ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުން ދިޔަ މ.ނަލަހިޔާ މަންޒިލުން ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާކުރަމުން ދަނިކޮށް ނިޔާވި ރަޝްވާން ޖިއާންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އެ ކުންފުނީގެ ހިފަހައްޓާފައިވާ އިމާރާތް ކުރުމުގެ ހުއްދަތައް އަލުން ކުންފުންޏަށް ދީފިއެވެ.

ރަޝްވާން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވުމާއި ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަންގެ އިމާރާތް ކުރުމުގެ ހުރިހާ ހުއްދައެއް ވަގުތީ ގޮތުން ސިޓީ ކައުންސިލްއިން ބާތިލް ކުރިއެވެ. ނަމަވެސް މިދިޔަ މަހު ފަހުކޮޅު ހުއްދަތައް އަލުން ދީފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ސިމެންތި ބަސްތާ ވެއްޓުނު ސައިޓުގެ މަސައްކަތް ކުރުން އަދިވެސް ހުއްޓުވާފައި އޮތް ކަމަށާއި ސަބަބަކީ އެމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ ކަމަށް އޮފިޝަލް ބުނެފައިވެއެވެ.

ޑަބްލިއު ކޮންސްޓްރަކްޝަނުން އެހާދިސާއާ ގުޅިގެން ބުނެފައިވަނީ އެކުންފުނިން މަސައްކަތް ކުރިއަށް ގެންދިޔައީ ގަވާއިދާއި އެއްގޮތަށް ހުއްދަ ނަގައިގެން ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ބުނެފައިވަނި އެ ސައިޓުގައި މަސައްކަތް ކޮށްފައިވަނީ ނުބައި ބޯޑެއް ބަހަށްޓައިގެން ކަމަށާއި މަސައްކަތް ކޮށްފައިވަނީ ގަވައިދާއި ހިލާފަށް ކަމަށެވެ.

ބަންގްލަދޭސްއަށް ނިސްބަތްވާ އަންހެން ކުއްޖަކު ޑަބްލިޔު ކޮންސްޓްރަކްޝަންގެ ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ ތެރޭގައި ނިޔާވެފައިވާއިރު އެ މައްސަލައިގައި މިހާތަނަށް އެއްވެސް ފަރާތަތަށް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އައްޔު

    ހައްހައް ދޭނެތާ މަޖިލީހުގައި ހަމައެކަނި އަދާލަތަކީ އޭނާވިއްޔާ ދެން ހުރިހާ އެއްޗެއް ތިލަފަތަކަށް ލާފައި ނުލިޔެވޭނެ
    ރައްޔިތުންނޭ ވިސްނާ

  2. ޝަން

    ގަދަމީހާ އަށް މޮޅުގޮތް

  3. ޙައްގުބަސް

    މިއީ މިރާއްޖޭގެ ކަންތައްތައް ހުންނަ ގޮތަކީ!! ހަމަޔާއި އިނސާފު ހުންނަގޮތަކީ!! ކީކޭ ދެން ބުނާނީ!! ހުރިހާ ކަމެއްވެސް ހަމަ މިގޮތަށް ދޯދިޔާކޮށް މިދަނީ!! ދެން ކީއްކުރާ ގާނޫނެއް؟ ކީއްކުރާ ގަވާޢިދެއް؟ މިހެން މިރާއްޖޭގައި ކަންތައްތައް ކުރަމުން އައުމުގެ ނަތީޖާއަކީ ހުރިހާ ކަމެއް ހައްދުން ނެއްޓި، ބިރުކެނޑި، ޖެހިލުން ކުޑަވެ ބޭނުންހާ ގޮތަކަށް މިރާއްޖޭގައި އުޅޭ އެންމެން އުޅުން!! ބިދޭސީންވެސް!! ދެން އެމެރިކާގައި މީގެ ހަފްތާއެއް ދުވަސް ކުރިން ހިނގި ހާދިސާއެއް ދަންނަވާލާނަން!! އިނގިރޭސި ފުޓުބޯޅަ ކުޅުންތެރިޔާ ރޫނީ މަސްތުގެ ޙާލަތުގައި ޢާންމު ތަނެއްގައި ހުރެ އަވަގުރާނަ ގޮވުމުން އޭނާ ހައްޔަރުކޮށް އެންމެފަހުން 50 ޑޮލަރުން ވަގުތުން ޖޫރިމަނާކޮށް ދޫކޮށްލީ!! ގާނޫނީ ހުކޫމަތު ހިގަންޖެހޭ!! މީގެއިން ދޭހަވީ ކޮންފިލާވަޅެއް؟

  4. ޖަހާންގީރު

    ހާތްތެރީ ވާ ވާ ވާ !!!

  5. ކޮލަމް

    ރާއްޖޭގަ މި އޮންނަނީ ކަމެއްދިމާވީމަ ފިޔަވަޅު އެޅުންތޯ؟ ކުރިން ދުރާލާ ރެވިގެން ޒިންމާުރުވުމެއްނޯވޭތޯ.ބްރިޖް މަތީ ލޯގަޑުނުލާ އެއްވެސް ފަރާތެއްދުވާތޯ ؟ތަންފީޒު ކުރުވީމަ ކުރެވޭނެ. ހުންއަންނާނެ ކަމަށް ރަޖާލާންވީ.

  6. ކިނާރާ

    ފިޔަވަޅުއަޅާނީ ކިހިނެއް. އެއީ އަނާރާގެ ކުންފުންޏެއް. ޖެހޭނީހަމަ ހުއްދަދޭން. ސިޓީކައުންސިލަށްވެސް ކުރެވޭނެކަމެއްނޯންނާނެ. ސީދާ އިބޫގެ އޯޑަރަށް ހުއްދަދިނީ.

  7. މޫސަ

    ފިޔަވަޅެއް ނޭޅޭނެ. އެއީ އަނާރާ ނައީމުގެ ކުންފުންޏެއްނުން.

    • އަހްމަދު

      އެހެންވީމާ މިހުއްދަލިބުނުގޮތް ރައްޔިތުންނަށް އަނާރާ ހާމަކޮށްދޭންވީނު. ކަންކަން ހާމަކުރުމަށް ވަކާލާރު ކުރައްވާބޭފުޅުންވިއްޔާ ތިޔައީ.

  8. އަލީ އިބްރާހީމް

    އަނާރާމެން، އަދުލޭ އިންސާފޭ ކިޔަން ލަދުހަޔާތްކޮބާ؟ މާ ދީންވެރިވެގެން، ހައްގުތަކޭ ވާޖިބުތަކޭ ކިޔާގެން ފެލިނަގާތި

  9. އާދަމް ނަޢީމް

    ތިހެން ކިޔަކިޔާ ތިބޭ! ޤާވާއިދާ އެއްގޮތް ނޫނަސް އަނާރާ މަޖިލީހުގައި އިނިއްޔާ، ބޭނުންގޮތެއް ހަދާލާނީ. މިއީ އިންސާފް.. ހެއް ހެއް