މާލޭގެ މަގުމައްޗަށް ކުނިއަޅާ މީހުންގެ ނަން ހާމަކުރަން ފެށުމުން، ކެޔޮދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެކަމާ ދެކޮޅަށް އަޑު އުފުލައިފިއެވެ.
މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަން އާންމުކުރުމުގެ ބާރު އީޕީއޭ އަށް އޮވެއެވެ. ގާނޫނުގައިވާ ގޮތުން އެ ފަދަ ކުށްކުރާ މީހުންގެ އަތުން ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ނަގާނީ 300ރ. އެވެ. ކުށް ތަކުރާރުކޮށްފި ނަމަ އެ މީހެއްގެ އަތުން 500 ރުފިޔާ ނެގޭއިރު، އެއީ ނުރައްކާތެރި ބާވަތެއްގެ ކުނި ނަމަ، އެ އަދަދު އިތުރު ކުރުމުގެ ބާރު ވެސް ގާނޫނުން އީޕީއޭ އަށް ވަނީ ދީފައެވެ.
މަގުމައްޗަށް ކުނި އެޅި މީހެއްގެ މައުލޫމާތު އީޕީއޭ އިން ފުރަތަމަ އާއްމު ކުރީ މިމަހުގެ 03 ވަނަ ދުވަހުއެވެ.
ކުނި އުކުމަށް ސަރުކާރުގެ ކުންފުނި ވެމްކޯ އިން ގިނަ މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް ވެމްކޯގައި ރަޖިސްޓްރީ ނުވެ އަދިވެސް ގިނަ ބަޔަކު މަގުމަތީގައި ކުނިތައް ބަހައްޓާ މައްސަލަ ވަރަށް ބޮޑެވެ.
ކުނި އެޅުމަކީ ބޮޑު މައްސަލައަށް ވެފައި އޮތް ނަމަވެސް، މެމްބަރު އަލީ ހުސައިން ދެކޭ ގޮތުގައި ދެރަ ނިކަމެތި މީހާގެ ނަން ހާމަކޮށް، ލަދުގަންނަވާލުމަކީ ކަންކަން ހައްލުކުރަން އޮތް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެގޮތުން އަލީ ހުސައިން ވަނީ ސަރުކާރަށް ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ.
Dhera nikamethi meehaage nan aanmukoh ladhu gannaavaalumakee kankan hallukuran oi enme rangalhu gotheh noon. Kobaatha kandah kuni alhaa, faruthah hikkaa, gasthah dhamaa ufuraa meehun? Islaahu kuran edheynama hikumathuge beynun kuravvaa.
— Ali Hussain (@AleeVoice) January 7, 2019
"ކޮބާތަ ކަނޑަށް ކުނިއަޅާ، ފަރުތައް ހިއްކާ، ގަސްތައް ދަމާ އުފުރާ މީހުން؟އިސްލާހު ކުރަން އެދޭނަމަ ހިކުމަތުގެ ބޭނުން ކުރައްވާ،" އަލީ ހުސައިން ކުރެއްވި ޓްވީޓްގައިވެއެވެ.
ކުނި އަޅާއިރު އެކަމުގެ ޒިންމާ އުފުލަންވެސް ވާނެ. ނަން އާއްމުކޮށްގެން ކުނި އެޅުން ހައްލުވާނަމަ އެވާނީ ހަމަ ރަގަޅު ގޮތަކަށް. ނަން އާއްމުނުކޮށް ކުނި އެޅުން ހުއްޓުވާނެ ގޮތެއްވެސް ކިޔައިދިންނަމަ.
އެއީ ކެންޕެއިން
އަޅުގަޑު ހީކޮއްގެން ހުރީ ޢަލީ ޙުސެއިނަކީ ވަރަށް ވިސްނާފަ ވާހަކަ ދަށްކަވާ ބޭފުޅެއްކަމަށް. ނިކަމެތިވަނީ މަގުމަށްޗަށް ކުނިއަޅަންވީމާތޯ އަޅުގަޑުވެސް އަހާލާހިތްވޭ.
ޢަލީ ޙުސައިނަކީ ހޭބަލިވެފަ ހުރި މީހެއް
މިހާރު މި ވެމްކޯ އުފެއްދިފަހުން ނިކަމެތި މީހާއަށްއަމިއްލައަށް ކުނިކޮތަޅެއްއެއްލަެނެ ގޮތެއްނޯވޭ. ޥަކިވަރަކަށްވުރެ ކުނިގިނަވެއްޖެނަމަ ކުނި އުކެނީ އިތުރަށްލާރިދީގެން... ކޮތަޅަކަށްނޭޅޭ ކުނިއުކޭނެގޮތެއް ނޯވޭ ނިކަމެތިމީހާއަށް...ނަންހާމަކުރުމުގެ ކުރިން މިކަންކަންހައްލުކޮއްދީ...
