މާފުށީ ޖަލުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ ޖަލުގައި މާރާމާރީ ހިންގި މައްސަލަ، މިއަދު އިރުއޮއްސި ހައެއް ޖަހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމުގައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ޖަލުގައި މާރާމާރީއެއް ހިނގި ކަމުގެ ރިޕޯޓު ލިބުމުން ފުލުހުން އެކަން ބަލަމުން އަންނަކަމުގައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މާރާމާރީގައި ދެ ގައިދީއަކު ޒަޚަމްވެފައިވެއެވެ. އެގޮތުން، އެކެއްގެ މޭމައްޗަށް ވަޅިއަކުން ހަމަލާ ދީ ޒަހަމް ކޮށްލާފައިވެއެވެ. އަނެއް ގައިދީއަށް ހަމަލާ ދީފައިވަނީ ކަޓަރެއް ބޭނުންކޮށްގެންނެވެ. އަދި މާރާމާރީ ހިންގާފައިވަނީ ޖަލުގެ ޔުނިޓު ހައެއްގައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެހެންނަމަވެސް، ދެ ގައިދީންނަށް ލިބުނުތަކުގެ މައުލޫމާތު އެއްވެސް ރަސްމީ ފަރާތަކުން ކަށަވަރު ކޮށްދީފައި ނުވެއެވެ.

މީގެކުރިންވެސް، މާފުށީ ޖަލުގައި މިފަދަ ކަންކަން ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖިންނި

    ކޮބާ އެމީހުންގެ ވަނަވަރު ! އާތް ހިމާޔަތް ކޮށްފަ ތިބި ބައެއް ހިއުމަން ރައިޓްސް ވެފަ

  2. ޖަލު

    ޢެމީހުން ކިހިނެއް ހޯދި ވަޅިއަކާއި ކަޓަރެއްބާ ؟ މިކަންކަން އެބަޖެހޭ ހަރުދަނާކޮށް ބެލެން .... މިފަދަ ނުރައްކާތެރި މީހުންގެ ޙައްޤުގެއްލިގެން އަބަދު އުޅޭނެ ޙިޔުމަން ރައިޓްސް ކޮމިޝަންގެ މީހުން

  3. Miadhu

    ކޮބާއިބޫހީވޭތަ ކަމެއްހެން މިއީ މިސަރުކާރުން ޖަލުތައް ނުބެލެހެއްޓޭތީ ހިނގާކަންތޢް މިމައްސަލަ ބަލަން ކޮމިސަނެއް އުފައްދަން ފެނޭ

  4. އަބްދުއްލާ

    ހޯމްމިނިސްޓަރ މިމަގާމަށް ކުފޫހަމަވޭތަ؟

    މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނައަދަދެއްގެ ސާމާނާއެކު ބަޔަކު

    ހައްޔަރުކޮށްފި

    ގައިދީ އަށް އަނިޔާކުރީ ޖަލު އޮފިސަރުން، ދެފަހަރު ހޭނެތެންދެން އަނިޔާކުރި –

    އާއިލާ

    އެންމެ ބޮޑު ކަންބޮޑުވުމަކީ ޖަލުތަކުގައި ޤައިދީން މަރުވުން - ޖަލު ކޮމިޝަން

  5. ނިކަމެތި

    ޖަލުގަވެސް އަމާންކަންދީފަ އޮންނަން ޖެހޭނެނު ޖަލަށް ލިޔަސް އިންސާނުން ހަމަ އެވެސް

  6. ކަލޯގަޔާ

    ކިހެނެއް ތޫނު ހަތިޔާރު ގޮޅި އައް ވެއްދީ

  7. މަންޒަރު މުހަމަދހު

    ކިހިނެއް ޖަލައް ހަތިޔާރު އެތެރެ ކުރީ އަޖަިބެއް!