ޅ.އަތޮޅު ނައިފަރު
ޅ.އަތޮޅު ނައިފަރު

ޒިނޭ ކުރި ދިވެއްސަކު ރަޖަމު ކުރަން ހުކުމް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒިނޭކުރިކަން ސާބިތުވީ މީހަކު ރަޖަމު ކުރަން ޙުކުމް ކޮށްފައިވަނީ ޅ. ނައިފަރުގައެވެ.

އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން، ޒިނޭ ކުރިކަން ސާބިތުވާ މުހުސަނެއްގެ މައްޗަށް އޮންނަ ޙުކުމަކީ ރަޖަމު ކުރުމެވެ. އެހެންކަމުން، ޤާނޫނުލް އުޤޫބާތާ އެއްގޮތްވާ ގޮތުގެ މަތީން، ހުރިހާ މަރުހަލާތަކެއް ފުރިހަމަވުމުން މި ޙުކުމް ތަންފީޛު ކުރުމަށް ޤާނޫނީ ހުރަހެއް ނޯންނާނެއެވެ. އަދި މީހަކު ރަޖަމް ކުރަން ޙުކުމް ކުރަން ޤާނޫނީ ގޮތުން ހުރަހެއް ވެސް ނެތެވެ.

ރަޖަމުގެ ޙުކުމް ކޮށްފައިވީނަމަވެސް، އެޙުކުމް ކޮށްފައިވަނީ ކާކުގެ މައްޗަށްކަން އެނގިފައި ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނައިފަރު މެޖިސްޓްރޭޓް ކޯޓުން މި ޙުކުމް ކޮށްފައިވަނީ، މިޞްރުން ކިޔަވާ ވިދާޅުވެގެން ހުންނެވި ގާޒީއެކެވެ. އޭނާގެ ނަމަކީ ޝައިޚް މުޙައްމަދު މޫސާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ނައިފަރު މެޖިސްޓްރޭޓް ކޯޓުން މި މީހާގެ މައްޗަށް ރަޖަމުގެ ޙުކުމް އިއްވާފައިވީނަމަވެސް، އެކަން ތަންފީޛު ކުރެވޭނީ އިސްތިއުނާފުގެ މަރުހަލާގައިވެސް، މަތީ ކޯޓުތަކުން، ދަށު ކޯޓުގެ ޙުކުމް ދެމެހެއްޓުމުންނެވެ.

މީގެކުރިންވެސް ވަނީ ރާއްޖޭގެ ރަށެއްގައި ޒިނޭކުރިކަން ސާބިތުވީ މީހެއްގެ މައްޗަށް ރަޖަމު ކުރަން ޙުކުމް ކޮށްފައެވެ. އެހެންނަމަވެސް، ފަހުން ސުޕްރީމް ކޯޓުން ވަނީ ޙުކުމް ބާޠިލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

78 ކޮމެންޓް

  1. ރަނގަޅު ފާލެއް

  2. ޖަޒީރާ ރާއްޖޭގައި ތިކަހަލަ ހުކުމްތައް އަޅާނީ ޑަސްބިނަށް.

    • ޖަޒީރާ ރާއްޖޭގައި މިފަދަ އިސްލާމީ ޝަރީއަތާއި އެއްގޮތަށް ހުކުމެއް ކުރެއްވުމުން މޭގަނޑު ކަރައިގަތީތޯ..؟ ކުރީގަ ތިޔަބޭފުޅުން ހިތްޕުޅާވާ ސަރުކާރުން އެފަދަ ހުކުމެއް ކުތރވިފައި ނެތުމުން ދެރަފުޅުވީ ދެއްތޯ...؟ ހަޖަމުގެ ބައި ރަނގަޅު ކޮށްލެއްވީމަ އޯކޭވާނެ.. މަ ޕީސް...

      • ކަލޭ ތިހެން ބުންޔަސް މި ދަރަނި ބޯ ސަރުކާރަށް އެއްކަމެއްވެސް ނުވާނެ

      • ކަލޭދޯ ތިއުޅެނީ ހަޖަމު ނުބައިވެގެން އަނގަޔަށް ރެވިތެޔޮ އެޅިގެން. ހާދަވަރެއް ވަފައޭދޯ ތިހިރީ.

