ޒިނޭ ކުރި ދިވެއްސަކު ރަޖަމު ކުރަން ހުކުމް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒިނޭކުރިކަން ސާބިތުވީ މީހަކު ރަޖަމު ކުރަން ޙުކުމް ކޮށްފައިވަނީ ޅ. ނައިފަރުގައެވެ.

އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން، ޒިނޭ ކުރިކަން ސާބިތުވާ މުހުސަނެއްގެ މައްޗަށް އޮންނަ ޙުކުމަކީ ރަޖަމު ކުރުމެވެ. އެހެންކަމުން، ޤާނޫނުލް އުޤޫބާތާ އެއްގޮތްވާ ގޮތުގެ މަތީން، ހުރިހާ މަރުހަލާތަކެއް ފުރިހަމަވުމުން މި ޙުކުމް ތަންފީޛު ކުރުމަށް ޤާނޫނީ ހުރަހެއް ނޯންނާނެއެވެ. އަދި މީހަކު ރަޖަމް ކުރަން ޙުކުމް ކުރަން ޤާނޫނީ ގޮތުން ހުރަހެއް ވެސް ނެތެވެ.

ރަޖަމުގެ ޙުކުމް ކޮށްފައިވީނަމަވެސް، އެޙުކުމް ކޮށްފައިވަނީ ކާކުގެ މައްޗަށްކަން އެނގިފައި ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނައިފަރު މެޖިސްޓްރޭޓް ކޯޓުން މި ޙުކުމް ކޮށްފައިވަނީ، މިޞްރުން ކިޔަވާ ވިދާޅުވެގެން ހުންނެވި ގާޒީއެކެވެ. އޭނާގެ ނަމަކީ ޝައިޚް މުޙައްމަދު މޫސާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ނައިފަރު މެޖިސްޓްރޭޓް ކޯޓުން މި މީހާގެ މައްޗަށް ރަޖަމުގެ ޙުކުމް އިއްވާފައިވީނަމަވެސް، އެކަން ތަންފީޛު ކުރެވޭނީ އިސްތިއުނާފުގެ މަރުހަލާގައިވެސް، މަތީ ކޯޓުތަކުން، ދަށު ކޯޓުގެ ޙުކުމް ދެމެހެއްޓުމުންނެވެ.

މީގެކުރިންވެސް ވަނީ ރާއްޖޭގެ ރަށެއްގައި ޒިނޭކުރިކަން ސާބިތުވީ މީހެއްގެ މައްޗަށް ރަޖަމު ކުރަން ޙުކުމް ކޮށްފައެވެ. އެހެންނަމަވެސް، ފަހުން ސުޕްރީމް ކޯޓުން ވަނީ ޙުކުމް ބާޠިލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

80 ކޮމެންޓް

  1. ޙދ

    ރަނގަޅު ފާލެއް

  2. ރާއްޖެ

    ޖަޒީރާ ރާއްޖޭގައި ތިކަހަލަ ހުކުމްތައް އަޅާނީ ޑަސްބިނަށް.

    • ނަނަ

      ޖަޒީރާ ރާއްޖޭގައި މިފަދަ އިސްލާމީ ޝަރީއަތާއި އެއްގޮތަށް ހުކުމެއް ކުރެއްވުމުން މޭގަނޑު ކަރައިގަތީތޯ..؟ ކުރީގަ ތިޔަބޭފުޅުން ހިތްޕުޅާވާ ސަރުކާރުން އެފަދަ ހުކުމެއް ކުތރވިފައި ނެތުމުން ދެރަފުޅުވީ ދެއްތޯ...؟ ހަޖަމުގެ ބައި ރަނގަޅު ކޮށްލެއްވީމަ އޯކޭވާނެ.. މަ ޕީސް...

      2
      1
      • ޗ

        ކަލޭ ތިހެން ބުންޔަސް މި ދަރަނި ބޯ ސަރުކާރަށް އެއްކަމެއްވެސް ނުވާނެ

        5
        1
      • ލަތީފު

        ކަލޭދޯ ތިއުޅެނީ ހަޖަމު ނުބައިވެގެން އަނގަޔަށް ރެވިތެޔޮ އެޅިގެން. ހާދަވަރެއް ވަފައޭދޯ ތިހިރީ.

