ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ފުރަތަމަ ވިދާޅުވީ ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ ހާދިސާ ހިނގައިގެން އުޅުނު ސަރަހައްދަށް ސިފައިން ދިޔައިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓް ކޮށްފައި ވަނީ 23:37 ގައި ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ކާރަށް ލިބުނު ގެއްލުންތަކުގެ ތަަފްސީލެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގިނިކަނދު

    ތިޔަ ތަންކޮޅެއް މަޑުން ދުއްވީމަ ވީކަމެއްކަމަށް ލަފާކުރެވެނީ ކާރުތަކާ ސައިކަލްތައް އެދާ ބާރުމިން ހިތައްއެރިޔަސް ބިރުން މޭގަނޑު އަތަށް އަންނަވަރުވޭ މިރޭވެސް ހުޅުމާލެއަށް ދަނިކޮށް އަރިކަށިދަށުން އަރައިގެން ދިޔަސައިކަލެއްގެ ދުވެލި މަޑުކަމުންނާ އެސައިކަލުގެ އަޑު ކުއްލިޔަކަށް އަރިކަށިދަށުން ކަންފަތުގަޖެހުމާއެކު ސިއްސައިގެން ގޮސް ނުރައްކާތެރި ހާދިސާއެއް ހިނގުމަށްމަގުފަހިވި އެކަމަކު ﷲ ރަހުމަތްފުޅުން އެހާދިސާއިން ސަލާމަތްކުރެއްވި މީ ދިވެހިންގެ ހާލަކީ

    • ރޭސް

      ވ.ބޮޑު ތެދެއް! މި ކުރެވެނީ މާމޮޅު ކަމެއް ކަމަށް ހީކޮށް، ކުރީގައި އޮންނަ ވެހިކަލް ގައި އިން މީހާއަށް ނޭނގި ކުއްލިއަކަށް ވައަތްފަރާތުން ކުރިއަރައިގެން ދަނީ! ވަރަށް ނުރައްކާ ކަމެއް!

  2. އަލި

    އަލިފާން ސަރުކާރު މި

  3. ޢަބުއާ

    ދިވެހި ރާއްޖެއަކީ ކޮންމެގޮތަކަށް އޮތް ކޮންމެ އެއްޗެއް ކޮންމެތާކު ދުއްވޭ ގައުމެއް. ޢަދި އެމީހަކު ބޭނުން އިސްޕީޓެއްގާ ދުއްވަންވީ. ބާވެގެން ނުދުއްވޭނެ ކާރެއް ސައިކަލެއް މިރާއްޖެއަކުނެތް. ކާރާއި ސައިކަލުގެ ރޯޑްވާދިނަސް އޭ ކިޔާއެއްޗެއް ވެސް ހަދަން ޖެހެޔޯ. ޓްރާންސްޕޯޓު އޮތޯރިތީކިޔާތަނެއްވެސް ހުރޭ. ކޮބާއެއްކަލަ ކާރު ޓެކުސީގެ ގަރާޖު ކަންތައް ކިހިނެއްތޯ؟ ކަރަޕްޝަންގެ ހާއްޔެއްކަމުގައިވާ ޓްރާންސްޕޯޓް އޮތޯރިޓީ އަދިވެސް ކޮރަޕްޝަން މަތީ ދެމިތިބެ ކުރިޔަށް.

  4. އަނެއް

    އަލިފާން ސަރުކާރު ވީމަ އަލިފާން ހިފާނެ އެއީ އެމީހުންގެ އުފާ ......

  5. ޔަޒުހަާނު

    ކަާރުތަކުގައި އަލިފާން ނިވަާ ތަކެތި ބެހެއްޓޭގޮތް ސަރުކަާރުން ޑުރައިވަރުންނަށް ހަދަައިދީ މުޒާހަރާކޮއްފާނެ