ދައުލަތް ހިންގަން މިހާރު މާބޮޑަށް ވެސް އެނގިވަޑައިގެންފި ކަމަށާއި ދެން ވައުދު ފުއްދަވާނަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދު އެންމެ ބޮޑަށް ވާހަކަދައްކަވާ މާލޭގެ ގެދޮރުގެ ދަތިކަމުގެ މައްސަލަ އާއި ގެދޮރުގެ މައްސަލަ ހައްލު ކުރުމުގެ މުހިންމު ކަމާއި ބެހޭގޮތުން އެމަނިކުފާނު ދައްކަވާ ވާހަކަފުޅު މިރޭ ވެސް ތަކުރާރު ކުރެއްވެވިއެވެ.

ނަޝީދު ވިދާޅުވީ މައިންބަަފައިންގެ މައިންބަފައިންނާއި ހަމައަށް ވަޑައިގަންނަވާ އިރު މާލޭގެ ކޮންމެ ކޮއްޓެއްގައި އުޅޭނީ ހަތަރު ވަރަކަށް އާއިލާ ކަމަށެވެ. ނަމަވެސް މިއަދު ކޮންމެ 100 އަކަފޫޓަކަށް ފަސް ހަމީހުންވެ އެންމެ ފަހުން މާމަ އިށީންދެގެން އިން ގޮނޑީގެ ކޮޅުފިލާ ވެސް ބަހާލައިފި ކަމަށެވެ.

"މި މިންވަރަށް ތޮއްޖެހިގެން އުޅުމަކީ ތަރައްޤީ ވެފައިވާ ގައުމުތަކުގައި ކުކުޅު ހާލަށް ވެސް މަނާކަމެއް. މިހާލަތައް އައުމުގައި އެންމެން ޒިންމާވާން ޖެހޭ. ދިވެހިންނަކީ މިއަދު ފުދިފައި ތިބި ބައެއް. އަޅުގަނޑުމެންނަށް ހައްޤު މިންވަރު ހޯދައިދޭނަން." ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަޔާތް ހިންގަނީ އިވޭ އަޑުތަކަށް ބަލާފައި ސިޔާސަތުތައް އެކަށައަޅާ އެސިޔާސަތުތައް ތަންފީޒު ކުރަން ކަމަށާއި އެމްޑީޕީ އަށް ވުރެ ވަކިން ފުރިހަމައަށް ވައުދުތައް ފުއްދޭނެ ބަޔަކު ނުތިބޭނެ ކަމަށެވެ.

"މާފަންނުގެ މިސަރަހައްދަކީ މުޅި ދުނިޔެއަށް ބެލި ނަމަވެސް އަކަފޫޓެއްގަައި އެންމެ ގިނަ މީހުން ދިރިއުޅޭތަން. އަޅުގަނޑުމެން އަންނަން އޮތް ޖީލްތަކަށް ބޯހިޔާވަހިކަން ހޯދައި ނުދީފިނަމަ މިމާލެއަކު ދިރިއުޅޭވެކަށް ނޯންނާނެ. މިހާރު 100 އަކަފޫޓްގައި އުޅޭ ފަސް އާއިލާގެ ކުދިންނަށް 100 އަކަފޫޓް ބަހަން ޖެހުނީމާ މާލެއެއް ނޯންނާނެ." ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފަނޑުފަނޑުކޮށް ނަމަވެސް ބޭނުންވާ މަންޒަރު މިހާރު ދަނީ ފެންނަމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މިކުރިމަތިލަނީ ދަރަނި އަދާކުރަން ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން ނަޝީދު ވިދާޅުވީ މަޖިލިސް 2019 އިން ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަން ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވައުދުތަކަކީ "މިނާފައި، ކިރާފައި" ހުރި ވައުދުތަކެއް ކަމަށާއި އެވައުދުތައް ރަނުން ރަނަށް ފުދިގެންދާނެ ކަމަށެވެ.

