ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުންނާއި، ޕާޓީން ވަކިކުރުމުން ގޮނޑިގެއްލޭ ގޮތައް ހަދަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މާފަންނު މެދު ދާއިރާއަށް އެމްޑީޕީ ޕްރައިމަރީ ގައި ވާދަކުރައްވާ އިބްރާހިމް ރަޝީދު (ބޮންޑޭ)ގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ވޯޓްދީގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރުން އެ ހޮވޭ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި އެކަމަށްޓަކައި އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭނެ ކަމަށެވެ.

"އެތަނަށް މެމްބަރުން އިންތިހާބު ކުރަނީ ތިބޭފުޅުން. ތިބޭފުޅުން ބޭނުންވެލެއްވި ބޭފުޅަކު އެތަނުގައި އިންނަވަނީ. ތިބޭފުޅުން ނިންމަވާންވީ ކޮންބައެއްތޯ ތިބޭފުޅުންގެ ފަރާތުން ތަމްސީލް ކުރާނީ. އެބަޔަކު އެތަނުގައި ތިބޭނީ. ޕާޓީ ބަދަލު ކުރުމުގެ ބިލް މަޖިލީހުގައި ފާސްވާން ޖެހޭނެ. ޕާޓީ ބަދަލުވެގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 19 ވަނަ މަޖީލިހަށް އިންތިހާބުވާ މެމްބަރުން، އެ މެމްބަރުން އިންތިހާބު ކުރި ރައްޔިތުންނާ ބައްދަލުކުރުން މަޖުބޫރުވާ ގޮތަށް ގާނޫނެއް ހަދާނެ ކަމަށާއި ރައްޔިތުންގެ ހާލު އަހުވާލު ބެލުން އެއީ އެ އާ މަޖިލީހުގެ މެމްބަރުންގެ މަސައްކަތައް ވާނެ ކަމަށެވެ. އާ މަޖިލީހުގެ މެމްބަރުން ނަންގަވާ މުސާރަ އެކަމާ ގުޅިފައިވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ޤާނޫނެއް އޮންނަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއިރު ޔާމީންގެ ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް އެފަދަ ޤާނޫނެއް ހުށަހަޅާ ފާސްވެސް ކޮށްފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެޤާނޫނު މަޖިލީހުން ވަނީ އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

 1. މިލާ

  ނޫނޭ ތިހިން ހަދާނެ ކަމެއް ނެތް އެއީ ކުރީގެ ރައީސް ޔާމިން ކުރި ނުބައި ކަމެއް މެންބަރުން ވާންޖެހެނީ ގަނެވިއްކާ އެއަޗަކައް

 2. hawwa

  އަހަރުމެން އޮފީހަށް ނުނިކުންނަ ދުވަސްތަކަށް ލާރި މަދުވާހެން ހަމަ މަޖިލީސް މެމްބަރުން ގެ ވެސް މަޖިލީހަށް މުހިންމު ސަބަބަކާއި ނުލައި ނުނިކުންނަ ދުވަސްތަކަށް މުސާރަ އުނިކުރެވޭނެ އުސޫލެއް ހެދުން މުހިންމު ކަމަށް ދެކެން. އެހެނީ މުއްސަނދި މަހުޖަނުން މަޖިލީހުގައި ތިބޭއިރު އެފަރާތްތަކުން ހުވާ ކުރާދުވަހު އެކަނި އެތަނަށް ވަދެލިޔަސް މުސާރަ ލިބޭ ގޮތަށް އޮންނަ އޮތުން އެއީ ޤަބޫލު ކުރެވޭ ކަމަކަށް ނުދެކޭތީ.!

 3. ކި

  ކޮބާ ހަމަ އަދި ކިރިޔާ ހަމަ ހޭވެރިކަން ވީ

 4. ސިލް

  ނޫނޭ މިހާރު ވަރައް މަދުން މާވަހަރު ހޮވަނީ އެހެންވީމަ މެމްބަރުން ވާންޖެހެނީ ހުދަންބަރައް އޭރުން ބޮޑު އަގުގަ ވިއްކާ ލެވެނީ

 5. އަލީ

  ހުސް ދެފުއްކެހެރިން

 6. ކަލޯ

  އަދިވެސް ޔާމީން ދޯ ގޯހީ.