      • ސަރުކާރުން ތިހުކުމް ތަންފީޒު ކުރާނެ ހެން ހީވަންޏާ ތީ މޮޔައެއް. ފުރަތަމަ ވެރިކަމަށް އަރާ ވެސް ބުނީ މަރުގެ ހުކުމް ތަންފީޒެއް ނުކުރާނަމޭ. ތީ އިސްލާމްދީނަށް ފުރައްސާރަ ކުރާ ގްރޫޕެއްނު.

  3. ގުރުވާނުގައި އޮވޭތަ ރަޖަމުގެ ހުކުމެއް؟

    • ޤުރުއާނާ ސުންނަތުގަ އޮތީ ކީކޭކަން ނޭނގޭ އިލްމެއް ނުލިބިވާ ޖާހިލުންވެސް އެ ދަސްކޮށްބަލަ އޮވޭހޭ ނާހާ

      • އެފަދަ މީހުންގެ އެފަދަ ބަސްތަކުގެ ސަބަބުން އެގެނީ ރަންތިރީސްއަހަރު ގައުމުގެ ސްކޫލް ތަކުގައި ދަރިވަރުން ތަރުބިއްޔަތުވެގެން ދިޔައީ ލާދީނީ ފިކުރުގެ މައްޗައް ކަމެވެ.

    • ގުރުވާނެއް ނޫން މިހިރަ ލާދީނީ
      ޤްރުޢާން
      އެމާތް ފޮތުގެ ނަންވެސް ނޭގޭ

      • އެބުނާހެން ފުރަތަމަ ރަނގަޅަށް “ قران" މިބަސް ލިޔަން ދަސްކޮށްބަލަ “ ނާބެ” ބުނާހެން

    • ޤުރްއާން ކިޔަވަންވީނު ހުރި ހުރިހާ އެއްޗެއް ބަލަން.

    • އެވަރު ނޭގެން ތީ އިސްލާމެއްތަ؟

    • ގުރުޢާނުގަ އޮވޭތަ ފަރުޟު ފަސްނަމާދުކުރާ ގޮތާ ރަކުވަތްތަކުގެ އަދަދު؟ އޭގެ ތަފްޟީލުތައް އޮންނަނީ ސުންނަތުގަ ހަދީޘްގަ.. ޤުރުޢާންއެކަނި ޤަބޫލުކޮށް ސުންނަތް ދޫކޮށްލުމަކީ މަމެންގެ ކަމެއް ނޫން އެއީ އީމާންކަން ފުރިހަމަ ނުވާ ސެކިއުލަރުން އުޅޭގޮތް

  4. ތިޔަ ޤާޒީއަށް ދެދުނިޔޭގެ ފަލާހާއި ކާމިޔާބު ދެއްވާށި... އާމީން..

  5. ޒިނޭކުރީ އެކަކުތަ

    • ނޫނެކޭ ދަރިޔާ، ހެކި ނުލިބެނީހެއް އިތުރުމީހަކަށް މީހަކަށް ބޭއިންސާފުން ހުކުމެއް ނުކުރެވޭނެ އެއްނުން

      • ޢަމިއްލަޔައް ކުރިކަން އެއްބަސްވީމަވެސް ހެކި ބޭނުންވޭތަ. ލާދީނީ ސަރުކާރުން ތިހުކުމް ބާތިލް ކުރާނެ

    • ވެދާނެ އެއްނުން ދެވަނަ މީހަކީ ޣައިރު މުހްސަނަކަށް

    • މުހުސަނެއްގެ މާނަ ނޭންގޭތަ، އެއީ މީހަކާ އިނދެގެންހުރި މީހުންގެ ހުކުމް ، އަނެއް މީހާ މީހަކާ ނީންނަންޏާ އަންނާނީ ހައްދުގެ ހުކުމް

