ނިއު ޕޯޓްއިން މިއަދު ހަވީރު ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.

ނިއު ޕޯޓްއިން ބުނީ، ބުރިޖު ވިއު ޕްލެޓް ފޯމްގައި އޮންނަ މި ކުޑަކުދިންގެ ހަވީރުގައި ވީހާވެސް ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވުމަށް އެދޭ ކަމަށެވެ.

"ނިއު ޕޯޓް ކިޑްސް އިވްނިންގ"ގެނަމުގައި މިއަދު ހަވީރު 16:00 އިން 18:00 އަށް އޮންނަ މި ކުޑަކުދިންގެ ހަވީރުގައި، ހިލޭ ކާތަކެއްޗާއި، ބުއިންތަކާއި، ޕޮޕްކޯން ލިބޭނެ އިރު، ތަފާތު ޝޯވތައް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ބުރިޖު ވިއު ޕްލެޓްފޯމާއި ދިމާލުގައި އެ ކުންފުނީގެ އާ ރެސްޓޯރެންޓް މާދަމާ ރަސްމީކޮށް ހުޅުވާނެއެވެ. ރޭ އޮތީ ނިއު ޕޯޓު ވިއުގެ ސޮފްޓް އޯޕެނިންއެވެ.

ގާތްގަނޑަކަށް 500 މީހުންނަށް އެއްފަހަރާ ހިދުމަތް ދެވޭ ނިއު ޕޯޓު ވިއުއަކީ ސީފުޑްގެ ބާވްތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. އެ ރެސްޓޯރެންޓަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބިޔަ ރެސްޓޯރެންޓުތަކުގެ ތެރޭގައި ހިނެނޭ ރެސްޓޯރެންޓުކަން ފާހަގަކޮށްލަން ޖެހެއެވެ.