މ. މުލީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަގުތު"އަށް ވިދާޅުވީ، މުލީގެ ޕާމަސީގައި މަސައްކަތް ކުރާ ފާމަސިސްޓަކަށް ތޫނު އެއްޗަކަުން ހަމަލާދީފައިވާކަމުގެ މައުލޫމާތު މިރޭ 19:57 ހާއިރު ލިބިފައިވާކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، އެ ބިދޭސީ މީހާއަށް ހަމަލާދިނީ ކާކު ކަމެއް އަދި ނޭގޭއެވެ. އޭނާއަށް މުލީ ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށްވެެސް އޮފިޝަލް ވިދާޅުވިއެވެ.
އެ ހާދިސާގައި ޒަހަމްވެފައި ވަނީ އުމުރުން 31 އަހަރުގެ އިންޑިއާ ރައްޔިތަކަށެވެ.
އޭނާއަށް ހަމަލާދީފައި ވަނީ ފާމަސީ ތެރޭގައި ހުއްޓާކަމަށް މައުލޫމާތު ލިބެއެވެ.
އެރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި، އއ ހަމަލާގައި މީހާގެ ވާއަތު އުޅަނބޮއްޓާ ދިމާލުން ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވެއެވެ. އަދި އެ މީހާގެ ހާލު ސީއަރަސް ނޫންކަމަށް އެ މީހާ ބުންޏެވެ.
މިކަހަލަ ކަންކަމަކާ އެއްޗެއް ނުބުނާނެ މިއުޅޭ އައިސިސް ގުރޫޕުގަނޑެއް. މީހަކު ސްޓްރަކްޗަރއެކޭ ކިޔައިފިއްޔާ ނިނަން ބާރަށް ފުންމައިގެން އަންނާނެ. މީ މިމީހުން މާ ގަޔާވާ ކަމަކީތަ އެކައްޗެއްވެސް ނުބުނެ ތިބެނީ
ބިދޭސޭން ގެނެއްސަ ތިހެން ނުހަދަބަލަ ދެރަކަމެކޭ
ތިވާނީ ގަންނަން ދިޔަ ބޭސް ނުވިއްކީ ކަމައް..ތި ރަށަކީވެސް މަސްތުވާ ތަކެތީގެ ބޮޑު ރަށެއް..
ކޮންމެސް ސްޓަންޓެއް ޖައްސައިގެން އިންޑިޔާސިފައިން ރާއްޖެއެރުވޭނެ މަގެއް ފަހިކުރަން ތިއުޅެނީ. ދިވެހިން ހޭއަރަންވެއްޖެއްނޫންތަ؟
ކޮންޓްރޯލް ޑްރަގްސް ވިއްކަނީ ކިހިނެއްތޯ ބަލާ ގަވާއިދު އިސްލާހް ކުރަން ފެނޭ ކޮންޓްރޯލް ނެއްޓުނީމަ ވާގޮތެއް ކަމަށް ވުންވެސް ގާތް
ބައެއް ފާމަސީ ތަކުން އޯޑަރަށް ކޮރެކްސް ޑީ އެވިލް ކަހަލަ ބޭސް ގެނެސް އަގުބޮޑުކޮށް ވިއްކުން މިހާރުން މިހާރަށް ހުއްޓުވަން އެބަޖެހޭ.