      ކޮމެންޓްކުރާއިރު ވާނުވާ އެނގިބަލަ

  6. ދުއާ ދެންނެވިފައިވާ ރައީސް ހައްދަވާ ގޮތް ބަލަން ތިބެމާދޯ

  7. ތިކަން ވާނެބާ

  8. ޥަރަށްބަރާބަރު. މިދިވެހިރާއްޖޭގަ ޒިނޭކުރުންއިންތިހާދަރަޖައިގަ މީހުންގެއަނބިން ކައިރިޔައްދިއުންހައްދުންނަށްޓާފަ

  9. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

    އާނިޔާ & ވެލިޒިނީ ވެސް ލިސްޓަށް އިތުރުކުރުމަށް އެންމެހާ މުސްލިނުންގެ ފަރާތުން ގޮވާލަން

    • ތިޔައެންމެންވެސް ހިއްލަތުވެސް އަދި އެތައްބައިވަރެއް އެބައުޅޭ އެއެންމެންވެސް ލިސްޓްކުރެވިދާނެ އެކަމު ވާނެކަމެއް ނޯންނާނެ ދެން ތިބުނީ ޒިނޭ ކުރިކަން ސާބިތުވި ކަމައް އެކަކު އެކަނި ކުރާކަމެއްބާ ޒިނޭ ކުރުމަކީ އަދި ތަންކޮޅެއް ކުރިން ތިގޮތައް ރަޖަމްކުރަން ކުރިހުކުމް ވަނީ ސްޕްރީމްކޯޓުން ބާތިލްވެސް ކޮއްފަ ވީމާ ބަޔަކު މަރައްމަރޭ އަތްކަޑަން ވިއްޔޭ ގޮވިޔަކަސް ތިޔަކަންކަމާބެހޭ މުއައްސިސާތަކުން އެކަންކަމެއް ނުކުރާނެ

  10. ކޮބާކޮބާ ކޯޓުތައް ގޯހޭ ބުނާމީހުން ކޯޓުން ހުކުމް ކޮށްފި ދެންތިބި މަރުހަލާތައް ގިރާކުރުމައްފަހު ނިކަން ހުކުމް ތަންފީޒުކޮށްބަލަ ހޯމް މިނިސްޓަރޫ

  11. ޕަބުޖީ ނަޓްވަރުލާލް

    ޖަޒީރާ ރާއްޖޭގަ ހުކުމް ކުރާނެ އެކަމް އަމަލު ނުކުރާނެ... ވެލެޒިނީ ދަމާނެރޭ ރަޖަމަށް

  12. ޕަބުޖީ ނަޓްވަރުލާލް

    ވެލެޒިނީ މަރަން ހުކުން ކުރާނީ ކިހާތާކުތޯ

    • ކިޔުންތެރިއެއް

      މި ގައުމުގަ ހުރި މައްސަލަތަށް ހައްލުކުރަން ނައިފަރު ކޯޓަށް ފޮނުވަން ފެނޭ

  13. ރަޖަމު ކުރުމަކީކޮބާތަ، ކޮންމެސް ކުއްޖަކު ބުނެދީބަލަ،

  14. ޕަބުޖީ ނަޓްވަރުލާލް

    އާނިޔާ ވެސް ރަޖަމުކުރަން ކޮންމެސް މީހަކު ކޯޓަށް ލާބަލަ

  15. އަޙައްމަދުބެއްޔާ

    ނަމާއިއެކު ޢާއްމުކުރިނަމަ ވަރަށްރަގަޅުވީހެވެ

  16. ތިޔަޙުކުމެއް ތަންފީޒެއްނުވާނެއެވެ. މިތާހުންނަ ދެއުޅި އެއްްނުވާމީހާ އިރުކޮޅަކުން ކޮސްގޮވަންފަށާނެއެވެ.

  17. ނައިފަރު ޗަކޮއި

    ފުރަތަމަ ރަޖަމު ކުރާންވީ ފަޑިޔާރު އަލީ ހަމީދު.. ހުދު ޖަންގިޔާ ލައިގެން ޒީނޭ ކުރި މީހާ.. އޭގެ ފަހު ދެން ތިބި މީހުން.