ރައްޔިތުންގެ އުދާސްތައް އަޑުއަހާފައި އެއުދާސްތައް ތަންފީޒު ކުރެވޭ ސިޔާސަތުތަކެއް އެކަށައަޅާފައި އޮތީ ހަމައެކަނި އެމްޑީޕީގައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. Anonymous

    ހަޖާމްބޭބެގެ ކަމަކީ ކޮސްގޮވުން.

  2. Anonymous

    އެހެންވީމާ ކުރިން ދައުލަތް ހިންގުމާ ހަވާލުވީ ކީތްވެ؟ މިއަދު ދައުލަތް ހިންގަން ދަސްކުރަންތަ؟ ކައްޒާބު

  3. ދިސްއިޒް

    ދައުލަތް ހިންގަން މިހާރު އެނގޭ، ދެން ވައުދު ފުއްދާނަން ކަމަށް ކެނެރީގެ ނަޝީދު ބުނި ނަމަވެސް އޭނާ އަކީ އެއީ ދުވަހަކު ވެސް އަދި ވެސް އަތުން ފައިން އެއްވެސް މަސައްކަތެއް ކޮށްގެން ކައިގެން ބޮއިގެން އުޅުނު މީހެއް ނޫނޭ އޯއް ކާންޓް ބިލީވް ޔުއަރ އެކްސްޕީރިއެންސް ޓްރެކް ރިކޯރޑްސް އަމިއްލަ މާދަރީ ބަހުން ލިޔެފައި ހުންނަ ތާނަ ލިޔުން ވެސް ހީވަނީ ވާލު ބުޅި ގަނޑެއްގައި އަޅުވާފައި ހުންނަހެންނޭ މަމެން ގޭގައި އުޅޭ ގުރާ ވެސް ބުނަނީ އެ ސޮރު ވެސް ތަމެންނަަށް ވުރެން މޮޅަށް ލިޔާނެ ކަމަށް އެސޮރުގެ ފައިގެ އިނގިލި ތަކުން ނަމަވެސް އައި ފީލް ސޯ ހެޕީ އޮން ދިސް ދިސް އިޒް ރިއަލް ރިއަލް އިޒް ދަ އީޒިއެސްޓް ތިންގް ޓު ބިލީވް ދިސް އިޒް ރިއަލް ރިއަލް އިޒް ދަ އީޒިއެސްޓް ތިންގް ޓު ޑޫ..

  4. އައްޔު

    ކާކުތަ ރައީސްއަކީ ވައުދު ފުއްދަން ޖެހެނީ ރައީސް ސޯލިހަށް ނޫންތަ ކުރީގެ ރައީސް ނަޝީދު ކޮންއިރަކު ވައުދެއްވީ ވައުދު ފުއްދަން.... ކޮންފިއުސްވެއްޖެ ކާކުހޭ ރައީސަކީ؟

  5. އެމްޑީޕީބޭބެ

    އަމިއްލަ ކޮއްކޮގެ ވާދަވެރިޔާގެ ކެމްޕޭނަށް ވެސް އެމަނިކުފާނަށް ވަޑައިގަންނަވަން ކެރިވަޑައިގަންނަވާނެ އިނގޭތޯ. އެއީ ހިތްވަރުގަދަ ހިތްތިރި ލީޑަރެއް.

  6. އަބްދުލާ

    ކަލޯ ރައީސް ޔާމީނޫ އެތީ ތަކަމަށް ހައްލު ހޯދާފަ މަހާޖައްރާފެއް ހޯދާ ބިންހިއްކާ

    2030 ވަނަ އަހަރު މުޅިރާއްޖެއިން ބޯހިޔާވެހިކަން ފިލުވާލާފަ. ދެން ޖެހޭނީ އެމަގުން

    ހިނގަން ފޮނިނުކަނޑާ ކަލެއަކީ ބޯހިޔާވެހިކަމުގަ ހުޅުޖަހަން ދަންނަ މީހެއް. ކަލެއަށް

    ވާނީ އެކަން.

