މާލޭގައި ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ލަކުޑި ބުރިއަކުން ޖެހި މީހަކު ޒަހަމްވެއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ލަކުޑި ބުރިއަކުން ޖެހި ޒަހަމްވެފައި ވަނީ ފިރިހެކެވެ. އޭނާ އަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަކުޑިބުރި ވެއްޓި އޭނާގެ ބޮލުގައި ޖެހި، ބޯ ވަނީ ޒަހަމްވެފައެވެ. ނަމަވެސް އޭނާގެ ހާލަތާއި ބެހޭ ތަފްސީލެއް އަދި ނުލިބެއެވެ.\

ޒަހަމްވި މީހާ ބުނިގޮތުގައި، އޭނާގެ ބޮލަށް ލަކުޑިބުރި ވެއްްޓުނީ ޕޭވްމަންޓު މަތިން ހިނގާފައި ގޮސް ސައިކަލަށް އަރަން އުޅެނިކޮށެވެ.

ލަކުޑި ބުރި ވެއްޓުނު އިމާރާތް ---

އޭނާ ބުނިގޮތުގައި، ވެއްޓުނު ލަކުޑި ބުރީގެ ދިގު މިނުގައި 3-4 ފޫޓު ހުންނާނެއެވެ. އަދި އެ އިމާރާތުގައި އެއްވެސް ބަޔަކު މަސައްކަތް ކުރުމަށް ތިބިތަން ނުފެންނަ ކަމަށްވެސް އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަކުޑިބުރި ވެއްޓިފައި ވަނީ މާފަންނުގައި ހުންނަ އެސްޓީއޯ މައި އިމާރާތް ކައިރީގައި ހަދަމުންދާ އިމަރާތެއްގެ މަތިންނެވެ.

މިފަދަ ހާދިސާތައް ހިނގަން މެދުވެރިވަނީ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުން ނުދާތީއެވެ. ދާދި ފަހުންވެސް މި ވަނީ ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުގެ ބަންގްލަދޭޝް ކުއްޖަކު ނިޔާވެފައެވެ.

ނަމަވެސް ސިމެންތި ބަސްތާއެއް ވެއްޓި، އެ ކުއްޖާ ނިޔާވި ޙާދިސާ ހިނގާފައިވާ ކޮންސްޓްރަކްޝަން ސައިޓަކީ ޤަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުން ދިޔަ ތަނެއްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، އިން ވަނީ ވިދާޅުވެފައެވެ. އަދި އެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ ކުންފުނީގެ ހިފަހައްޓާފައިވާ އިމާރާތް ކުރުމުގެ ހުއްދަތައް އަލުން ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަލްމަލް

    އަހަރެން ވާ ގަންނާކުރައްވާބިރުން ތިޔަކަހަލަ މަސައްކަތް ކުރާ ތަނެއްގެ ދަށުން މިހާރު ނުވެސް ހިނގަން

  2. ލަކުޑި

    ކިތައް މީހުން މަރުވީމަތޯ މިކަމަށް ދާއިމީ ހައްލެއް ލިބޭނީ

  3. ނަބީޙު

    އިބޫގެ ސަރުކާރު ފެށުނު ފަހުން މި ދިމާވަނީ ހައްތާވެސް މި ބާވަތުގެ ހިތާމަވެރި ހާދިސާތައް! ޔާ ﷲ މި ގައުމު މި ނުލަފާމީހުންގެ ކިބައިން ސަލާމަތްކުރައްވާންދޭ!އެއްބަޔަކު މިސްކިތަތައް މަދުކުރަން ގޮވަނީ އަނެއްބަޔަކު ދީނަށް ފުރައްސާރަކުރަނީ

  4. ބެއްޔާ

    ދެން ސިޓީ ކައުންސިލުން ޓީވީ އަށް އަރާ ހަރު އަޑުން މިކަން ކުއްވެރިކުރާނެ. ދެން ކުރީ ސަރުކާރު ކުއްވެރި ކުރުމަށްފަހު، ގައިވައިދާ ހިލާފަށް ނަސައްކަތް ކުރާތަންތާގެ މައުލޫމާތު އާމުރައްޔތުން ދިނުމަށް އެހީތެރިވުމަށް ގޮވާލާނެ. ހުރިހާ ކަމެއް ކުރަންވީ އާމު ރައްޔިތުން. ދެން އެނިމުނީ.

  5. ނިޝާ

    ކީކޭ ދެން ބުނާނީ!!! މާލޭގަ މިހާރު ހަމަޖެހިލައިގެން ނެތެއްނު އެއްތާކަށްވެސް ދެވޭކަށް!!! އެހެންނުވާނީ....ގެއިން ނުކުމެފިއްޔާ އަނބުރާ ގެއަށް އަނބުރާ އަންނާނެކަމުގެ އުއްމީދެއް ނެތް ވިއްޔަ މިހާރު!!!

  6. Miadhu

    ތިއީވެސް ޔާމީނުގެ އިހުމާލުންވީކަމެއްނޫންބާ

  7. ޙަސަބަ

    ޚަ

  8. އަބުދޯހި

    ކީއްކުރާނީ ކޮންމެ ކަމެއްވެސް ސިޓީކައުންސިލުން ނިންމާނީ ބަފާބުނީތީ މަހަށް ދާހެން