  18. ކިތައްމީހުންގެޒިނޭއެއްތޯ

    • އަންހެން މީހާ އަމިއްލަ އަށް އެއްބަސްވީ ކަމަށްވެސް ވެދާނެ.. ފިރިހެން މީހާ ނޭނގޭ ކަމަށްވެސް ބުނެދާނެ.. ނޫނީ ޒިނޭ ކުރެވުނު މީހުން ގިނަކަމުން ބަލިވެ އިނީ ކާކަށްކަން ނޭނގޭކަމަށް އަންހެން މީހާ ބުނެފާނެ... ނޫނީ އަންހެން މީހާ ބުނާ ފިރިހެން މީހާ ދެކޮޅު ހަދާފާނެ... މިހުރީ ވެދާނެ ގޮތް ގޮތް...

  19. ތިކަމެއް ނުވާނެއެވެ.

  20. ގާޒީގެ ނަން ޢާއްމުކުރިއިރު ޒިނޭކުރިމީހާގެ ނަން ޢާއްމުނުކުރިކަމީ ވަރަށްދެރަކަމެކެވެ

  21. ނައިފަރު މެޖިސްޓްރޭޓަރަށް އަސަރިބަހާ ސާބަސް

  22. ތާޢީދު! ޔާ ﷲ މިބިމުގަ އިބައިލާހުގެ ހުކުމްތައް ތަންފީޒުކޮށްދެއްވާނދޭވެ!😊

  23. ރާއްޖޭގެ ހުރިހާ އެންމެންވެސް މިސްރުފަދަ ތަންތަނުން އެކަނި ކިޔަވަންވީ. ކާފިރުންގެގާތައްގޮސް އެމީހުންގެ ހެދުންއަޅައިގެން އައިސް ކޮންމެމީހަކު ގައުމު ފަސާދަކުރަނިއްޔޭހަމަ

  24. ޣާޒީއަށް ﷲ ބަރަކާތް ލައްވާށި

  25. އެއްކަލަ ޝަރީފާ ތޯއްޗެއް!!!؟

  26. އޭނަ އެކަނި ޒިނޭކުރީ ކިހިނެއް؟

  27. ޝެލިޓް ކުރަން ޤާޒީއަށް

  28. އިސްލާމީ ދައުލަތް

    ޔަހޫދީން ރުޅި އައިސްދާނެތީވެ ތިކަން ނުކުރާނެ. މި

    ރާއްޖޭގައި ތިބި ގިނަ މީހުން މާތްﷲ އަށް ވުރެ ބޮޑަށް

    ބިރުގަންނަނީ އެމެރިކާ އާއި ޔަހޫދީ އެހެނިހެން ދައުލަތްތައް

    ދެކެ. އެހެން ނޫނަސް، އަންނި ތިކަމާ ގަބޫލެއް ނުވާނެ

    • ސޭޓުގެ އަނބިމީހާގެ ފިރިމީހާ

      ޕާޓޭން ގައިގަ ވެސް ހައްދު ޖަހަން ފަށަންވީ... ހޯމް މިނިސްޓަރު އިމުރާނުގެ ޤާބިލުކަން ނުވަތަ މުނާފިގުކަން މިފަހަރު ހާމަވާނެ...

  29. ކޮބާ ދެންހުރި މީހާ ޒިނޭކުރީ ގަހަކާތަ؟؟

    • “އަހައްމާ” ބަލަ ގަހަކާ ޒިނޭ ނުކުރެވޭނެ ، އެކަމަކު ޖަނަވާރަކާ ޒިނޭ ކުރެވިދާނެ!!

    • ރަޖަމްކުރަން ޖެހެނީ މީހަކާ އިނދެގެން ހުރެ ޒިނޭކުރާ މީހާ . ޒިނޭކުރި ފިރިހެނާ ވެދާނެ މީހަކާ ނީނދެހުރި ފިރިހިނެކަށްވެސް، އެފަދަ ހާލަތުގައި އޭނާގެ މައްޗަށް ޙައްދުގެ ޙުކުމް އަންނާނީ، ރަޖަމެއް ނުކުރެވޭނެ

  30. ސުޓޯނިންގ އޮފް ސުރެއްޔާ

    ވަގުތު ކުދިންނަށް ކުރިން ހުކުމު ކުރިއަހަރު ޖަހާލާކަށް ނުކެރުނުދޯ! އެއީ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރުވީމަދޯ! ހަޖަމު ޕުލީސް! ޕަކާސް

  31. ﷲ އަކްބަރު!!! ﷲ އަކްބަރު!!! ﷲ އަކްބަރު!!!

