މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާގެ ބައިވެރިން ތިބި ސަރަހައްދަކުން ދަގަނޑުބުރިތަކެއް ހޯދައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ ގ.ސްނޯ ލައިޓް ގޯތި ތެރެއިން އެއްވުމުގެ ބައިވެރިން ތިބި ސަރަހައްދަކުން 24 ދަގަނޑުބުރި ވަނީ ފެނިފައި ކަމަށެވެ.

ދަގަނޑުބުރިތައް ފެނުނު މައްސަލައިގައި މީހަކު ހައްޔަރު ކުރިކަމަށް ފުލުހުން ވިދާޅެއް ނުވެއެވެ.

ގ.ސްނޯ ލައިޓް ގޯތި ތެރެއިން އެއްވުމުގެ ބައިވެރިން ތިބި ސަރަހައްދަކުން 24 ދަގަނޑުބުރި މިރޭ ފުލުހުން ހޯދާފައި ވާއިރު ރޭ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުން ދިޔަ ސަރަހައްދުން ވަނީ ގިނަ އަދަދެއްގެ މިރުސް ފެން ކޮތަޅުތަކެއް ފެނިފައެވެ. ބެލެވޭ ގޮތުގައި އެއީ ފުލުހުންގެ ގަޔަށް ޖެހުމަށް ތައްޔާރުކޮށްފައި ހުރި މިރުސްފެން ކޮތަޅުތަކެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރީތި މޫސަ

    100% ޔަޤީން ތީނަޝީދުގެ ކުދިންކޮޅު ގެންގުޅުއެއްޗެހި

  2. Anonymous

    ދޮގް

  3. ނިންނި

    ދޮގް

  4. ހުމުދު

    ގ އެއްނޫން މއ ސްނޯލައިޓު

  5. އެމްޑީ ކޮމަރުލް

    ކޮން ވައްތަރު ހުންނަނީ؟ ވަގުތު ބުނަނީ އަހަރެން ކޮންސްޓްރަކްޝަން ދަގަނޑު ނަގާ ވެސް ފުލުސް މީހާ ގައިގަ ތަލަނީ. ބޮޑު މީހާ ރުލި އަންނަނީ އވަހަށް ގެނޭ

  6. ޥގ

    މުޒާހިރާގެ ބައިވެރިންތިބިސަރަހައްދުގަ ހުރިމިސްކިތެއްވިސް. މިވަރައްވާހަކަ