އަންނަ އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް )ޕީޖީ) މުހުތާޒު މުހުސިން ނިންމަވައިފިއެވެ.

އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް މުހުތާޒު މިހާރު ގެންދަވަނީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. ނަމަވެސް އޭނާ ވާދަކުރައްވަން ނިންމަވާފައިވާ ދާއިރާއެއް މައުލޫމާތު ދެއްވި ފަރާތުން ހާމަކުރައްވާފައެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި 17 އަހަރަށް ޖަލަށްލި ނަމަވެސް މިދިޔަ ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު ހައިކޯޓުން ވަނީ މުހުތާޒުގެ ޖަލު ޙުކުމް ބާތިލްކޮށް އޭނާ މިނިވަން ކޮށްފައެވެ. އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން އެ ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޖޫން މަހު 9 ވަނަ ދުވަހު އެވެ.

އެމައްސަލައިގައި ތަޙްޤީޤަށް ހައްޔަރު ކުރި ދުވަހުން ފެށިގެން މިނިވަން ވުމާއި ހަމައަށް މުހުތާޒު ވަނީ ޖަލުގައި ދެއަހަރާއި ނުވަ މަސް ދުވަސް ހޭދަކުރައްވާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމާއި ހަމައަށް މުހުތާޒު ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށެވެ. ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވި ދުވަސްވަރު މުހުތާޒު ފާހަގަ ކުރެވުނީ ބޮޑެތި މައްސަލަތައް އެހެން ފަނޑިޔާރުންނާއި ހިލާފަށް، ސުވާލު ނުއުފެދޭ ގޮތައް ނިންމެވި ގާޒީއެއްގެ ގޮތުގައެވެ.

ޔާމީންގެ ވެރިކަމުގައި މުހުތާޒު ޕީޖީގެ މަގާމަށް އައްޔަން ކުރެއްވީ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ވެސް ޕީޖީގެ މަގާމަށް ކުރިމަތިލައްވާފައި ވަނިކޮށެވެ. އެހެންކަމުން އެއީ މުހުތާޒުގެ ގާބިލްކަމާއި މެދު ޔާމީން ސުވާލު ނުއުފައްދާ ކަމުގެ ހެއްކެތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ.

މަޖިލިސް އިންތިޚާބު ކައިރިވަމުން އަންނައިރު ވަރަށް ގިނަ ބޭފުޅުން މިހާރު ގެންދަވަނީ މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ގޮޅާބޯ

  މުހުތާޒަކީ ފަނޑިޔާރުކަމުގަވެސް ވަރަށް ކުޅި ކުޅުއްވި ބޭފުޅެއް އެކަން ކުރެއްވިލެއް މޮޅުކަމުން ޔާމީން ހިތްޕުޅާވެގެން ޕީޖީގެ މަޤާމަށް ގެންދެވީވެސް ޔާމީން ބޭނުންހާކަމެއްކޮށްދެއްވާނެކަމަށް ވަޢުދުވެގެން އެންމެ ފަހުން ޔާމީނަށްވުރެ ގިނަ ހަދިޔާ ލިބުމުން އެދިމާޔަށް ދީލާލުމުން ޔާމީނު ލަނޑު ދިނީ މިކަހަލަ ބޭފުޅުން މަޖިލީހަށް ވެއްދީމާ ދެންވާނީ ކިހިނެއްބާ؟؟؟

  • ގޮޅާބޭ

   މާބޮޑަށް އެނގިފަ ތިހިރީ

   • ހީނާ

    ސޭމް ޓު ޔޫ !!

   • ލޯކަލް މީހާ

    ތެދަކީ ގިނަފަހަރަށް ހިތި އެއްޗެއް ހަޖަމް ކުރަން އުދަގޫ ވެ ދާނެ.

 2. ނައުޝާދު

  އޯގާތެރި ހިންހެޔޮ ބޭފުޅެއް!. އިލްމާއި ހިލްމު ހުރި ބޭފުޅެއްވެސްމެެ.

 3. ޚ

  ޚިޔާނާތު ގެ ލާރިގަނޑު ހުސްވީ ބާަ؟

 4. ބެއްޔާ

  މަޖްލިހަށް ގާބިލެއްނޫން. ގިނަ ފައިސާލިބޭ ކޮޅަކަށް ދީލާލާމީހުން ކަމަކުނުދާނެ. ނަޝީދު ބުނެފަ އޮތީ 19ވަނަ މަޖްލހަކީ ވަގުންހިފާ ނަޒާހާތްތެރި މަޖްލިހަކަށްވާނެކަމަށް. ވަގުން މަޖްލހަށް ވަނީމަ ދެން ހިފާނެ ވަގެއް ނުހުންނާނެ.

 5. އިޚްތިޔާރު

  ރައީސް ޔާމީން ހައްޔަރު ކުރުމަށް ނެރުނު ކޯޓްއަމުރަށް ބެލުމުން އެނގޭކަމަކީ، ޤާނޫނީ ޢިލްމުގެ ތެރެއިން ލިބިފައިވާ މިންވަރުން ނުފުދޭކަމެވެ. އެއްވެސް ލިޔާޤަތެއް، ޤާބިލުކަމެއް އެއަމުރުގައި ނުވާކަމެވެ.

 6. ޟޮހަހި

  ރަގަޅު ބޭފުޅެއް