  32. الحدلله

  33. ނުކިޔަވާ ހުދުބޯ

    މަމެންގެ ގައުމުގާއި ތިޔާ ހުކުމް ތަންފީޛު ކުރުމަށްވުރެ ނުކުރުން ގާތީ. އިސާހިތަކު ތިކަމުން ބޯދަމާއި ގަންނާނެ ގޮތާއި ދިގުުދަންމާލެވޭނެ ގޮތުގެ ފަތުވާތައް ދިމަދިމާލުން އަންނަން ފަށާނެ އަދި ދެންއޮތް މަރުހަލާތަކުން ތީތި ފޭލްވުމަކީވެސް ވަރަށް ގާތްކަމެއް. ﷲގެ ހުކުމް ފުޅުމި ލޮބުވެތި ވަތަންގައި ތަންފީޛު ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގާއި އެބަހުރިން. ޝައިޚް މުޙައްމަދު މޫސާ އަށް ދެދުނިޔޭގެ ބާއްޖަވެރިކަމާ ސާބިތުކަން މިންވަރު ކުރައްވާފާދޭވެ އާމީން. ވާގޮތެއްބަލަން ތިބެމާހިގާ

  34. ގޮޅާ އާރު އެމް (މައުމޫން)

    އިމުރާނުގެ ދީން ވެރިކަން ފެނިގެންދާނެ ހަރަކާތަކަށް މިކަން ވާނެ އިންޝާﷲ... ބުރުގާ ނާޅާ މީހުންވެސް ޖޫރިމަނާކުރަންވީ.. އެއީ ޒިނޭގެ ފުރަތަމަ އެއްދޮރު... އެކަމަކު ޒިނޭގަ ދެމިތިބި ކުދިން މިކަމުގަ ވވވ ހިތަވަރުކޮށްލާފަ ހަޖަމް ޕުލީސް

  35. އިންސާނީ ހައްގުތަކާ ހިލާފުކަމެއް

    • އިންސާނާ ހައްގުގެ ވާހަކަ ދައްކާއިރު އިންސާނާ ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން އަންގަވާފާ ވަނިކޮށް އެ އާޚިލާފު ވީމަ އެކަމަށް ހުކުމް އަންނާންނޫނތޯ.. ﷲ ގެ ހުކުމްފުޅު ނޫންތޯ މުހިންމުވާނީ. އެއްޗެއްވިސްނައިގެން އައިސް ކޮމެންޓު ކޮއްބެ މި ކިހާބޮޑު ބަލާއެއް އައި..

    • އިންސާނީ ހައްޤުތައް ކަނޑައަޅުއްވާނީ އިންސާނާ ޚަލްޤުކުރެއްވި ފަރާތުން އެކަނި! އެފަރާތުގެ ޙުކުމާ ޚިލާފު ޙުކުމަކީ އިންސާނީ ހައްޤެއްކަމަކަށް ނެހެދޭނެ!

  36. ތިޔަވާނީ ޔާމިންލާފަ ހުރި ގާޒީއަކަށް

  37. ހަބޭސްގޮއްވުން

    ވަރަށް ތާއީދު ތިކަމަތް.. އެކަމް ހުރިހާ ކަމެއްވެސް

    އޮންނަނީ ކޮރައްޕްޓު ވެފަ....

  38. މިސްރުން ކިޔެވުނީމާ ފެންވރު އޮޅުނީ. ޤާޒީގެ ގަމާރުކަމާއެވެ.

    • އުޑެއްބުޑެއް ވަކިނުވާ ބޯބުރާންޗާ! ގާޒީ ކަނޑައެޅީ އޭނާގެ އަމިއްލަ ޙުކުމެއްނޫން! އެއީ ހަތް އުޑުމަތިން ބާވާލެވިގެންވާ ޙުކުމެއް!

