ޓެކްސީ ހިދުމަތުުން ނަގާ އަގުތަކާއި ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ބާއްވާ ފޯރަމް މާދަމާ ރޭ ބޭއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، އެކަމަށް ހާއްސަކޮށްގެން ބާއްވާ ފޯރަމް މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގައި އޮންނާނެ ކަމަށެވެ.

އެ ފޯރަމްގައި ގިނަ ކަންތައްތަކާއި ގުޅޭގޮތުން އާއްމުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެޕްލިކޭޝަން ނުވަތަ މީޓަރު ޓެކްސީއަށް ބަދަލުކުރޭތޯ ބެލުމާއި، އެކަމަށް މުއްދަތު ދިނުމާއި، އެއަޕޯޓަށާއި، ހުޅުމާލެއަށް ކުރާ ޓެކްސީތަކުން ނަގާ އަގާއި މާލެގޭ ޓެކްސީތަކުން މިހާރު ނަގާ އަގާއި މެދު ހިތްހަމަޖެހޭތޯ މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން އެއާޕޯޓަށް ހާއްސަކޮށްގެން ޓެކްސީއެއް ތައާރަފުކުރުމާއި ގުޅޭގޮތުންނާއި، މާލެ ސަރަހައްދުގައި މިހާރު ދުއްވާ ޓެކްސީތަކުގެ ހާލަތާ ގުޅޭގޮތުން ވެސް މަޝްވަރާކުރުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރު ގެންދަނީ ގިނަ ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލާފައި މަޝްވަރާ ހޯދަމުންނެވެ. ޓެކްސީ ކަންތަކުގެ މައްސަލައަކީ މިހާރު ވަރަށް ބޮޑު މައްސަލައަކަށްވެފައިވާއިރު، އާއްމުންގެ ހިޔާލާއެކުވެސް، ޓެކްސީ ތަކުން ކުރާ ދަތުުރުތަކަށް ހެޔޮ ބަދަލެއް އައުމަކީ ގިނަ ރައްޔިތުންގެ އެދުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޓަވަރު

    ދުއްވާ ދުރުމިނަށް ބަލައިގެން މީޓަރު ހަރުކޮށްގެން އަގު ނެގުންް ބުއްދިވެރި

  2. ކައުންސިލަރ

    ތައްޔިތުންގެ ހިޔާލު ހޯދަނީ ހަމައެކަނި ޓެކްސީގެ އަގު ކަޑައަޅަން ކަމަށްވާނަމަ ތީވަރަށް ބޮޑު ގޯހެއް ޓެކްސީއަކީ ނިކަމެތިރައްޔިތުންގެ މުދަލެއް ސަރުކާރުން ލޯލާރިއެްއްވެސް ދީގެން އުފައްދާފަވާ މުދަލެއްނޫން އަމިއްލަފަރުދުން ވަރަށް ބުރަމަސައްކަތުން ކުރާމަސައްކަތެއް އެހެންކަމަށްވާނަމަ ރައްޔިތުންގެ ހިޔާލު ހޯދަން ނުވަތަ ސަރުކާރުން ބޭނުންވާގޮތެއް ނިންމުން އެއީ ތަފާތުކުރުމުގެ ލާމަސީލުމިސާލެއް ހަމައެކަނި ޓެކްސީ އަގު ކަޑައަޅަން ދަންނަވަތޯ ގެދޮރު ވިޔަފާރި ތަކުގެ އަގުކަޑަ އަޅަން ރައްޔިތުންގެ ހިޔާލެއް ނުހޯދަވަނީ ކީވެތޯ މިރާއްޖޭގަ ކުރާހުރިހާ ވިޔަފާރިގެ އަގުކަޑައަޅަން ތައްޔިތުންގެ ފޯރަމަކަށް ދިޔުން އެއީ އެއްމެ އިސާފުވެރިގޮތަކީ

  3. ފަރިވާ

    ރައްޔިތު މީހާ އަތުން ޓެކްސީތަކުން ހަމަ ފެލާލަނީ ސަރުކާރުންވެސް ހަމަ އެގޮތައްކަންތައްކުރަނީ ޓެއްސީތަކުގެ ވެރިން ބޭނުން ވާގޮތް އަބަދުވެސްވަނީ ނިކަމެތި ރައްޔިތުން ހަނާވަނީ

  4. ޖޫން

    ބަހުގެ އަގު ކަންޑައަޅަން ވެސް ރައްޔިތުންގެ ހިޔާލު ހޯދަން ގޮވާލަން.

  5. އަލީ

    ޓެކްސީ ދުއްވާފަރާތްތަކުން ދަނީ ނިކަމެތިން ފެލާލަމުން. މިއީ އަވަސް ފިޔައަޅަންޖެހޭވަރުގެ ކަމެއް. ގަވައިދާއިޚިކާފަށް ޓެކްސީ ދުއްވާފަރާތްތަކުގެ ހުއްދަ ބާޠިލުކުރުމަށްގޮވާލަން