ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަ މަސް)ގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތަޢާރަފުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭ ކަނޑުގެ ފުން ސަރަޙައްދުގައި ދިރިއުޅޭ (ޑައިމަންޑް ބެކް ސްކުއިޑް) ތުތިބޯވަދިލަ މަހުގެ މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ދިގު މުއްދަތުގައި އަގު އަދާ ކުރާ ގޮތަށް އެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ފޯރުކޮށް ދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމް އާންމުކޮށް ހުޅުވާލާފައިވާކަމަށެވެ.

މިތަކެތި ބަލަން ބޭނުންވާ ފަރާތް ތަކަށް ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިޔާގައި ހުންނަ ފިޝަރީޒް މިނިސްޓްރީގެ ފެޑް ސެންޓަރުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12:00 އަށް ފެންނަން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ކުރުމަށް ބޭނުން ކުރާ އާލާތް ދިގު މުއްދަތުގައި އަގު އަދާކުރާ ގޮތަށް އެދި ހުށަހަޅާ ފޯމާއި، ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ދިގުމުއްދަތުގައި އަގު އަދާ ކުރުމާއި، ދޫކުރަނީ ހާއްސަ އުސޫލެއްގެ ދަށުންނެވެ.

އެ އުޞޫލު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ރިސެޕްޝަނުންނާއި، މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިތަކެއްޗަށް އެދި ހުށަހަޅުމުގެ ފުރުސަތު މި ޖަނަވަރީ މަހުގެ 31 ވާ ބުރާސްފަތި ދުވަހާއި ހަމައަށެވެ.

ތުތި ބޯވަދިލަ މަހުގެ މަސްވެރިކަން ރާއްޖެއަށް ތަޢާރަފްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ތަހުތު

  ކުދީންނޭ ހޭއަރާތި ނުބައި ހަދަނީ

 2. ހަސްންބެ

  ދަރިންނޭ ކުޅިގަޑު ފެއްޓެނީ ؛ ޤައުމު އަޅުވެތި ކޮށް 1.4 ބިލިއަން ޑޮލަރ ނަގައިގެން މިކަހަލަ ގޮތަކަށް ތަރަށްޤީ ކުރަނީ؛ ބަލަންތިބެ ބިތުފންގި ނަގާ ބަލާލީމަ އަސްލު ސޫރަ ފެނިެންދާނެ. ކެއް ކޮށްލާ؛

 3. ސިކުނޑި

  ފިސަރީޒް މިނިސްޓަރީ އަށް ބުނެލަނ އޮތީ މިހާރުވެސް
  އަހަރެމެން ބާނާ ކަށްނެލި ކޮޅު ނުވިކި ދިގު މުށްދަތެއް
  ގާތިބެލަން އެބަޖެހޭ މިކަން ކުރުމުއްދަތެއް ގާ ހަށްލުކޮއް
  ދޭށޭ ދިގުމުއްދަތެއް ގާ އަހަރެމެން ފެލަނޫޅޭށޭ