އަދީބު ޖަލަށް ގެންދެވުނީ "ހޯމްލީ އެންވާރްމެންޓް" އެއްގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވި މުއްދަތު ހަމަވުމުން ކަމަށް ބުނެ، ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ވިދާޅުވި ބަސްފުޅަކީ އިތުރުފުޅެއްކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރިޓިކްސް (އެމްޓީޑީ) ގެ ނައިބު ރައީސް ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްޓީޑީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އަދީބު އަނބުރާ ޖަލަށް ގެންދިޔައީ ކުރިން ފަރުވާ ދިނުމަށްފަހު ދީފައިވާ ލިޔުމަކަށް ބަލައިގެން ކަމަށާއި، އަދީބަށް އައިޖީއެމްއެޗް އިން ފަރުވާ ދިނުމަށްފަހު ގޭބަންދަށް ދޫކުރުމުގެ ގޮތުން ޑޮކްޓަރު ދީފައިވާ ލިޔުމުގައި ހަ ހަފްތާ ނުވަތަ ހަތް ހަފްތާ ގޭ ބަންދުގައި ބަހައްޓައިގެން ފަރުވާ ދިން ނަމަވެސް، ލިޔުމުގައި ވާ މުއްދަތަށް ވުރެ އިތުރަށް އަދީބް ގޭގައި ބަހައްޓައިގެން ފަރުވާ ދޭން ޖެހިދާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"ފަހުން ދިން ލިޔުމުގައި 6 ނުވަތަ 7 ހަފްތާ ގެ މުއްދަތު ދީފައިވީ ނަމަވެސް އެ ލިޔުމުގައި ވަނީ މި ދެންނެވި މުއްދަތު ހަމަވިޔަސް އަދީބް ގޭގައި ބަހައްޓައިގެން ފަރުވާ ދޭން ޖެހިދާނެ ކަމަށް، އަދީބް ގޭ ބަންދުގެ މުއްދަތު ހަމަވެއްޖެ ކަމަށް ބުނެ އެ ބުނާ ލިޔުމަކީ މީގެ ކުރިން ދީފައިވާ ލިޔުމެއް،" ޔާމީން ވިދާޅުވި އެވެ.

އަދީބުއަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު, އޭނާގެ މީހާރުގެ ހާލަތާ ބެހޭގޮތުން އެމްޓީޑީ އިން ބުނީ، ޑޮކްޓަރު ދީފައިވާ ލިޔުންތަކަށް ބަލާލާއިރު އަދީބު ގަދަ ހުމެއް ޖެހި ހޮނޑު ލެވުމުގެ އިތުރުން ކުޑަ ކަމުދާ އިރު ލޭ އަންނަ ކަމަށް ޑޮކްޓަރުގެ ލިޔުމުން އެގޭ ކަމަށެވެ. އަދި އަދީބުގެ ލޭގެ ޕްރެޝަރު ވަރަށް މަތިކަމަށްވެސް އެމްޓީޑީއިން ބުނެއެވެ.

އެމްޓީޑީއިން ވަނީ އަދީބަށް ދޭން ޖެހޭ ސިއްހީ ފަރުވާ ދިނުމަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ އެކަން ރަނގަޅު ކުރުމަށް ގޮވާލާފަ އެވެ. އަދި ފަހުން ޑޮކްޓަރު ދީފައިވާ ލިޔުމަށް އަމަލުކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން ގޭގައި ބަހަށްޓައިހެން އަދީބަށް ފަރުވާ ފުރިހަމަ ކުރެވޭނެ ގޮތް ހަދައިދިނުމަށްވެސް އެމްޓީޑީއިން ވަނީ ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކިނބޫ

    ފައްކާ އިނގޭ، ޖަލަށް ހަމަގެންދިޔާ ނުޖެހޭ ބައްޔެއްނެތް، ނުވާކަށް ގޮތެއްނެތް

  2. ޕޮފުބާ

    ތީ ވަގުންނަށް ވަކާލާތުކޮއްދެން އުފެއްދި ޕާޓީއެއްތަ ބޮޑުހިޔާނާތުގެ ވާހަކަ ނުދައްކާ ވަގުން ސަލާމަތްކުރާވާހަކަ ތިދައށްކަނީ

  3. އަބްދުއްލާ

    އަދީބު ޖަލަށް ގެންދިޔަ މައްސަލައިގައި ހޯމް މިނިސްޓަރު ހެއްދެވީ އިތުރުފުޅު- އެމްޓީޑީ

    ތިއީ ވަރަށް ވައްތަރު ވައްތަރު ކަރުދާސް ގެންގުޅުއްވާ ހޯމް މިނިސްޓަރެއް.

