ތިރީސް އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގޭގައި ހިދުމަތްކޮށްދެއްވާފައިވާ އަދި މިހާރު ވެސް ޚިދުމަތުގައި ދެމިތިއްބެވި ސިފައިންނާ، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ބައްދަލުކުރައްވައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ ބައްދަލުވުމުގައި އެ ބޭފުޅުން ވަނީ ކަންބަޑޮވުންތަކާއި ހިޔާލުތައް ޗީފް އޮފް ޑިފެސް ފޯސް އާއި ހިއްސާކުރެއްވި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. ނަމަވެސް ބައްދަލުވުމުގެ ތަފްސީލެއް އެމްއެންޑީއެފް އިން ނުދެއްވައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޝަމާލް އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހުއެވެ. އޭނާ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރީ ސިފައިންގެ ވަޒީފާ އިން ވަކިކުރި މައްސަލަ އޭނާ އާއި އެއްކޮޅަަށް ކޯޓުން ނިންމުމުންނެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ޝަމާލް ވަނީ ސިފައިންނާއި މީގެ ކުރިން ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޝަމާލް ވަނީ ސިފައިން އަސްކަރީ އަޚުލާޤާއި ފަންނީ ޤާބިލުކަން ހުރި ބަދަހި ލަޝްކަރެއްގެ ގޮތުގައި ދެމި ތިބުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ސިފައިން ކޮށްގެން ތިބި ހުވައިގެ މަތިން ހަނދާން އައުކޮށް ޤާނޫނުން ސިފައިންނަށް ލާޒިމުކޮށްފައިވާ އެންމެހާ ކަންކަން ކުރުމުގައި ދެމި ތިބުމަށް އޭނާ ވަނީ އެންމެހާ ސިފައިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ޤައުމަށް ޙިދުމަތް ކުރުމުގައި ސިފައިންނަކީ ފަޚުރުވެރި، ޝަރަފުވެރި ބައެއްކަން ފާހަގަކުރައްވައި، ޝަމާލް ވަނީ ރައްޔިތުންނާ އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ސިފައިންގެ ކިބައިން އެ ބައްދަލުވުމުގައި އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަހަށްދޭބަލަ

    ތަމެން ބައްދަލު ކޮށްގެން ކެއްކޭނެ ޑޮންޑޮނެއް ނޯންނާނެއޭ ތަމެން ތިޔާ އަދާ ކުރަނީ އެއީ ސިފައިންގެ ވަޒީފާ އެއް ނޫނޭ ތިޔާއީ އެމްޑީޕީގެ ހަރުގެއެއް ނޫންތޭ ތަމެން ސިފައިންގޭގެ ބޮޑަކަށް ޗީފަކަށް ހުރެގެން ތިޔާ ކުރަނީ ތަމެން މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ..

  2. ތެދު

    ސަމާލް އަކީ ސިފައިންގޭގަ ކިހާދުވަހަކުއުޅުނު މީހެއް..ތިހިސާބައްދިޔައީކިހިނެއް...ރ މައުމޫން އާތިމާގެވެގެން ފަޓާސްބަރިއެއްހެން ކުރިއެރީ..ދެން ފެނުނީ ފިތުނައުފައްދާތީވެ ކަނޑާލިތަން..
    މިހާރު ސަފްވެއްޖެ ވަކިކުރިސަބަބު މޑޕ ނަސީދުމެންގެމިހެއްކަން..ސިފައިންނޭސަމާލްވާތި..ޕޮލިހުގައެހެރީވެސް ހަމަފިތުނައެއް..

  3. ޢަލީ

    ފުރަތަމަ ހުވައާޚިލާފުވިމީހަކީތީ، މިހާރު ދެން ކޯންޗެއްކިޔާކަށް