މިސްކިތަކީ ހުތުރު އިމާރާތެއް ކަމަށާއި ކިންގް ސަލްމާން މިސްކިތް، ވެލާނާ އެއާޕޯޓްގެ ރީތި މަންޒަރަށް ހުރަސް އަޅާކަމަށް އައިޝަތު އާނިޔާ ބުނުމުން އޭނާއަށް ތަފާތު އިންޒާރުތައް ދެމުން ދަނިކޮށް މީސް މީޑިއާ މެދުވެރިކޮށް އިންޒާރުތައްދޭ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ވަކި މައްސަލައެއް ފާހަގަ ނުކޮށް ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ވިދާޅުވީ ދާދި ފަހުން މީސް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދެކެވުނު ނަފްރަތު އުފައްދާ ވާހަކަތަކާއި އިންޒާރުތަކުގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

"މިމައްސަލަ އަޅުގަނޑުމެން ތަޙްޤީޤު ކުރަމުންދާއިރު ދެފަރާތުން ވެސް އިހްތިރާމާއި އެކު ވާހަކަދެއްކުމަށާއި އިންޒާރުތައް ނުދިނުމަށް އެދެން." ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޓްވިޓާގެ ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލުން ދެއްވާފައެއް ނުވެއެވެ. ނަމަވެސް ފުލުހުން އިޝާރާތް ކޮށްފައިވަނީ ނަފްރަތު އުފެދޭ ވާހަކަތަކާއި އިންޒާރުގެ ވާހަކައަށް ކަމަށްވާތީ އެއީ އާނިޔާ އަށް އިންޒާރު ދިން މައްސަލަަކަން ކަށަވަރު ކުރެވެއެވެ.

އާނިޔާ ވަނީ ދީނީ ދަރުސްތަކުގެ ސަބަބުން ފިތުނަ އުފެދޭ ކަމަށް ވެސް ބުނެފައެވެ. އާނިޔާގެ ވާހަކަތަކާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިން ދެއްކެވި ވާހަކަފުޅަށް އާނިޔާ ވަނީ ރައްދު ދީފައެވެ. ބައެއް އިލްމުވެރިން ވަނީ އާނިޔާ ދެއްކި ވާހަަކައިގެ މާނަ އޮޅުވާ އޭނާ އަށް އިންޒާރު ދީފައި ކަމަށް އާނިޔާ ތުހުމަތު ކުރެއެވެ.

"މިނިވަން 97" ގެ ނަމުގައި ރޭޑިޔޯ ސްޓޭޝަނެއް އާނިޔާ ހިންގަމުންދާއިރު، 2007 ވަނަ އަހަރު ނެރުނު "މިނިވަން" ނޫހުގެ އަދަދެއްގައި އާނިޔާ ލިޔުނު ލާދީނީ ލިޔުމެއްގެ ސަބަބުން އޭނާވަނީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހަށް ހާޟިރު ކޮށްފައެވެ. އޭނާ ވަނީ ބުރުގާ އެޅުމާ ދެކޮޅަށްވެސް ވާހަކަ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޜޯނު

    ޙަމީދުއަށް މި ފަސް އަހަރު ކަށަވަރު ވާނެ ހުރިހާކަމެއްވެސް!

  2. ޖޮއްބެ

    ސުބްޙާނަﷲ. ގައުމު މުޅިން ހަލާކުވެއްޖެ. އިސްލާމް ދީން ދިފާޢުކުރަން ތިބިމީހުންކަމަށް ބުނާމީހުންނަށް އިސްލާމްދީނަށް ކުރެވޭ ފުރައްސާރަ ބަލާކަށް ނުކެރޭ. ނޫނޭވާ ކަލޯމެންނަށް ތިޔަތިބީ ދީން ހިމާޔަތް ކުރެވިފަ.

  3. ޖަޒީރާ

    އާނިޔާ އަށް އިންޒާރު ދިން މައްސަލަ ފުލުހުން ބަލަން ފަށައިފި، އެކަމު ދީނަށް ކިތައްމެ ވަރަކަށް ފުރައްސާރަ ކުރިޔަސް އެ މައްސަލަ އެއް ނުބަލާނެ.