    އަނެއްކާ އަދީބޭތިކިޔާ ހައިވާނު ބައްޔޭކިޔައިގެން ތެޅިބާލަނީ ދޮގަކަށް ނުވާނެބާ؟

    މިވެސް ހަމައުފައްދާލަން ރަނގަޅު ސުވާލެކޭ؟

  4. ޝޭޭޙޫ

    ދިވެހި ރައްޖޭގެ ޖަލުތަކަކީ ސިޔާސީ މީހުންނަށް ބަލިޖައްސާ ފެކްޓްރީއެއް މިނުރައްކާތެރި ތަން ނައްތާލުމަސް ރައީސް އަށް ގޮވާލަން އަދި މިތަނަކީ އެހެން މައްސަލްތަކުގައި ޖަލައްލެވޭ މީހުންނަށް އެއީ ރަން ބަގީޔާ އެއފަދަތަނެއް.

  5. ބެއްޔާ

    ކަލޭ ހާދަވަރަކަށް މިހާރު އަދީބުވެގަނެގެން ތިއުޅެނީ. ކިހާވަރެއް ލިބިގެންބާ... ބަލަ ތިއަދީބަކީ ރައްޔިތުންގެ ގިނަ ފައިސާއަށް ޚިޔާނާތްތެރވި މީހެކޭ. ދެފަޅީގެ ބޮޑުންނަށް ފައިސާ ބޯކޮށް ލިބުނެއްކަމަކު ތީ ވަރަށް ގިނަ ރައްޔިތުންގެ ޙައްގެކޭ. އެދުވަހުން ލޭ އެބައާދޭ ހުމޭ ހޮޑުލެވެނީ ކިޔާކަށް ފުރުސަތެއް ނެތޭ.

  6. ބަކުރުބެ

    އަދީބު އަކީ އަލިފެއް، އަލިފު އަޑުން އަދީބު، އުމުރުދުވަހު ޖަލުގަ އޮވެލާ، މިހާރު 24 ގަޑިއިރު ލިބޭ، ރަގަޅައް މިކްސް ވަންދެން .......ވޭނެ،

  7. ނޫރާ

    ހެލްތު މިނިސްޓަރު ފޮނިއަނގަ އަމީނު ގާތު ކޮންމެވެސް ކުއްޖެއް ބުނެދީބަލަ ޖަލުތަކުގަ ބަލި ޖައްސާ އެއްޗެއް އުޅޭތޯ ބަލަން ލެބޯޓަރީ އެއް ހަދަން

  8. ޙައްވަ

    ކުރިޓިކަލް ގަ އޮއްވާ ޕާޓީއަށް ސޮއިކުރީވެސް. ލަވަ ކިޔާ ޅެންހަދާ މިހުރިހާކަމެއްކޮށްފަ މިޙާރު މޯ ކުރިޓިކަލް. ތިޕާޓީގަ ތިބީ ލޮލުގަ ???އެޅިގެން އުޅޭމީހުން

  9. ހަސްންބެ

    ހޯމް މިނިސްޓަރ އަކީ ޝައިޚެއް އިތުރުފުޅެއް
    ނަހައްދްވާނެ.
    ފާޑެއްގެ ގަދައަޑެއް ނެރުއްވައި ހަޅޭލާއިރު ގޮވޭ ނުގޮވޭ ނޭނގެނީ؛

  10. ދދދދދ

    ދެން އެހެންވިއްޔާ ބުނެބަލަ ދުނިޔޭގަ ހުރި އެންމެ ބޮޑު ވަގަކީ އެއީއެއް ނޫންތަ؟

  11. ޤައުމު

    ޔާމީނޫ މިއަދު އަދީބު ވެގެން ތި ތެޅުބާލަނީ ކޯޗެއް ކެވިގެންތޯ. މި ނިމި ދިޔަ ވެރިކަމުގަ އަދީބަށް ކުރި އަނިޔާ ހަމަ ނުފެނުނީ ދޯ. ލޮލަށް މިރުސް ފެން އެޅިފަ ތޯ ހުރީ. އަދީބު ވެސް އޭނަގެ ބައިވެރިންނަށްވެސް އަދަބު ދޭންޖެހޭނެ. ބައި އެޅި އެންމެންވެސް އަދީބާއެކު ގޮޅިއަށް ދާންޖެހޭނެ.