އަލީހުސޭނު މަސްމާރުކޭޓަށް ގޮސް މަސްމާރުކޭޓުގައި ތިބޭ މަސްކަނޑާ މީހުންނަށް ފުރައްސާރަ ކުރުން ހަމަ އޯކޭދޯ ތާކުހުރި ބޯގަމާރެއްތާތިޔައީ.
އަލީ ހުސެން އެއީ ކެއުދޫ ދާރިރާތަ؟
މަލޭގެ މަގުތަކުގައި އިންދާފަ ހުރި ރުއްގަސް ތަޅާ ތިރިއަރުވާލި މީހުންގެ ނަންވެސް އާއްމު ކުރަން ޖެހޭނެ !
މަގުމައްޗަށް ކުނި އުކައި ނުލުމަކީ، ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކުރެވޭ ކަމަކަށްވާއިރު، އެފަދަކަންތައްތައް ކުރަމުންދާ މީސްމީހުންގެ ނަމާއެޑްރެސް ނެރެ ހާމަ ކުރުމުން އެކަމަށް ވަގުތީ ޙައްލެއް ލިބުނު ނަމަވެސް ލިޔާ މީހާގެ ނަޒަރުގައި އެފަދަކަންތައްތައް ކުރަމުންދާ މީސްމީހުންގެ ނަން ހާމަ ނުކުމަށްވުރެ ރަނގަޅީ އެފަދަކަންތައްތައް ކުރަމުންދާ މީސްމީހުންގެ ނަން ހާމަކުރުމެވެ.
މަވެސް ތިވާހަކަ ދެއްކިމޭ އަދި ޓްވީޓެއް ނުކުރިއަސް .ނައްހާމަ ނުކޮއް 300 ރުފިޔާ ނަގާނަމަ .ނުލާހިކު ހާލުގަ އުޅޭ ސަރުކާރެއް .ކަމެއްކޮއްނުދެވޭތާ މީހުންގެ އަތުން 300 ރުފިޔާ ވެސް ދަމައިގަނެފަ އަދި ނައްވެސް ހާމަ ކުރެޔޭ .
ނިކަމެއްޗެއް މުއްސަންޖެއް ނޯންނާނެ. ޥެށިހިމާޔަތް ކުރުމަކީ އެންމެންގެ ޒިންމާއެއް
ކޮންނިކަމެއްޗެކޭ ކިޔާކަހ؟ ނިކަމެތިރައްޔިތުންގެ ފައިސާއިން މުސާރަކައިގެން މަޖިލީހައް ހޮވޭތޯ ކެމްޕއިންކުރަންތިއަނގަތަޅަނީ. ރަންގަޅީވިއްޔާ ނިކަމެތިމީހަކު އަތްދިއްކޮށްލި ދުވަހެއްގަ ބައިރުފިޔާގަނޑެއްހާ ހިސާބުވެސް ނުދޭނެ. ތިކަހަލަ ސްޓަންޓް ތަކައްމިހާރު ރައްޔިތުން މާފަރިތްވެއްޖެ. މާހަމްދަރުދީވެގެންކަމައްދެއްކެންވެގެން ނިކަމެތިްނނޭކިޔާގެން ރައްޔިތުންލޮލުގަ އަނދުންއަޅުވަން ކޮންހާސަރެއްދަމާކައްތަ؟
މޮޅުމީހުން ކުނި އަޅާކަށް ނުޖެހޭނެ
ކުނި އަޅާނީ ދެރަ މީހުން އެހެން ވިޔަސް
ޖޫރިމަނާ ކޮށްގެން ހައްލު ކުރެވޭނީ
އަހަރުމެން އަބަދު މިގޮވަނީ ހުސޭނާ ތިޔަ ވާހަކަ. ކުށެއްކުރުމުން ބޮޑެއް ކުޑައެއް, މުއްސަންޖެއް، ފަގީރެއް ބަލާކަށް ނުޖެހޭނެ. ހުސޭނަށް އިނގޭތަ ހުސޭނުގެ ލީޑަރު މީރާއަށް ދައްކަންޖެހޭ ރައްޔިތުންގެ ފައިސާ ނުދައްކާ ހުރިކަން، އެކަމު އެވާހަކަ ނުދައްކާ މިއަދު ނިކަމެތި މީހާ ފެނުނީމާ ހާމަވަނީ ހުސޭނުގެ އަމިއްލަ އެދުން ބޮޑުކަން. ކެންދޫ ގޮޑި ބޭނުންވީމާ ނިކަމެތިން ފެންނަނީ، ހޮވުނީމާ ހިމާޔަތް ކުރާނީ އެއްކަލަ ހުސޭނުގެ ލީޑަރު. ތިޔަކަހަލަ ދެފުއްކެހެރިން މަޖްލިސް އަށް ނުވައްދަން އަހަރުމެން މިތިބީ މިފަހަރު އަޒުމުކަޑައަޅައިގެން.