    • އިމް

      އަސްލްވެސް އެއީ ކީއްވެތަ؟ އިންޒާރު ދިން މައްސަލަ ބަލަންޖެހޭނެ ކަންނޭނގެ ވަﷲ އަޢުލަމް. އެކަމް އާނިޔާވެސް އެގޮތަށް ޓުވީޓް ކޮށްގެން ނުވާނެނު. އެއީ ކުށެއް ނޫންތަ؟ އޭގެ ސަބަބުން މީހުންގެ ވިސްނުމައް ކުރާނެ އަސަރުތަށް ވިސްނާލަމާ

  4. ލާދީނީ ސަރުކާރު

    ހުރިހާ ލާދިނީ ބައިގަނޑަށް ހިމާޔަތް. މި ލާދީނީ ސަރުކާރު އައިފަހުން ލާދީނީ ބައިގަނޑު އުޅޭތަން ފެންނަނީ ހިތުހުރި ގޮތަކަށް. ހީވާކަހަލަ މި މީހުންނަށް އެއްވެސް ކަމެއް ނުވާނެޔޭ. ފުލުހުންނަށް މާބޮޑު ކަމަކަށް ވެސް ނުވާނެ އެހެނަސް ﷲގެ ކުޅަދުންވަންތަކަން އެއަށްވުރެ މާބޮޑު.

  5. Miadhu

    ލާދީނީ މީހުންނަށް ބިރުދައްކާ އިންޒާރުދިނުމުން އެކަން ބަލާކަށް ނުޖެހެ ހަމައިންޒާރުވެސް ދޭންވީ ހަމަލާވެސް ދޭންވީ

  6. ކޮލެޖް

    އިބޫގެ ސަރުކާރަކީ އަބަދުވެސް ލާދީނީމީހުންގެ ހިމާޔަތުގައި އޮންނާނެ ސަރުކާރެއް.

  7. މަޒީނާ

    ލާދީނީ ނަޖިސްތައް ފެންމައްޗައް އަރަނީ މިބާވަތުގެ ހިމާޔަތް ފުލުހުން ދޭތީވެ.

  8. މަޒީނާ

    ފުލުހުން ހީކުރަނީ މުސްލިމުންގެ ގައުމެއްގަ މުސްލިމުންގެ ތެރޭ މުސްލިމުންނައް އެންމެ މަތިވެރި ބިނާއައް މީހަކު އިހާނެތި ބަސް ބުނީމަ އެޔައް މުސްލިމުން ރައްދެއް ނުދޭނެކަމައްތޯއެވެ.. އަދި ދީނުގައި މިފަދަ މީހުންނައް ރައްދު ދިނުން ނޯންނަކަމައްތޯއެވެ.

  9. ޥަޒާއިލު

    އިބުރާހިމް ސޯލިހުގެ ވެރިކަން މިހިސާބުން ކަފުންވެއްޖެ އެވެ.

  10. މޫސާ

    އެމް.ޑީ.ޕީ. ގެ އަޞްލު ސޫރަ ތިފެންނަނީ.

  11. އިސްލާމީ ދަރިއެެއް

    އާނިޔާއަކީ ވަރަށް ނުރައްކާތެރި މީހެއް ! ސީދާ ފާޅުގައި އިސްލާމްދީނާއި ޚިލާފު ވާހަކަތައް ދައްކަމުން ދާމީހެއް. އެންމެ ފުރަތަމަ އޭނާގެ މައްސަލަތައް ބަލަން ޕޮލިހަށް ގޮވާލަން.

  12. ފޯއްބެ

    މި އުޅުއްވާ އެންމެހައި ސޭކުން ކޮބައިތޯ!!!

  13. އީސާ މަސީހު

    އާނިޔާ ދީނަށް ހުތުރުބަހުން ބޭނުން ގޮތަކަށް ގުވަމުން ދާއިރު ފުލުހުން ބަހެށް ބުނެލިނަމަދޯ ކަމެށްގޯހުން ގޮސް އަތަށް ގުވީމަ ތެޅިބާލަނީ' މީހުންގެ އަބުރު ކަތިލާ އިރުވެސް އޯކޭ އޭމިނިވަންކަން ރިވެތި އަހުލާގެށްނެށް އެމީހަކު ހިތުހުރި ގޮތަކަށް އުޅެންވީ ސަރުކާރާ ނުބެހެންޏާ އޯކޭ

    • ރުޒާނާ ޗޮއްޕަޓު

      "ކިނބޫ" އޭ މީހަކު ހަމަ ގޮވާލާއިރަށް ފަހަތުން ދުއްވައިގަންނާނެ ތިމީހުންގަނޑު. އަހަރުން މިހާރު ހިފައި ގެންގުޅޭ ތެލި ތަށްޓަށްވެސް ކިޔަނީ ކިނބޫ. ދެން ދުވާލަކު ހަ ފަހަރަށް ހާޒިރު ކޮށްބަލަ. ހަމަ ކިޔާނަން.