  7. ފުތާބެ

    މީނަޔަށް މިދައުލަތުގެ ހިނގުން ހަވާލު ކުރީ ކޮންއިރަކު ކާކުބާ

  8. ސާންތި

    ނަޝީދުގެ އަނގަ މިހާރު ދިވެހިންނަށް އިނގޭނެ. ފުއްދަނީ ދޮންކުދިންނަށް ވެފައިވާ ވައުދުކަންވެސް އިނގޭނެ

  9. އިބޫ

    ކަލޯ ތީތަ ރައީސަކީ؟ ކޮސް ނުގޮވާ މަޖިލީހަށް ހޮވޭތޯ ބަލާ.!!

  10. محمد علي شفيق بن عبد الله

    އަދިވެސް މާލެ. ސާބަސް ކަލޭމެނަށް. ބަލަގަ މިޤައުމުގަ އެހެން ރައްޔިތުން ނޫޅެނީ ބާ ؟
    މޮޔަވަނީ. ދުނިޔެއާ މުދަލާ ވެރިކަމާ ހެދި އާވާރާވީ.

  11. ރަންނަމާރި

    މި ކެނެރީގޭ ނަޝީދަށް ހީވާކަހަލަ ތިމަންނައަކީ މިޤައުމުގެ ވެރިމީހާޭ ނުވަތަ ދިވެހި ޤައުމަކީ ނަޝީދުގެ ތަރިކަ މުދާގަނޑެކޭ ކިހާބޮޑުކަމެއްމީދެން މީނާގެ ބަލާވެރިކަމާހެދީ މިޤައުމު ކުރިޔަށްދިޔަކަ ނުދޭނެ މީ މިޤައުމަށްދިމާވެފައިވާ ބޮޑު ބަލާއާ މުސީބާތެއް ރައްޔިތުންގެ ހަޒާނާއިން ކޮންމެ މަހަކު އެތަށްހާސް ރުފިޔާއެއް ޙައްޤު ނޫންގޮތުގައިނަމަވެސް ލިބޭއިރު މައިތިރިވެ ނުހުރެވިގެން ދެފައިގަ ރެވިތޮޔޮ އުނގުޅައިގެން އުލޭ މީހަކުހެން އެހެރަ ތެޅިފޮޅެނީ މިޤައުމު ހަލާކުކުރެވުނުވަރު އަދިވެސް ކުޑައީބާ؟ އޮޅުވާލައިގެން ވެރިކަން ހޯދި އެކަމަކު އެ ވެރިކަމުގެ ނުހުރެވުނު ލޮނދި ހިކައެއްހެން އަތުން ދޫވެއްޖެ 5 އަހަރު ވެރިކަންކުރީމާ ލިބޭ އިނާޔަތާ ހިމާޔަތް 2 އަހަރު ބައިގަ ވެރިކަންކުރީމާ އެބަލިބޭ ދެން ކޮންއެއްޗެއް ނުލިބިގެންބާ މި ތެޅެނީ މެމްބަރުކަން ހޯދާންވެގެން؟

  12. ޢޯޓިސްޓިކް ބޯއި

    ކަލެޔަކަށް ނޭގޭނެ ވެރިކަން ކުރާކަށަ. ރޔ އަދި މައުމޫނު އަދި ޑރ. ޥަހީދުމެންގެ ހުރި ކަހަލަ ގަޓެއް ނުހުންނާނެ.
    މިހާރު 3 ރިސީޓާއި 3 ލެޕްޓޮޕުން ވެރިކަން ހިންގިދާނެހެން ހީވަނީތަ ؟

  13. ޔާމީނު

    ކަލޭގެ އެއްވެސް ވައުދެއް ބޭނުމެއްނޫން.. އަބްދުއްﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ހުކުމް ތަންފީޒު ކުރަން ޖަލައް ވަޑައިގަންނަވާށެވެ.

  14. މޫސާ

    ތީ މީހުން މަގުފުރައްދައިގެން އުޅެން އުޅޭ މީހެއް!

