައި ތާށިވާގޮތައްތަ ބަޔާނުގަ އޮތީ
މެންޓަލް ޓޯޗަރ ކުރަނީ ދޯ؟ ވަރަށް ލަދުހަޔާތްކުޑަ ބަޔަކު ވެރިކަމުގަ ތިތިބީ.
ކުރިން ޔާމީނުވެސް ކުރީ އެކަމެއްނު!
ކޯޓުއަމުރަކުން ނަޝީދު ކޯޓަށް ހާޞިރު ކުރުމާ ފުލުހުން ޗިޓު ފޮނުވައިގެން ގެނގޮސް ފުލުހުންގެ އިދާރާގައި ބަންދުކުރުމާ ތަފާތު ނޫންތޯ. ހަނދާން ގަދަވާނެ ހުއިފިލަނޑާކެއީމަ.
ސުވާލުކުރަން އިންނަނީ ކާކުކަން އަންގާލަ ދީބަލަ؟
އެގުނީމަ ކަލެޔަށް ކޮންކަމެއް ވާނީ... ކެ ކެ ކެ
އޭނާއަށް ހެޔޮދުޢާ ކުރާނީ. އެގޮތް ކަމުދާނެތަ؟
ކޮބާ ސިމެންތި ބަސްތާ ވެއްޓިގެން ނިޔާވި ކުއްޖާގެ މައްސަލަ؟ ގައިމު ޝިފާޔަށާއި ސިދާތާއަށް ފަޔަށް ހިނިއަރައިގެން އުޅުހެން ހީވި ހައްގު ހޯދަން. ވަގުތު ނޫހުގެ ކޮންމެސް ކުއްޖެއް މިމައްސަލަ އަށް ވީގޮތެއްވެސް ބަލާލަ ދީބަލަ.
ޔާމީނަކީ ހަމަ އަލިފެއްތަ !
ކަލޭ ދެން ތީ އަލިފެއްތަ؟
ރާއްޖޭގައި މިފެށެނީ ސިޔާސީ ބަދަލުހިފުމުގެ ސަގާފަތެއް މިއީ ގައުމަކަށް ކުރިމަތިވާނެ އެއްމެ ނުރައްކާބަލި
މަހިތައް އަރާ ޔާމީން ވެރިކަމުގައި މީހުން ހައްޔަރުކޮށް އިރު އިރު ކޮޅާ މީހުންގެ ބަޔާން ނެގިތަން ހަމަ ނުފެންނަނީ ބާއޭ މީހުންގެ ލޮލަށް. ޔާމީން އަކީ މާ މާތް މީހެއްތަ އޭނަގެ ބަޔާން ނުނަގަން. އަޖައިބެއް މީ.
މަނިކުފާނު ދެރަފުޅު ނުވޭ. މަނިކުފާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިފާނެތީ ނުވަތަ އާ ޕާޓީއެއް ހަދާ ޕާޓީގެ ރައީސަކަށް ވެދާނެތީވެ މަނިކުފާނެ ބައްދާލަން ގަސްތުގަ ރާވައިގެން ކުރާކަމެއްމީ. ފުރަތަމަ ބެލެނީ ހުސްނުއްސޫދު މެދުވެރިކޮށް އާބިލުތައް މަޖިލީހަށް ލައިގެން އެފާސްކޮށްގެން މަނިކުފާނު ހައްޔަރުކުރަން. މިހާރު އެކަންނުވީމަ ކޮންމެވެސް ގޮތަކުން މަނިކުފާނު ހައްޔަރުކުރުން އެމީހުންގެ މަގުސަދަކީ. ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ބަދަލުގަ ދޮގާ މަކަރުތަކެއް ހަދާ މިމީހުންގެ ބޭނުމަކީ މަނިކުފާނު ކުޑަގޮޅިއަށްލުން. ރޭވުން ތެރިކަމާއެކު މަނިކުފާނުގެ ވަކީލުވެސް ވަކީލުކަން ނުކުރެވޭ ގޮތް ހެދީވެސް ހަމަ އެބޭނުމުގަ.
ސުވާލަ ކޮންމެމީހަކުކުރިޔަސް ކީއްކުރެވޭނި އެވެރިކަން ނިމިއްޖެ ސޮރީ
ހީވަނީ ދޯ އަހަރެމެންނަށް ކަމެއް ނުކުރެވޭނެ ހެން. ތީ ތިބައިގަނޑުގެ ވިސްނުމުގެ އުނިކަމެއް. ސޯ ސޯ ސޮރީ.
ސޯލިހާއި ނާޝީދަކީ އަލިފެއްތަ؟ މިގައުމުގަ ވެރިކަން ކުރި ރައިސުން ތަކުގެ ތެރެއިން ރައިސް ޔާމީން އަކީ މި ގައުމަށް އިޙްލާސްތެރިވި ހަމައެކަނި ރައީސް. އެހެން ރައިސުން ދަނީ މި ގައުމު އަޅުވެތި ކުރަމުންނެވެ. އެންގޭ ވަގުތު ނޫހުން އަޅުގަނޑުގެ ކޮމެންޓް ނުލާނެކަން ?
ސޯލިހު އަދި ނަސީދު އަކީ އަލިފެއްތަ. ނަސީދު ވެރިކަމުގަ އެތައް ވައްކަމެއް ކުރި. ކޮބާ އެއް ވަކަން ތަ. ނަސީދު އަލިފެން ހެން ހުއްޓަތަ ފުލުހުނަން ހާޒިރު ކޮއް ބަޔާން ނެގީ. ޔާމީން ވެރި ކަމުގަ ބަޔާން ނެގި އެހެން މީހުން ވެސް. މިކޮމެންޓް ޖަހާލަ ދޭތި.