        2
        2
      • Anonymous

        ސަރުކާރުން ތިހުކުމް ތަންފީޒު ކުރާނެ ހެން ހީވަންޏާ ތީ މޮޔައެއް. ފުރަތަމަ ވެރިކަމަށް އަރާ ވެސް ބުނީ މަރުގެ ހުކުމް ތަންފީޒެއް ނުކުރާނަމޭ. ތީ އިސްލާމްދީނަށް ފުރައްސާރަ ކުރާ ގްރޫޕެއްނު.

        7
        1
  3. ކަޅުބޯ

    ގުރުވާނުގައި އޮވޭތަ ރަޖަމުގެ ހުކުމެއް؟

    1
    5
    • Anonymous

      ޤުރުއާނާ ސުންނަތުގަ އޮތީ ކީކޭކަން ނޭނގޭ އިލްމެއް ނުލިބިވާ ޖާހިލުންވެސް އެ ދަސްކޮށްބަލަ އޮވޭހޭ ނާހާ

      • ގަމާރޭ

        އެފަދަ މީހުންގެ އެފަދަ ބަސްތަކުގެ ސަބަބުން އެގެނީ ރަންތިރީސްއަހަރު ގައުމުގެ ސްކޫލް ތަކުގައި ދަރިވަރުން ތަރުބިއްޔަތުވެގެން ދިޔައީ ލާދީނީ ފިކުރުގެ މައްޗައް ކަމެވެ.

        3
        1
    • ނާބެ

      ގުރުވާނެއް ނޫން މިހިރަ ލާދީނީ
      ޤްރުޢާން
      އެމާތް ފޮތުގެ ނަންވެސް ނޭގޭ

      • ނަބާ

        އެބުނާހެން ފުރަތަމަ ރަނގަޅަށް “ قران" މިބަސް ލިޔަން ދަސްކޮށްބަލަ “ ނާބެ” ބުނާހެން

    • ބޭބީ

      ޤުރްއާން ކިޔަވަންވީނު ހުރި ހުރިހާ އެއްޗެއް ބަލަން.

    • Anonymous

      އެވަރު ނޭގެން ތީ އިސްލާމެއްތަ؟

    • ތެދުމަގު

      ގުރުޢާނުގަ އޮވޭތަ ފަރުޟު ފަސްނަމާދުކުރާ ގޮތާ ރަކުވަތްތަކުގެ އަދަދު؟ އޭގެ ތަފްޟީލުތައް އޮންނަނީ ސުންނަތުގަ ހަދީޘްގަ.. ޤުރުޢާންއެކަނި ޤަބޫލުކޮށް ސުންނަތް ދޫކޮށްލުމަކީ މަމެންގެ ކަމެއް ނޫން އެއީ އީމާންކަން ފުރިހަމަ ނުވާ ސެކިއުލަރުން އުޅޭގޮތް

  4. އަތު ފަންކާ

    ތިޔަ ޤާޒީއަށް ދެދުނިޔޭގެ ފަލާހާއި ކާމިޔާބު ދެއްވާށި... އާމީން..

    • Anonymous

      އަލްހަމްދުލިއްލާހި

  5. ސޮރާ

    ޒިނޭކުރީ އެކަކުތަ

    2
    1
    • އަކޫ

      ނޫނެކޭ ދަރިޔާ، ހެކި ނުލިބެނީހެއް އިތުރުމީހަކަށް މީހަކަށް ބޭއިންސާފުން ހުކުމެއް ނުކުރެވޭނެ އެއްނުން

      • ސަމިހް

        ޢަމިއްލަޔައް ކުރިކަން އެއްބަސްވީމަވެސް ހެކި ބޭނުންވޭތަ. ލާދީނީ ސަރުކާރުން ތިހުކުމް ބާތިލް ކުރާނެ

