"މިހާރު" ނޫހުގެ ސީނިއާ އެޑިޓަރު ކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛް އަހްމަދު އަބްދުﷲ ސައީދަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިސް މަގާމެއް ދެއްވައިފިއެވެ.
އާއްމު ގޮތެއްގައި ރައީސް އައްޔަން ކުރައްވާ ހުރިހާ ސިޔާސީ މަގާމަކާއި ބެހޭ ޚަބަރުތައް ރައީސް އޮފީހުން އާއްމު ކުރެއްވި ނަމަވެސް އަހްމަދު އަބްދުﷲ ސައީދަށް މަގާމު ދެއްވި ޚަބަރު އެއޮފީހުން ހާމަ ކުރައްވާފައެއް ނުވެއެވެ.
އަހްމަދު އަބްދުﷲ ސައީދު ވަނީ މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާފައެވެ.
އަހްމަދު އަބްދުﷲ ސައީދާއި އެކު މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައި ރައީސް އޮފީހުގައި ހަތަރު ބޭފުޅުން ތިއްބަވައެވެ.
މިނިސްޓަރުންގެ ނައިބުންނަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 35500ރ. ލިބިވަޑައިގަންނަވާނެއެވެ. އެއީ 20500ރ. ގެ މުސާރަ އާއި 15000ރ. ގެ އެލަވަންސެކެވެ.
ރައީސް އޮފީހުން މިހާތަނަށް ހާމަ ކުރައްވާފައިވާ މައުލޫމާތައް ބަލާއިރު ރައީސް އޮފީހުގައި އަށް މިނިސްޓަރުންނާއި ދިހަ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ.
އެހެންކަމުން މިއީ ރާއްޖޭގެ ތާރީޚްގައި ވެސް ރައީސް އޮފީހުގައި އެންމެ ގިނަ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ތިއްބެވި ސަރުކާރެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަގާމުތައް މަދުކޮށް ޚަރަދު ކުޑަ ސަރުކާރެއް އެކުލަވާލައްވާނެ ކަމުގެ ވައުދާއި އެކުގައެވެ.
ޕުރޮމޯޓު ކޮއް ދިނީމަ ދިން ހަދިޔާއެއް
ރަގަނޅު ވާހަކައެއް!! މިހާރު ނޫހުގައި ހުރެގެން އަހްމަދު އަބުދުﷲ ސަޢީދު ވަނީ ރައިސް ޔާމީނާ ޔާމީންގެ ސަރުކާރާ ބެހޭގޮތުން ބައެއް ދޮގު މައޫލޫމާތު އެނޫހުގައި ލިޔެ ޝާއިއު ކޮށްފަ!! ޙަގީގަތް ނުހޯދާ އިވޭ އަޑު ތަކުގެ މައްޗަށް ރައިސް ޔާމީންގެ ސަރުކާރާ ގުޅޭގޮތުން ލިޔެފަ! ކަނޑައެޅިގެން ޢާންމު ރައްޔިތުންނަށް އޮޅޭގޮތަށް ލިޔެފަ!! ސަރުކާރާ އަދި ވަކިން ޚާއްސަކޮށް ޔާމީނާމެދު ނަފްރަތު އުފެދޭގޮތަށް މައުލޫމާތު ފަތުރާފައިވޭ!! ތިބޭފުޅުން މާޒީގެ ސަފުޙާތައް އެނޫހުން ބަލާލާ ފެންނާނެ!! މިކަން ވަރަށް ރަގަނޅަށް ކޮށްދީ އިބޫ އާއި ކޯލިޝަނަށް ތާޢީދު އިތުރުކުރުމަށްޓަކައި ކުރި މަސައްކަތުގެ ސަބަބުން ދިން މަގާމެއްކަމަށް ބެލެވޭ!! އަނެއްކާ ވަރަށް ސިއްރުންތާ މިކަން މިކުރީވެސް!! މަތިބަރު އިންތިހާއަށް ޚަރަދު ބޮޑު ގައުމުގެ ކުރިއެރުމަށްޓަކައި މާބޮޑު ވިސްނުމެއް ނުގެންގުޅޭ ސަރުކާރެއްގެ ގޮތުގައި މިފެންނަނީ މިސަރުކާރު!!
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު އައްޑުއަތޮޅުގައި ހުރީ ކެމްޕޭން ކުރަން ގޮސް!! މިއީ މިސޮރަށްދިން ހަދިޔާއެއް!! އަނެއްހެން މޮޅުވެސް ސޮރެއް މީ!!
