1 ފެބްރުއަރީ 2012 ގެ ފަހުން، ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅާފައިވާ ފަރާތްތަކާއި، ޙުކުމްތައް ކުރެވި އެ ޙުކުމްތައް ތަންފީޛުކުރަމުންދާ ފަރާތްތަކުން، ޝަކުވާ ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވައިލެއްވި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެގޮތުން، އެކަމަށް ޚާއްޞަ ކޮމިޓީއެއް ވަނީ އުފައްދަވާފައެވެ.

ކުރިން ރައީސް އޮފީހުން ކުރި އިއުލާނުގައި ވިދާޅުވެފައިވާގޮތުން ރައީސް އޮފީހުން ހުޅުވާލި އެ ފުރުސަތު މިއަދަށް ހަމަވެއެވެ. 30 ދުވަހުގެ މުއްދަތަށް ހުޅުވާލި އެ ފުރުސަތުގެ މުއްދަތު މިއަދަށް ހަމަވިއިރު، ރައީސް އޮފީހުން ވިދާޅުވީ، އެ މުއްދަތު އިތުރު ކުރުމަށް ނިންމެވީ، އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުން އަންނާތީ ކަމަށެވެ. އަދި މިހާރު އެ މުއްދަތު ހަމަވާނީ މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށެވެ.

ސިޔާސީ ބޭނުމަކަށްޓައި ހައްޔަރު ކޮށްފައިވާ ފަރާތްތައް މިނިވަން ކުރުމަށް ކޮމިޓީ އެއް އުފައްދަވާ، އެކޮމިޓީގެ މަސައްކަތްތައްވަނީ ފައްޓަވާފައެވެ.

މީގެއިތުރުންވެސް، ސިޔާސީ ސަބަބެއްގެ ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން، ރައީސް އޮފީހަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިމީހުން ހިތްހަމަޖެހޭ ވަރަށް ގިނަޝަކުވާތަކެއް ނުލިބެނީ ދޮތަ؟؟ ޝަކުވާ ހުޝަހެޅުމުގެ މުއްދަގު 5 އަހަރަށް ދަންމާލަން ފެންނަނީ