        5
        1
    • ވެދާނެ

      ވެދާނެ އެއްނުން ދެވަނަ މީހަކީ ޣައިރު މުހްސަނަކަށް

    • އިރޭ

      މުހުސަނެއްގެ މާނަ ނޭންގޭތަ، އެއީ މީހަކާ އިނދެގެންހުރި މީހުންގެ ހުކުމް ، އަނެއް މީހާ މީހަކާ ނީންނަންޏާ އަންނާނީ ހައްދުގެ ހުކުމް

      ކޮމެންޓްކުރާއިރު ވާނުވާ އެނގިބަލަ

  6. ވެލެޒިނީ

    ދުއާ ދެންނެވިފައިވާ ރައީސް ހައްދަވާ ގޮތް ބަލަން ތިބެމާދޯ

    5
    1
  7. ރުންކުރުބެ

    ތިކަން ވާނެބާ

    2
    2
  8. ޢާދަނު

    ޥަރަށްބަރާބަރު. މިދިވެހިރާއްޖޭގަ ޒިނޭކުރުންއިންތިހާދަރަޖައިގަ މީހުންގެއަނބިން ކައިރިޔައްދިއުންހައްދުންނަށްޓާފަ

  9. ސޭޓުގެ އަނބިމީހާގެ ފިރިމީހާ

    އާނިޔާ & ވެލިޒިނީ ވެސް ލިސްޓަށް އިތުރުކުރުމަށް އެންމެހާ މުސްލިނުންގެ ފަރާތުން ގޮވާލަން

    • ދޮންބެ

      ތިޔައެންމެންވެސް ހިއްލަތުވެސް އަދި އެތައްބައިވަރެއް އެބައުޅޭ އެއެންމެންވެސް ލިސްޓްކުރެވިދާނެ އެކަމު ވާނެކަމެއް ނޯންނާނެ ދެން ތިބުނީ ޒިނޭ ކުރިކަން ސާބިތުވި ކަމައް އެކަކު އެކަނި ކުރާކަމެއްބާ ޒިނޭ ކުރުމަކީ އަދި ތަންކޮޅެއް ކުރިން ތިގޮތައް ރަޖަމްކުރަން ކުރިހުކުމް ވަނީ ސްޕްރީމްކޯޓުން ބާތިލްވެސް ކޮއްފަ ވީމާ ބަޔަކު މަރައްމަރޭ އަތްކަޑަން ވިއްޔޭ ގޮވިޔަކަސް ތިޔަކަންކަމާބެހޭ މުއައްސިސާތަކުން އެކަންކަމެއް ނުކުރާނެ

  10. އިންސާނާ

    ކޮބާކޮބާ ކޯޓުތައް ގޯހޭ ބުނާމީހުން ކޯޓުން ހުކުމް ކޮށްފި ދެންތިބި މަރުހަލާތައް ގިރާކުރުމައްފަހު ނިކަން ހުކުމް ތަންފީޒުކޮށްބަލަ ހޯމް މިނިސްޓަރޫ

    2
    1
  11. ޕަބުޖީ ނަޓްވަރުލާލް

    ޖަޒީރާ ރާއްޖޭގަ ހުކުމް ކުރާނެ އެކަމް އަމަލު ނުކުރާނެ... ވެލެޒިނީ ދަމާނެރޭ ރަޖަމަށް

    2
    1
    • ބޭބީ

      ވެލިޒިނީ އެއީ މުސްލިމެއްތަ. ރަޖަމު ކުރުން އޮތީ މުސްލިމުންނަށް.

