ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާ" އާއި ހުޅުމާލޭގައި ހުންނަ "ފިޔަވަތި"، "އަމާން ހިޔާ" އަދި އަތޮޅުތަކުގައި ޤާއިމް ކޮށްފައި ހުރި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް ހިންގުން، ސީދާ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށަށް ބަދަލުކޮށްފިއެވެ.

މީގެކުރިން މި ތަންތަން ހިންގަމުން އައީ، ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުން އައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ދަށުންނެވެ.

އެހެންނަމަވެސް، މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މި ތަންތަން ހިނގަމުންދާނީ އެންސްޕާގެ ބެލުމެއް ނެތި، ސީދާ ޖެންޑަރ މިނިސްޓްރީގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވިދާޅުވި ގޮތުގައި މި ގޮތަށް ބަދަލުތައް ގެންނަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ އެދިވަޑައިގެންނެވުމުގެ މަތިންނެވެ.