ޙުސޭނާ ކޮބާ ތަފާތަކީ ރިހާކުރުފުޅި ވަގަށްނަގާ މީހާ ޖަލަށްލީމާ އެމީހާ ސަލާމަތްކުރަން ހުސޭނުމެން ނޫޅެނީ އެމީހަކީ ނިކަމެއްޗަކަށްވީމާ. ޢެކަމަކު ދައުލަތުގެ ހަޒާނާ ދަވާލީމިހުންގެ ހިމާޔަތުގައި މިއަދު ތިހިރީ ހުސޭނުގެ ލީޑަރު ނިންމަވާ ގޮތަކަށް އަތްޖަހަން. ޙުސޭނުގެ ލީޑަރު ޓެކްސް ނުދައްކާވާހަކަ ގޮވީމާ ގޯސް ވަނީ އެހެންގޮވާ މީހުން. ކުށެއްކުރީމާ އެންމެން ވެސް ހަމަހަމަވާނެ އިނގޭތޯ
މަގުމައްޗަށް ކުނިއަޅާ އިރު ނިކަން މޭފުއްޕާފަ ތިމާވަރު ކެރޭ މީހެއް ނެތް ކަމަށް ހެދިގެން އުޅެނީ. އޭރު ތިމަންނަގެ ނިކަމެތި ކަމެއް ހިތަކަށް ނާރާ. ކުރާ ކުށްތަކަށް އަދަބު ދޭންފެށީމާ ނިކަމެތި ފަޤީރު މީހަކަށް ވީ. ޤާނޫން ހަދާފަ އޮތީ ނިކަމެތި، މުއްސަނދި އަކަށް ބަލައިގެނެއް ނޫން. އެންމެން ހަމަ ހަމަ.
ކިހާދެރަކަމެއްތަ؟ ކަމެއް އިސްލާހުކުރަން ފަށާއިރަށް ބައެއްމީހުންގެ ބޯކަހާނެ.. އަޅެފަހެ ތިގޭ މީހެއްގެ ނަން އިއްލާނުކުރީތަ. ޢެހެންވީރުން އޭނަ ކައިރީގަ ބުނޭ މަގުމައްޗަށް ކުނިނާޅާށޭ
ތިހެން ނަންތަކާއި އެއްޗެހި ސިިއްރުކޮއްގެން ގޮސް ރާއްޖޭގައި ކަންތައްތައް ހައްދުން ނެއްޓިގެންދަނީ ކުޑަކުދިންނާބެހުމާއި އެހެންްގޮސް ކޮންމެނުބައިކަމެއްކުރިޔައް ޖެހެނީ ނަން ސިއްރުކުރަން މިހެންވީމައޭ އަލީހުސޭނު މެންކަހަލަ މީހުން މަޖިލީހައް ނުހޮވަންވީ.
ސަތޭކައިގެ ވާހަކައެއް
މަގުމަށްޗަށް ކުނި އަޅަނީ ގިނައިން ބިދޭސީން.
އީ.ޕީ.އޭ. ނައީމްބެ ގެ ނުކުޅެދުމާއި ސަރުކާރުގެ އެއްވެސް ރަގަޅު ނިޒާމެއްނެތުން. ސިންގަޕޫރަށް އެތެރެވާ ކޮންމެ މީހަކަށް އެތެރެވާއިރު އެތަނުގެ އާންމު ގަވާއިދުތައް އެގެންޖެހޭ.. އަދި މީހަކު ސިގިރެޓް ބަޓެއް ވައްޓާލިއަސް ރަގަޅު ފުރިހަމަ ނިޒާމެއްގެ ތެރެއިން ފައިން ކުރޭ.އެހެނަސް އެމީހާ ބޭޒާރުކޮށް އިންސާނީ ކަރާމާތް ކަނޑައެއްނުލާ. މީހުން ބޭޒާރުކުރުން ހުއްޓާލާފަ ރޮބޮޓް ވޮޗަރުން ބާތިއްބާ...