      • ޕަބުޖީ ނަޓްވަރުލާލް

        ވެލެޒިނީ ރަޖަމުކުރަނީ މުރުތައްދުވީމަ

  12. ޕަބުޖީ ނަޓްވަރުލާލް

    ވެލެޒިނީ މަރަން ހުކުން ކުރާނީ ކިހާތާކުތޯ

    • ކިޔުންތެރިއެއް

      މި ގައުމުގަ ހުރި މައްސަލަތަށް ހައްލުކުރަން ނައިފަރު ކޯޓަށް ފޮނުވަން ފެނޭ

  13. ބަކުރުބެ

    ރަޖަމު ކުރުމަކީކޮބާތަ، ކޮންމެސް ކުއްޖަކު ބުނެދީބަލަ،

    • ޟމމ

      އެއީ މީހާގެ ވަކި ހިސާބަކުން ވަޅުލާ، އޮށްގަލުން ތަޅާގެން މަރާލުން

    • ލީމްލީ

      އޮއްގަލުންތަޅާ މެރުން.

  14. ޕަބުޖީ ނަޓްވަރުލާލް

    އާނިޔާ ވެސް ރަޖަމުކުރަން ކޮންމެސް މީހަކު ކޯޓަށް ލާބަލަ

  15. އަޙައްމަދުބެއްޔާ

    ނަމާއިއެކު ޢާއްމުކުރިނަމަ ވަރަށްރަގަޅުވީހެވެ

  16. ބޭރުމީހާ

    ތިޔަޙުކުމެއް ތަންފީޒެއްނުވާނެއެވެ. މިތާހުންނަ ދެއުޅި އެއްްނުވާމީހާ އިރުކޮޅަކުން ކޮސްގޮވަންފަށާނެއެވެ.

  17. ނައިފަރު ޗަކޮއި

    ފުރަތަމަ ރަޖަމު ކުރާންވީ ފަޑިޔާރު އަލީ ހަމީދު.. ހުދު ޖަންގިޔާ ލައިގެން ޒީނޭ ކުރި މީހާ.. އޭގެ ފަހު ދެން ތިބި މީހުން.

  18. ވެލެޒިނީ

    ކިތައްމީހުންގެޒިނޭއެއްތޯ

    • ޢަލީ

      އަންހެން މީހާ އަމިއްލަ އަށް އެއްބަސްވީ ކަމަށްވެސް ވެދާނެ.. ފިރިހެން މީހާ ނޭނގޭ ކަމަށްވެސް ބުނެދާނެ.. ނޫނީ ޒިނޭ ކުރެވުނު މީހުން ގިނަކަމުން ބަލިވެ އިނީ ކާކަށްކަން ނޭނގޭކަމަށް އަންހެން މީހާ ބުނެފާނެ... ނޫނީ އަންހެން މީހާ ބުނާ ފިރިހެން މީހާ ދެކޮޅު ހަދާފާނެ... މިހުރީ ވެދާނެ ގޮތް ގޮތް...

      • ހެކި

        ޣައިރު މުހުސަނެއްނަމަ ރަޖަމްނުކުރާނެ.. ހައްދުޖަހާނީ...

  19. ފަތަހު

    ތިކަމެއް ނުވާނެއެވެ.

  20. ކުދުބެއްޔާ

    ގާޒީގެ ނަން ޢާއްމުކުރިއިރު ޒިނޭކުރިމީހާގެ ނަން ޢާއްމުނުކުރިކަމީ ވަރަށްދެރަކަމެކެވެ

    1
    1
  21. އަބްދުއްލާ

    ނައިފަރު މެޖިސްޓްރޭޓަރަށް އަސަރިބަހާ ސާބަސް

  22. Anonymous

    ތާޢީދު! ޔާ ﷲ މިބިމުގަ އިބައިލާހުގެ ހުކުމްތައް ތަންފީޒުކޮށްދެއްވާނދޭވެ!?

    • މީ

      އާމީން

  23. ފާރޫގޔ

    ރާއްޖޭގެ ހުރިހާ އެންމެންވެސް މިސްރުފަދަ ތަންތަނުން އެކަނި ކިޔަވަންވީ. ކާފިރުންގެގާތައްގޮސް އެމީހުންގެ ހެދުންއަޅައިގެން އައިސް ކޮންމެމީހަކު ގައުމު ފަސާދަކުރަނިއްޔޭހަމަ