  15. މަސްވެިރިޔާ

    މިފަދަ ހާލަތެއް މާލޭގެ ރައްޔިތުންނަށް ކުރިމަތި ކުރުވި އަނިޔާވެރިޔަކީ ރ.މައުމޫން. ނުވަތަ އެމަނިކްފާން އަރިހުގައި މަސައްކަތްކުރި އަބުދުﷲ ޝާހިދުއާއި ޒަކީ، މުހައްމަދު ހުސައިން ފަދަ ބޭފުޅުން.. ރައީސް ޔާމިން މިހާރުވެސް ވަނީ 5800 ފުލެޓް ހުޅުމާލެ ފިޔަވަހި 2 ކުން މާލޭގެ ރައްޔިތުންނަ ދީފަ، މިސަރުކާރުން އެތަންތަން ހެޔޮނިޔަތުގަ ހަވާލުކޮށްދީ. ރައީސް ނަޝީދަކީވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ވަރަށް އިސްކަން ދެއްވާ ލީޑަރެއް. ބަޓް ރިއަލިޓީ % ވަރަށް ދަށް... 2 ލީޑަރުންތިބީ. ރ.ޔާމިން .. ރ.ނަޝީދު..

  16. މޫސަ

    އެމްޑީޕީ މީހުން އެފަދަ ރަސްމިއްޔާތު ތަކަށް ސޯލިހުބެ ނުގެންދަނީ ކީއްވެބާ

  17. ސަޓޯ

    މާނައަކީ ކަލޭ އަތުން ވެރިކަން ގެއްލުނީ ހަމަ ކަލޭގެ ގަޅިކަމުންނޭ... ދޯ.. ބީތާ... ހުރި ލަދުހަޔާތް ކުޑަކަން.. އަދި ފުލުހުންގެ ބޮލަށޭ ކަނޑާލީވެސް..

  18. ފަހުމީ

    ކާކު ދަސްކޮށްދިނީ އެއުޅޭ އިގޭރިސި މީހާތަ!

  19. އުފް

    ކަލެ އަށް އިނގޭނީ ރޯކުރަން، އަލިފާން ބެ ތީ. ތީ ޤައުމުގެ ބޮޑު މުސީބާތް، އަނގަނުތަޅާ މި ޤައުމުން ފައިބައިގެން ކަރަ ކަރާގައި ރާބޮމުން ދުވޭ، ކަލޭ ތީ މިހާރު ފައިފުއްސެއް،

  20. ޙިޔާލް

    ބޮޑުވަޒީރަށް ދައުލަތް ހިންގަން އެގޭނެ ދެތެއް ތޯ!!!

  21. ޙަސަނު

    ގެރި ނަޝީދޫ ކަލެއަކަށް ނުވާނެ އެއް ކަމެއްވެސް

  22. ޑިމޮކްރަސީ

    ވައުދޭ! މާލެ މަގުތަކަކީ ރައްކާތެރި ހިއްފަސޭހަ ތަނަކައް ހަދާނަމޭ ބުނެ ވީ ވަޢުދު ކޮބާ. ކުނި ކޮތަޅު ބަލާމީހުން އުޅޭ. މާލޭގަ ކޮޅުބެދިފަ ހުންނަގޯޅިތަކަކީ ގުދަނަށްވެ ބާމުދާ ގިނަވެ އެތަންތަނުގަ އުޅޭމީހުންނަ ބޮޑު އުދަގުލަކަށް ވެއްޖެ ނުވިތާކަށް ޑަސްޕިންނާ ކުނިކަހާ ފިގަޑު މޮޕްވެސްބަހައްޓާ. ރައްޔަތުން ފައސާއިން މުސާނަ ދީފަ ތިބޭ ކައުންސިލަރުން ކުރަނީ ކީއްތަ. ޢެތަންތަނުަގަ ބާމުދާބަހައްޓަން ހުއްދަދިނުންތަ.؟

  23. ޢެކަނޑަމީ

    ކޮސްގޮވާ މީހާ ކޮސްގޮވުމުގެ އާމަރުހަލާއެއް ފެއްޓީދޯ ވެރިކަން ހިންގަނީ ބުއްޅަބޭތަ ؟ ނޫނީ ސޯލިބޭތަ ވެރިކަންހިންގަން މިހާރު އެނގެއޭ ބުނިއިރު ވެރިކަމުގަ ހުރިއިރު ގަތްބިރުން ވެރިކަމުންފައިބައިގެން ދިޔަގޮތް ރައްޔަތުން ތިބީ ބަލާފަ ދެންރައްޔަތުން ކައިރީގަ ކޮންދޮގެއް ތިހަދަނީ ކަލެޔަކީ ކައްޒާބެއް.