މިހާރު އިބޫ އާއި ލެޑިގަންނަނީ. ގާސިމު ނޫން މީހަކު މީނާއަށް ކަމަކު ނުދާނެ
ކުނިއަޅާ މީހާނަން ހާމަކުރީމާ ހީވާކަހަލަ އެމީހާލަދުން ދެންއެކަން ނުކުރާނެކަމަށް ކުރާނެ ފަހުންވެސް ކުރާނެ...ކުނިއަޅާމީހާ ބޮޑުއަދަ ދަކުންފައިން ކޮށްލަބަލަ ރާށްޖެތެރޭ މީހެށްނަމަ 6 މަހަށް މާލެނާދެވޭގޮތަށް ފޮނުވާލަބަލަ ސައިޒުވާނެ
ކިތަންމެ ނިކަމެއްޗަކަސް މަގުމައްޗަށް ކުނިއަޅާކަށަ ނުޖެހެއޭ
ދެން ކުނި އަޅަނީ ކީއްކުރަންހޭ، ގަސްތުގަ ނުބައިކަންކަން ކުރަންޏާ އެމީހުން ބޭޒާރުކުރަންޖެހޭ. މިހާރު ކަލޭތީ މަގުތަކަށް ކުނި އަޅާ މީހެއްހެން އެބަހީވޭ.
ކުނިކޮތަޅު މަގުމަތީ ބަހައްޓައިގެން މީހަކު މަރެއްނުވޭ. ބާރުސްޕީޑު ދުއްވާމީހުނާ ވައްކަމާ ޑުރަގުވިއްކާ މީހުންގެ ނުފޫޒު މިވަރުންފެނޭ.
ނިކަމެތި މީހާ ޖޫރިމަނާ ކުރުމުން މާ ދެރަވެ އިތުރަށް ނިކަމެތިވާނެ. މަގުމަށްޗަށް ކުނިއަޅާނީ އަމިއްލައަށް .އެކަން ހުއްޓާލާފަ ގޭތެރޭގަ ކުނި ބެހެއްޓިމަވެސް މަގުމަށްޗަށް އެޅުމަށްވުރެ ރަގަޅުވާނެ.އޭރުންވެސް އެހެން މީހުނަށް އުދަގޫ ނުވާނެ. ދެން އޮތްގޮތަކީ ސަރުކާރުން ކަޑައަޅާ ތަންކޮޅެއް ކުދަ އަގެއްގަ ކުރިއުކާދޭނެ ބަޔަކު ހޯދަން އިއްލާނުކޮށް ހުޅުވާލަންވީ. ވެންކޯއިން އަގު ކިޔަނީ މާބޮދުކޮށް..
އަމީނިއްޔާ ސްކޫލް ބޭރުފާރު. ކުލަލާން ފާރުގެ ހުރިހާ ކުލަޔެއް ކަހާފަ މަގުމައްޔައް ހުރިހާ ކުލަތައް އަޅާފައޮތް ތަންމީހަކައް ނުފެނޭތަ؟ އެއީ ކުންޔެއްނޫންތަ؟ ހަމަގައިމު އެތާ ކުލަލާން ހަވާލު ކުރީ ކޮންބަޔާކަން އެޑިއުކޭސަނައް އެންގޭނެ. އެކަންކުރި މީހުނާ އެކަންކުރަން ހުއްދަދިން މީހުންގެ ފޮޓޯޔާ، ނަމާ އެޑްރެސް ޕަބްލިކައް ހާމަނުކުރީ ސަރުކާރުން ކުރިކަމެއްވީމަތަ؟ މިހާރު ބެލިޔަސް ފާރުކަހާފަ މަގުމައްޗައް އަޅާފަ ހުރިކުނިތައް މިހާރުވެސް އެތާ އެއޮތީ، ބެލި ކޮންމެމީހަކައް ފެންނާނެ.
ކުނި. ޢެއީކޮން އެއްޗެއްތަ. ޢީ. ޕ އޭ އިންކުނިކަމަށް ބަލަނީ ކޮތަޅުގަ ހުރީމަ. ކޮތަޅަށްނާޅާ ހުރެއްޖެއްޔާ އެއީ ކުންޏެއްނޫން. ވަރިހަމަ މަގުތައްފުރެންދެން ބާމުދާ އޮތަސް.
މަގުމައްޗައް ކުނިއަޅާމީހުން ގެ ނަން ހާމަ ކޮއް ޖޫރި މަނާ ކުރުމަކީ ސަރުކާރުން ކުރަން ފެށި ވަރައްރަގަޅު ކަމެތް.
ބަލަ އަލީ ހުސައިން ތިބުނާ ރުއްގަސްކެނޑުން
މިކަންކަމަކީ ރާއްޖޭގަތިބިމުސްސަދިމަހުޖަނުންގެ
ފަރާތުން އަންނަކަންތައްތަށް މިސަރުކާރު އޮތީ
މަހުޖަނުންގެތަންދޮއްވެފަ އެހެންވީމަ އެމީހުންގެނަން
ހާމަކުރާކައް މިސަރުކާރަކަށް މިސަރުކާރަކަށް
ނުކެރޭނެ
ޢަލީ އަޅުގަނޑު އިހުތިރާމް ކުރަން... އެކަމަކު އެގޮތަށް މިކަން ކޮށްގެން ނޫނީ މިކަމަށް ހައްލެއް ނުލިބޭނެ