  24. ކަމާލު

    ޣާޒީއަށް ﷲ ބަރަކާތް ލައްވާށި

  25. ގުރޭ

    އެއްކަލަ ޝަރީފާ ތޯއްޗެއް!!!؟

  26. Anonymous

    އޭނަ އެކަނި ޒިނޭކުރީ ކިހިނެއް؟

  27. ޢަހުމަދުބެ

    ޝެލިޓް ކުރަން ޤާޒީއަށް

  28. އިސްލާމީ ދައުލަތް

    ޔަހޫދީން ރުޅި އައިސްދާނެތީވެ ތިކަން ނުކުރާނެ. މި

    ރާއްޖޭގައި ތިބި ގިނަ މީހުން މާތްﷲ އަށް ވުރެ ބޮޑަށް

    ބިރުގަންނަނީ އެމެރިކާ އާއި ޔަހޫދީ އެހެނިހެން ދައުލަތްތައް

    ދެކެ. އެހެން ނޫނަސް، އަންނި ތިކަމާ ގަބޫލެއް ނުވާނެ

    • ސޭޓުގެ އަނބިމީހާގެ ފިރިމީހާ

      ޕާޓޭން ގައިގަ ވެސް ހައްދު ޖަހަން ފަށަންވީ... ހޯމް މިނިސްޓަރު އިމުރާނުގެ ޤާބިލުކަން ނުވަތަ މުނާފިގުކަން މިފަހަރު ހާމަވާނެ...

  29. އަހައްމާ

    ކޮބާ ދެންހުރި މީހާ ޒިނޭކުރީ ގަހަކާތަ؟؟

    • ވިސްނާ

      “އަހައްމާ” ބަލަ ގަހަކާ ޒިނޭ ނުކުރެވޭނެ ، އެކަމަކު ޖަނަވާރަކާ ޒިނޭ ކުރެވިދާނެ!!

    • ޒީ

      ރަޖަމްކުރަން ޖެހެނީ މީހަކާ އިނދެގެން ހުރެ ޒިނޭކުރާ މީހާ . ޒިނޭކުރި ފިރިހެނާ ވެދާނެ މީހަކާ ނީނދެހުރި ފިރިހިނެކަށްވެސް، އެފަދަ ހާލަތުގައި އޭނާގެ މައްޗަށް ޙައްދުގެ ޙުކުމް އަންނާނީ، ރަޖަމެއް ނުކުރެވޭނެ

  30. ސުޓޯނިންގ އޮފް ސުރެއްޔާ

    ވަގުތު ކުދިންނަށް ކުރިން ހުކުމު ކުރިއަހަރު ޖަހާލާކަށް ނުކެރުނުދޯ! އެއީ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރުވީމަދޯ! ހަޖަމު ޕުލީސް! ޕަކާސް

  31. މާރީ

    ﷲ އަކްބަރު!!! ﷲ އަކްބަރު!!! ﷲ އަކްބަރު!!!

  32. ابراهيم

    الحدلله

  33. ނުކިޔަވާ ހުދުބޯ

    މަމެންގެ ގައުމުގާއި ތިޔާ ހުކުމް ތަންފީޛު ކުރުމަށްވުރެ ނުކުރުން ގާތީ. އިސާހިތަކު ތިކަމުން ބޯދަމާއި ގަންނާނެ ގޮތާއި ދިގުުދަންމާލެވޭނެ ގޮތުގެ ފަތުވާތައް ދިމަދިމާލުން އަންނަން ފަށާނެ އަދި ދެންއޮތް މަރުހަލާތަކުން ތީތި ފޭލްވުމަކީވެސް ވަރަށް ގާތްކަމެއް. ﷲގެ ހުކުމް ފުޅުމި ލޮބުވެތި ވަތަންގައި ތަންފީޛު ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގާއި އެބަހުރިން. ޝައިޚް މުޙައްމަދު މޫސާ އަށް ދެދުނިޔޭގެ ބާއްޖަވެރިކަމާ ސާބިތުކަން މިންވަރު ކުރައްވާފާދޭވެ އާމީން. ވާގޮތެއްބަލަން ތިބެމާހިގާ