  24. ހުސޭނާ

    ދެންވެސް ނޭނގޭނެ ަހަހަހހަހަހ ހާ ދަ ބޯގަމާރާ ދަ ރޯނު އެދުރު

  25. މައިބަދަބެ

    ގައުމެއް ބަސްކިޔޭ ވެރިން ގެ ފެންވަރުގެ މަގާމުތަކަށް "ސަފީހުން"( ދެއުޅިއެއްނުވާ މީހުން ) އިސްކުރުމަކީ ގިޔާމަތުގެ އަލާމާތް ތަކުގެ ތެރޭގާއި ހިމެނޭކަމެއް. އޭތް ލޮބުވެތި މުއުމިނުން ނޭވެ އެއް ހަރަކުން ދެފަހަރު ކަށިޖެހިޔަ ނުދެއްވާތި. ކޮކަޑިކޭ މީދާ ވާރޭފެން ބޮއިގެ ގަދަވީމާ ކުރިޔަށް ވުރެ ނުލަފާވާނެ.އުދާގޫ ބޮޑުވާނެ. މިހާރު ނުވިސްނި ވިސްނުމެއް ފަހަކުން ނުވިސްނޭނެ. ވަގުތު ފާެއިތުވުމުގެ ކުރިން ފިޔަވަޅުއަޅުއްވާ. ވިސްނާ ނުލާކޮށްފި ކަމަކުން އެންމެފަހަރަކު ދޭހުގާއި ހިތިކަރުނަ އޮއްސަންޖެހި ދެޔޭ އުމުރަށްމުޅިން. ގިރިޓީ ދަޅާއިން ދައްކާ މަންޒަރުތަކުން ގައުމު އޮޔާދިޔަނުދެއްވާ. ހުރިހިތާމައެއް ގެ ބޮޑުކަމާއެ.

  26. އަބޯ

    ކަލޯ ކަލޯ ކުރިން ވަޑާންގެއެއް ހިންގީމުތަ ބަގުރޫޓްވީ އުތަ ؟ކަލޯ ކަލޯ ކުރިން ކުންފުންޏެއް ހިންގީމުތަ ބަގުރޫޓްވީ އުތަ ؟ކަލޯ ކަލޯ އަށް ގައުމެއްގެ ރައީސްކަން ލިބުނަތަ ؟ އައިއެމްއެފުން ބުނީ ބަގުރީޓް ވަނީއޭ ބުނީމަ ހުރެފާ އިސްތިއުފާދިނީ އުތަ ؟ މިހާރު ކިރިޔާ އުތަ ގައުމު ހިންގަން ތިޔަ އެގުނީ ފިލާވަޅު ދަސްކޮށްދިން އެދުރަކަށް މިވީ ޔާމީނު އުތަ ؟މިހާރު ޔާމީނު ކުރި ކަންކަން އެންމެނަށް ހަމަ އެބަރަނގަޅުވޭ . ސާބަސް ޔާމީނު.

  27. ނުރަބޯ

    ދައުލަތެއް ހިންގާކަށް ކުރިއަކުންވެސް ނޭނގޭ އަދި ދެންވެސް ނޭނގޭނެ. ތިޔަހިންގަނީ ދައުލަތެއްތަ، މިއަދު ދިވެހިދައުލަތެކޭ ސައިހޮޓަލެކޭ އެއްގޮތް ހޮޓަލުގެ ސޭޓު ބޭނުންހާ ގޮތެއްހަދަނީ.