ވިލާ ކޮލެޖުން އައު ކެމްޕަހެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމަށް ކިޔަވާދެމުން ގެންދާ ވިލާ ކޮލެޖުން ހުޅުމާލޭގައި ހުޅުވި ކެމްޕަސް ހުޅުވާދެއްވީ ވިލާ ކޮލެޖްގެ ރެކްޓާ ޑރ. އަހްމަދު އަންވަރެވެ.

ހުޅުމާލޭގެ ރަބަރުގަސްމަގު ހަތެއްގައި ހުޅުވި ކޮލެޖު ކެމްޕަހުގައި މި އަހަރުގެ ފުރަތަމަ އިންޓޭކްގައި ކިޔަވާދޭން ފަށާނެއެވެ. އެގޮތުން އެ ކެމްޕަހުގައި މި އަހަރުގެ ޖެނުއަރީ މަހުގެ އިންޓޭކަށް މިހާރުވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި ކެމްޕަހުގައި މިހާރު ހުޅުވާލެވިފައިވާ ކޯސްތަކުގެ ތެރޭގައި ސެޓިފިކެޓް 3 އިން ބިޒްނަސް ސްޓަޑީޒް، ސެޓިފިކެޓް 4 އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސެޓިފިކެޓް 4 އިން އެކައުންޓިން، ސެޓިފިކެޓް 4 އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ބެޗްލާ އޮފް އާޓްްސް (އޮނާޒް) ބިޒްނަސް މެނޭޖްމަންޓް ވިތް މާކެޓިންގ ހިމެނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކޮލެޖުގެ ލާނިން ސެންޓަރު ގާއިމްކޮށްފައިވާއިރު، އަލަށް ހުޅުމާލޭގައި ހުޅުވި މި ކެމްޕަހާއެކު، އެ ކޮލެޖުގެ ކެޕްސްތަކުގެ އަދަދު ހަތަކަށް އަރާނެއެވެ.