  34. ގޮޅާ އާރު އެމް (މައުމޫން)

    އިމުރާނުގެ ދީން ވެރިކަން ފެނިގެންދާނެ ހަރަކާތަކަށް މިކަން ވާނެ އިންޝާﷲ... ބުރުގާ ނާޅާ މީހުންވެސް ޖޫރިމަނާކުރަންވީ.. އެއީ ޒިނޭގެ ފުރަތަމަ އެއްދޮރު... އެކަމަކު ޒިނޭގަ ދެމިތިބި ކުދިން މިކަމުގަ ވވވ ހިތަވަރުކޮށްލާފަ ހަޖަމް ޕުލީސް

  35. ްްހ

    އާމީން

  36. އަހުމަދު

    އިންސާނީ ހައްގުތަކާ ހިލާފުކަމެއް

    • މޫސަބެ

      އިންސާނާ ހައްގުގެ ވާހަކަ ދައްކާއިރު އިންސާނާ ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން އަންގަވާފާ ވަނިކޮށް އެ އާޚިލާފު ވީމަ އެކަމަށް ހުކުމް އަންނާންނޫނތޯ.. ﷲ ގެ ހުކުމްފުޅު ނޫންތޯ މުހިންމުވާނީ. އެއްޗެއްވިސްނައިގެން އައިސް ކޮމެންޓު ކޮއްބެ މި ކިހާބޮޑު ބަލާއެއް އައި..

    • ހުސޭނުބޭ

      އިންސާނީ ހައްޤުތައް ކަނޑައަޅުއްވާނީ އިންސާނާ ޚަލްޤުކުރެއްވި ފަރާތުން އެކަނި! އެފަރާތުގެ ޙުކުމާ ޚިލާފު ޙުކުމަކީ އިންސާނީ ހައްޤެއްކަމަކަށް ނެހެދޭނެ!

  37. ފުތާ

    ތިޔަވާނީ ޔާމިންލާފަ ހުރި ގާޒީއަކަށް

  38. ހަބޭސްގޮއްވުން

    ވަރަށް ތާއީދު ތިކަމަތް.. އެކަމް ހުރިހާ ކަމެއްވެސް

    އޮންނަނީ ކޮރައްޕްޓު ވެފަ....

  39. ޒިޔާޕު

    މިސްރުން ކިޔެވުނީމާ ފެންވރު އޮޅުނީ. ޤާޒީގެ ގަމާރުކަމާއެވެ.

    • ހުސޭނުބޭ

      އުޑެއްބުޑެއް ވަކިނުވާ ބޯބުރާންޗާ! ގާޒީ ކަނޑައެޅީ އޭނާގެ އަމިއްލަ ޙުކުމެއްނޫން! އެއީ ހަތް އުޑުމަތިން ބާވާލެވިގެންވާ ޙުކުމެއް!

  40. މޫސާ

    މާދަމާ މަތީ ކޯޓު ތަކުން ޙުކުމް އިއްވާނެ ދަޢުވާ ލިބޭމީހާ ކޯޓަށް ޙާޟިރު ކުރީ ޤަވާޢިދާ ޚިލާފަށް ކަމަށް. އެހެންވީމާ އެ ޙުކުމަކީ ބާޠިލް ޙުކުމެއް ކަމަށް!

  41. ޏޮކްސް

    ސިޔާސީ ސްޓަންޓަކާ ބޮޑައް ވައްތަރީ. މިރާއްޖެއަކީ ޒިނޭގެ ހާއްޔެއް. ޢަދި އަންހެނާއަށް ޒިނޭ ސިއްރުކޮށްފަ ތައުބާވުންވެސް އޮއްވާމެ އިއުތިރާފްވެ އަދަބަށް ހުށަހެޅުމުގެ ބޭނުމަކީ މިހާރު ކަންވަމުންދާ ގޮތަށް ބަލާއިރު ސަރުކާރަށް ޕްރެޝަރ ކުރުމުގެ ބޭނުމުގަ ކަމަށް ލަފާކުރެވޭ. ކޮމެންޓުކުރާ ކުދިން ކޮޅު ގޯންޏަކަށް ހިލަ އަޅައިގެން ރެޑިވޭ އަވަހަށް އެ އަންހެނާ މަރާލުމަށްޓަކާ.