  12. ޤާޒީ

    ޑޮކްޓަރުން ކުރަން ޖެހޭ ކަމަކީ ބަލި މީހުންނަށް ބޭސް ފަރުވާ ދިނުން. ގާޒީން ގެ މަސައްކަތަކީ ޝަރުއީ ހުކުމް ކަނޑައެޅުން. ކަރެކްޝަން ޖަލު ހުކުމް ތަންފީޒު ކުރުން. ފުލުހުން ގެ މަސައްކަތަކީ ތުހުމަތު ކުރެވޭ މީހުންގެ މައްޗށް ތަހުގީގު ކުރުން. ރައީސް ގައުމު ހިންގުން. މަސައްކަތު މީހުން ، ކުނިކެހުން ފޮޅާ ސާފުކުރުން ފަދަ ކަންކަން. މި ގައުމުގެ ކުނިކަހާ މީހާ ވެރިކަން ހިންގާ ނުވަތަ ބަލި މީހުނަށް ބޭސް ސިޓީ ލިޔަން ޖެހިގެން މިއުޅެނީ ކީއްވެ. ނުވަތަ ރައީސް ނިކުމެ ކުނިކަހާ ޑޮކްޓަރު ނިކުމެ ހުކުން ކަނޑައަޅާ ތަންފީޒު ކުރަން މިއުޅެނީ ކީއްވެ. ކޮބާތަ ސްކޯޕް އޮފް ޕްރެކްޓިސް. މީތަ ޖަޒީރާ ސްޓައިލް އަކީ؟

  13. ހިމާރުލް ޤައުމު

    ތިޔަ ވާހަކަ ދައްކަވަނީ އެމް އެމް އާރު ޕީ ސީ ވަގަށް ނަގާފައިވާ ފައިސާ

  14. ސަޓޯ

    "ހޯމްލީ އެންވާރްމެންޓް" ހަދަން ދެން އަދީބުގެ މުޅި އާއިލާ ގޮޅިއައް ބަދަލުވާންވީނު

  15. އަލީ

    ހޯމް މިނިސްޓަރ 2015 މޭ މަހު އެއްވަނަ ދުވަހު އަފްރާޝީމް މަރާލި ހެކި ހުރި ކަމަށް ކަރުދާސް ތަކެއް ދައްކާފައި މުޅިރާއްޖޭގެ އެންމެނަށް އަޑު އިވޭ ވަރަށް ގޮވި މިހިރީ ހެއްކޭ އެވާހަކަ ދެން އޮންނަ ނޫސް ކޮންފަރެންސް އެއްގައި ނޫސް ވެރިއަކު ސުވާލު ކޮށްލަ ބައްލަވަ މިހާރު ކޮމިޝަނުން ވެސް އެހެކި މިނިސްޓަރު އަތުން ހޯދާން ޖެހޭ ނޫންތޯ . ޔާމީން ކުރި ކަމަކޭ ބުނި އެދުވަހު

  16. ސޮއްބެ މާލެ

    ބޭސްފަރުވާ ކުރާކައް "ހޯމްލީ އެންވާރްމެންޓް" އެއްގައި ހުންނާކައް ނުޖެހޭ ބަލިވީމަ ގޮޅިން ނެރެގެން ގޮސް ޑޮކްޓަރަށް ދައްކާނީ. ދެންް އަދީބު ގޮޅީގަ އޮންނަން ޖެހޭތީ ބޯގޮވަންޏާ އެއީކީ މައްސަލައެއް ނޫން... ގޮޅި ހަދާފަ އޮންނަނީ އެބޭނުމަށް. ގޮޅިއައްލާ އެންމެން ބޯގޮވާތީ ގެއައްބަދަލްކުރަންޏާ ދެން ނެތެއްނު ސަލާމަތެއްދޯ

  17. ނުރަބޯ

    ވަގުންގެވަގު، ގާތިލުންގެގާތިލު، ރޯބުހުތާން ދޮގުހަދައިގެން މީހަކު ފްރޭމްކޮށް އޭނާއަށް ނުހައްގުން އަދަބުދިން ބޮޑު ކުށްވެރިޔަކު ޖަލުގައި ހޯމްލީ އެންވައިރަމެންޓެއްގައި ކޮންމެހެން ބަހައްޓާކަށް ނުޖެހޭނެ.

  18. އަޙްމަދު

    ރައްޔިތުން މިތިބީ މާބޮޑަށް ވެސް ސްޓަރަސްކޮށް އަދީބް ނިގިކަމަށް ބުނާ ލާރިކޮޅު ނުލިބިގެން. އެންމެ މީހެއްގެ ސްޓަސްރަސް ފިލުވުމަށް ވުރެ އެތަށް ލައްކަ މީހުގެ ސްޓެރެސް ފިލުވުމުގެ ވާހަކަ ދާކައްނާމަ މާރަނގަޅު. ޔާމީނުއެވެ އަދީބު އަތުން އެލާރި ހޯދާދީ އާދޭސް ދަންނަވަން!

  19. ގަބުކުއްޖާ

    މިމީހުން މިއަދު އަނގަ ހުޅުވާއިގެން ވާހަދައްކަނީ މިމީހުންގެ ލަދު ހަޔާތް ކޮބާ؟ހިތަށް އަރާ މީޑިޔާ ތަކަށް އަރާ ވާހަކަ ދައްކަން ކެރޭކަން