  39. މާދަމާ މަތީ ކޯޓު ތަކުން ޙުކުމް އިއްވާނެ ދަޢުވާ ލިބޭމީހާ ކޯޓަށް ޙާޟިރު ކުރީ ޤަވާޢިދާ ޚިލާފަށް ކަމަށް. އެހެންވީމާ އެ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް!

  40. ސިޔާސީ ސްޓަންޓަކާ ބޮޑައް ވައްތަރީ. މިރާއްޖެއަކީ ޒިނޭގެ ހާއްޔެއް. ޢަދި އަންހެނާއަށް ޒިނޭ ސިއްރުކޮށްފަ ތައުބާވުންވެސް އޮއްވާމެ އިއުތިރާފްވެ އަދަބަށް ހުށަހެޅުމުގެ ބޭނުމަކީ މިހާރު ކަންވަމުންދާ ގޮތަށް ބަލާއިރު ސަރުކާރަށް ޕްރެޝަރ ކުރުމުގެ ބޭނުމުގަ ކަމަށް ލަފާކުރެވޭ. ކޮމެންޓުކުރާ ކުދިން ކޮޅު ގޯންޏަކަށް ހިލަ އަޅައިގެން ރެޑިވޭ އަވަހަށް އެ އަންހެނާ މަރާލުމަށްޓަކާ.

  41. ސްޕްރީމް ކޯޓެއްނު ޖެހޭނީ ލާރިކޮޅެއް އަޅާލަން.

  42. ވައްކަމުގެ މައްސަލައެއް ސާބިތު ކުރެވޭވަރުގެ ހެކި ހުރެއްޖެ ނަމަ ޔާމީންގެ އަތްފައި ކަނޑާ ހުސްކުރާވަރު ވާނެތަ. ވަރަށް ބޮޑު އުންމީދަކަށް ވާނެ ރައްޔިތުންނަށް އެކަހަލަ ހުކުމްތައް ތަންފީޒު ވެގެން އަންނަތަން ފެނުނީމާ. ކުއްވެރިން ކުށާ ދުރަށްޖެހި މިސްކިތްތަކަށް ވަންނާނެ ގިނައިން

  43. ޒިނޭކޮށްގެން މީހުން ރަޖަމް ކުރަން ދިވެިހިން މިހާ ސަޕޯޓް ކުރާ ސަބަބު ހޯދަން ޖެހޭ. ރާއްޖޭގާ ރަޖަމް ކުރަން ނުޖހޭނެ މީހަކު މަދުވާނެ. އަދި އަމިއްލައަށް ތިމާވެސް ރަޖަމް ކުރަން ޖޭހޭކަން އެނގޭ މީހުންވެސް އެހެން މީހަކު ރަޖަމް ކުރަން ބޭނުންވުމަކީ އާއްމު އިންސާނުންގެ ވިސްނުމުން ބޭރު ވެވެނީ

  44. އިސްލާމީ ސަރީޢަތޭ ރަޖަމޭ ކިޔައިގެން ވާހަކަ ދައްކާއިރު މިތާކޮމެންޓުކުރާމީހުން ހީވަނީ އެއްވެސް ފާފައެއްނުކޮށްތިބި ސާފު މާތް ބައެއްހެން! އެކަނބުލޭގެ ރަޖަމުކުރަންޖެހޭނީ ދުވަހަކުވެސް ޒިނޭނުކުރާބަޔަކު، އެބަޔަކު މިމާތް ފަސްގަނޑަކުނެތް! ފޯރި އަރުވައަރުވާފަ ރަޖަމޭ މިކިޔަނީ، ފުރަތަމަ ރަޖަމުކުރުން އިނގޭތަ؟ އެއީ ހުސްބިމެއްގަ އުނަގަނޑުންތިރި ވަޅުލާފަ ގިނަބަޔަކުވެގެން އޮއްގަލުންތަޅާ ކުދިއަނިޔާކޮށް މެރުން!

  45. މި ޒިނޭ އެއްކޮން ހުއްޓުވަންވީ މި ރާއްޖޭގަ. އިންޝާﷲ

  46. ޙުރިހާ ދިވެހިން ގާތްގަޑަކަށް ރަޖަމް ކުރަންޖެހޭނެ!