  42. ބޮލި މުލައް

    ސްޕްރީމް ކޯޓެއްނު ޖެހޭނީ ލާރިކޮޅެއް އަޅާލަން.

  43. ސަގަފް

    ވައްކަމުގެ މައްސަލައެއް ސާބިތު ކުރެވޭވަރުގެ ހެކި ހުރެއްޖެ ނަމަ ޔާމީންގެ އަތްފައި ކަނޑާ ހުސްކުރާވަރު ވާނެތަ. ވަރަށް ބޮޑު އުންމީދަކަށް ވާނެ ރައްޔިތުންނަށް އެކަހަލަ ހުކުމްތައް ތަންފީޒު ވެގެން އަންނަތަން ފެނުނީމާ. ކުއްވެރިން ކުށާ ދުރަށްޖެހި މިސްކިތްތަކަށް ވަންނާނެ ގިނައިން

    • ވިސްނާ..

      އަތްފައި ކަނޑަންވެސް އޮވޭ ޝަރުޠުތަކެއް. މީހަކު ވަގެކޭ ބުނާތީ ކުރާ ކަމެއް ނޫން އެއީ.

  44. ދެރަ

    ޒިނޭކޮށްގެން މީހުން ރަޖަމް ކުރަން ދިވެިހިން މިހާ ސަޕޯޓް ކުރާ ސަބަބު ހޯދަން ޖެހޭ. ރާއްޖޭގާ ރަޖަމް ކުރަން ނުޖހޭނެ މީހަކު މަދުވާނެ. އަދި އަމިއްލައަށް ތިމާވެސް ރަޖަމް ކުރަން ޖޭހޭކަން އެނގޭ މީހުންވެސް އެހެން މީހަކު ރަޖަމް ކުރަން ބޭނުންވުމަކީ އާއްމު އިންސާނުންގެ ވިސްނުމުން ބޭރު ވެވެނީ

  45. ވަޚުޝީ

    އިސްލާމީ ސަރީޢަތޭ ރަޖަމޭ ކިޔައިގެން ވާހަކަ ދައްކާއިރު މިތާކޮމެންޓުކުރާމީހުން ހީވަނީ އެއްވެސް ފާފައެއްނުކޮށްތިބި ސާފު މާތް ބައެއްހެން! އެކަނބުލޭގެ ރަޖަމުކުރަންޖެހޭނީ ދުވަހަކުވެސް ޒިނޭނުކުރާބަޔަކު، އެބަޔަކު މިމާތް ފަސްގަނޑަކުނެތް! ފޯރި އަރުވައަރުވާފަ ރަޖަމޭ މިކިޔަނީ، ފުރަތަމަ ރަޖަމުކުރުން އިނގޭތަ؟ އެއީ ހުސްބިމެއްގަ އުނަގަނޑުންތިރި ވަޅުލާފަ ގިނަބަޔަކުވެގެން އޮއްގަލުންތަޅާ ކުދިއަނިޔާކޮށް މެރުން!

  46. އިމް

    މި ޒިނޭ އެއްކޮން ހުއްޓުވަންވީ މި ރާއްޖޭގަ. އިންޝާﷲ

  47. ބާރީ

    ޙުރިހާ ދިވެހިން ގާތްގަޑަކަށް ރަޖަމް ކުރަންޖެހޭނެ!

  48. ރައްޔިތުމީހާ

    އެހުކުމް ސްޕްރީމް ކޯޓުން ބާތިލްކުރުމުގަ އިސްކޮށް އުޅުފަރާތްތައް މުރުތައްދުވާނެ....މި ސަބަބާހުރެ އޭ އައިއެސް ފަދަ ޖަމާޢަތްތައް މިކިޔާ ސޯކޯލްޑް އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކާ އިދިކޮޅަށް ނިކުންނަނީ...