މަޢުލޫމާތުގެ ދޮރެއްގައި ކަސްތަޅުއަޅުވާ ބަންދުކޮށްލީދޯ ރާއްޖޭގައި ހިންގާ ހުރިހާ ނޫސްތަކެއް ހިގޮތުގައި ހިސޯރުކޮށްލާ އެއިރުން ޢާއްމުންނަށް ސައްޙަމަޢުލޫމަތެއް ލިބޭނެ އެއްގޮތެއްވެސް ނުއޮންނާނެ
ޢެންމެ ރަނގަޅު. ޢަދިވެސް އިތުރުކުރަންވީ ރައްޔިތުންނަށް ޙީދުމަތް ކުރެވޭ ކަމައްވާނަމަ ރައްޔިތު އެންމެނަށްވެސް މަގާމް ތައްދޭޏްވީ ހަމަ!
ރައީސް ޔާމީނަށާ ރައީސް ޔާމީންގެ ސަރުކާރުގެ ވެރިންނަށް ނިސްބަތްކޮށް ޢަބުރަށް އަރައިގަތުމާއި ޙައްޤެއްނެތި ވަގަށްގޮވައިދިނީތީ ދިން ހަދިޔާ!
ސިޔާސީ ވައުދު ފުއްދާ ކަށް ނުޖެހޭނެ.އަދި ދިވެހިންނަ އެންމެރަގަޅު ކިތައްމެ ދޮގެއް ހެދިޔަސް. އަހަރަމެން ލައިކުވާމީހާ ހުރީމަ ނިމުނީ
މިހާރު ނޫހަކީ ދޮގު މަޢުލޫމާތު ފަތުރާ ލާދީނީ ކަންތައް ތަކަށް ހިތްވަރުދީ ފިތުނަ އުފައްދާ ނޫހެއް
މިހާރު ނޫހުން ދޮގުފަތުރާ ފިތުނަ ފަސާދަ އުފެއްދުމުން ދިން ހަދިޔާއެއް. ހުރިހާ ނޫސްތަކުންވެސް އެގޮތައް ކަންތައް ކުރީމަ ފަހަރެއްގަ ނާއބު ރައީސްކަންވެސްދީފާނެ
ނައިބެއްގެ މުސާރައަކީ 30،500 ރުފިޔާ
މިހަބަރު މިހާރުނޫހުގައި ނުޖެހީކީއްވެ؟ މިހާރުނޫހަކީ އެންމެޓްރާންސްޕޭރަންޓް ނޫސްކަމަށްބުނެ ވަކާލާތުކުރާ ނޫސް.އެމީހުންގެ މީހަކަށް ނުފޫޒުގަދަ ވަޒީފާއެއްދިނީމަ އެވާހަކަ ނުޖެހީމަ ސުވާލު އުފެދޭ. މިކަމުން އެނގެނީ މިހާރުސަރުކާރުގައި ނުފޫޒުގަދަކަން. އަދި ސައީދާއިމިހާރުގެ އަޑިނޭނގޭ ގުޅުންތަކެއްއޮތްކަން. ރައީސްއޮފީހުގެ މައުލޫމާތު މިހާރަށް އަވަހަށްލިބޭނެތާދޯ
އެކަމަކުވެސް މަތިބަރު ސަރުކާރެކޭ ނުބުނެވޭނެ ދޯ ރީނދޫ ކުދިންނޭ ދޯ ކޯލިޝަން ކުދިންނޭ ރައްޔިތުންނޭ ވިސްނާ
ރަނގަޅު... ރައީސް އޮފީހަށް ވަރަށްގިނަ މުވައްޒަފުން ބޭނުންވާނެ
މާ ލަހެއްނު. އެންމެ ފުރަތަމަވެސް މަގާމު ދޭން ޖެހޭވަރު ކޮށްދީފައެއްނު އޮތީ. އަދިވެސް އެތާ އެބައުޅޭ މަގާމު ދޭންޖެހޭހާ ބުރަކޮށް މަސައްކަތް ކުރި މީހުން. އަވަސްކުރޭ އަވަސްކުރޭ
އަދިތިވަރަކުން ނުވާނެ. މިހާރުނޫހުގެ އެންމެންނަށް ސްޓޭޓް މިނިސްޓަރުކަން ދޭންވީ އަވަހަށް. އެމީހުންނަކީ އެމްޑީޕީގެ ހުތުރުމޫނު މާ ރީތިކޮށްގެން ރައްޔިތުންނަށް ދެއްކިމީހުން.
ޤައުމަށް ކަންކަން ކޮށްދޭކަށް ނުޖެހޭ. ޤައުމަށް ކަންކަން ކޮށްދިނީމަ ޔާމީނަށް ރައްޔަތުން ދިނީ ކޮން ހަދިޔާ އެއްތޯ.