  14. އުފް

    އާނިޔާ އަކީ ދީން ގަބޫލް ކުރާ މީހެއް ނޫން، ފުލުހުން މޮޔަގޮވަނީ ވަޒީފާ ގެއްލިދާނެތީތަ، ؟ ދީނަށް ފުރައްސާރަ ކުރީމަ އެކަން ނުބަލާ އެހެން ކަމަކާ ތިއުޅެނީ، ކިނބޫ ގެ ވަތުކިބައެއް ދޯ އާނިޔާ އަކީ، ލޮލް

  15. ކަންނެލި އޮޑި

    ރީނދޫ މުރުތައްދުންނަށް މިއޮތީ ރަން ޒަމާން އައިއްސަ.

  16. ސަޓޯ

    ވެލަޒިނީގެ ޕާރޓް ދޭއް ދޯ މިއުޅެނީ ހާނިޔާ !!

  17. ޏަމްޏަމް

    ފުލުހުން ތިތިބަ ޖަރީމާހިންގަނީ ފުލުހުންނޭވެ ކަލޭމެން އެންމެން ތައުބާވުމަށް ގޮވާލަން އާނިޔާއަށް ޓަކާ އިސްލާމްދީންވެސް މުގުރާލަނީތަ؟ހެޔޮނުވާނެ ކަލޭމެން އެންމެން ބަންޑާރަ ކޮށީގައީ ޖަލްސާއެއް ބާއްވާ ރައްޔަތުންގެ ކުރިމަތީގަޢި ﷲ އަށް ތައުބާވޭ!!!!!

  18. ބބބ

    އަލައްތަ މީހަކައް އިންޒާރު ދީގެން ތި އުޅެނީ ރައީސް ޔާމީން އިންޒާރު ދިނީމަވެސް މައްސަލަ ނުބަލާ ހާމާނައް ވުރެ ފިރު އައުނައްވުރެ ނުބައި މީހަކައް ހެދި ތި އުޅޭނީ

  19. ލިސް

    މުސްލިމުން އުޅޭ މުޖުތަމައުއެއްގައި... މުސްލިމުންގެ ދީނަށް ފުރައްސާރަ ކުރީމާ... މުސްލިމުން ރުޅިއަންނާނެ. މީހަގީގަތަކީ.. އާނިޔާ އަދި އިބުރާގެ މިކަހަލަ ކަންތައްތައް އިސްލާހުކުރަން ޖެހޭ... އެއީ ވެރިމީހާގެ ޒިމްމާއެއް... #ދީނަން ފުރައްސާރަކުރުން ބަލެއްނުގަނެވޭނެ.

  20. ގޯސް

    ދީނަށް ފުރައްސާރަ ކުރާމީހާ އެކުރަނީ އޭނާގެ ވެސް ދީނށް ފުރައްސާރަ. ދީނަކީ ތިމާގެ އަމިއްލަ އެއްޗަކަށް ހަދަގެން މީހުންނަ އިންޒާރު ދީ މީހުން މެރުމަކީ ވަރަށް ވިޔާނުދާ ނާތަހްޒީބު ކަންތަގަނޑެއް. ޢެޔަކީ ދީނަށް ކޮށްދޭ ކަމެއް ނުން. ޢެޢީވެސް ނުސީދާކޮށް ދީނަށް ކުރާ ފުރައްސާރައެއް ނުންބާ

  21. ޖޯބެ

    އޭ ޕޮލިސް... އޭ އެމްސީ ހަމީދޫ ކަލޯ މެނަށްވުރެ އެއްލޯ ޖައުފަރައް ވެސް މާރަގަޅައް ފެނޭ.. ތި ހާނިޔާގެ މައްސަލަ ބަލާ... އެހެންނޫނީ ކަލޯމެނަށްވެސް އިންޒާރު ދޭނަން