 7. އެދުރުބެ

  ތިކަމަށް ނަޝީދުއަށް ވަރަށްބޮޑަށް ތާޢީދުކުރަން! އެހެންވީމަ އަހަރެން ބުނަނީ ވެރިކަމަށް ނަޝީވަރެއްނެތް

  • ޙަމްޒާ

   ބަލަ ރައީސް ޔާމީނުގެ ސަރުކާރުން މެމްބަރުން ޕާރޓީ ބަދަލް ނުކުރެވޭގޮތަށް ގާނޫނު ހަދާފަ އޮތްވާ އެ ގާނޫން އުވާލީވެސް އެމްޑީޕީ ގެ ސަރުކާރެއް އައިސް ނޫންބާ؟ ދިވެހި ރައްޔިތުންނާ ދިމާލަށް ތިބުނަނީ ބިއްޖެހިފަ ތިބި ބަޔެކޭތަ؟ ނޫނީ ތިބާ ބިއްޖެހިފަ ހުރީތަ؟

  • ނަޝީދު

   މީކީއާކަމެއް ނޫން
   ޔާމީނުއޮތީ މިކަންތައް ކޮށްފަ
   އނެއްކާވެސް މިކަންތައް ވޭތޯ ބަލަން މިއުޅެނީ

 8. އެދުރުބެ

  ނަޝީދަށް ދަންނަވާލަންއޮތީ ޙިއްވަރާއެކު ތިމަސައްކަތް ކާމިޔާބުކުރާށޭ!

 9. ކަލޯބެ

  މިހިރަ ބީތާއަށް ވިސްނެނީ މާފަހުން. ޢެންޓި ޑިފެކްޝަން ގާނޫނެއް ހަދައި މަޖްލީހުން ފާސް ކުޜީމާ މި ކަލޭގެ ޕާޓީން އައި އަކުރު ނުދަންނަ ރައީސް އައިސް އެވެސް މަޖްލީހުގެ ބާރު އޮތީމަ އުވާލީ. ސުވާލަކީ އުވާލީ ކީއްކުރަންހޭ؟؟ ޢަލުން ފާސް ކުރީ ތިމަންނަ އޭ ބުނަންތަ؟ މިހާރު ކޮން ވާހަކައެއް. ޖެހި ވަޅަށް ތި ޖަހަނީ ދެބޯގެރި!

 10. އެދުރުބެ

  އިންތިހާބަށް ކުރިމަތިލާ ވޯޓްހޯދަން ރައްޔިތުންނަށް ސަލާންޖަހާ ގޮނޑިލިބުމުން އެހެން ޕާޓީއަކަށް ދިއުމަކީ ދެފުއްދެގޮތް މީހުންގެ ވައްތަރު!

  • ބުރުގާ

   މަޖިލިސް މެމްބަރު ވެލިދޫ ޔާމީނަކީ ތި ކަމުގެ ލާމަސީލު ނަމޫނާއެއް.

 11. މާރިޔާ އަޙްމަދު

  ހުރަގެއިން ގޮނޑި ލިބުނީމާ ރައްޔިތު މީހާ ދޫކޮށް ދިއމަކީ ނާތަހްޒީބުކަމެއް

 12. ވަހީދު

  އޭ މިހިރަ ނުލަފާ މީހާގަޑާ ރައީސް ޔާނީނު އެފަދަ ގާނޫނެއްހަދައި ހިންގަން ފެށުމުން އެކަންވީ އަނިޔާވެރިކަމަށް! މިހާރުތިޔަ ކިޔަނީ ކީކޭތަ! ރައްޔިތުންނަކީ ކަލޭމެންފަދަ ނުލަފާ މީހުން މޮޑެއްއޮތް ފުއްގަޑެއްނޫން

 13. ޢަލީ ހަމީދު

  ރައީސް ޔާމީން މިކަން ކުރީމަ ގޯސް.. ނަސީދު ކުރީމަ އޯކޭ..

 14. މަހާރެހެންދި

  މިހާރު މޮޔަފުޅުވެގެން ތިޔަ އުޅުއްވަނީ.... ކޮއްފަ ނުކުރާނެ ކަމެއް ނޭނގިގެން

 15. ރަޝީދު

  ހަމަހޭގަތޯ މަނިކުފާން ތިހެންހުންނެވީ؟ ބަލަ މަނިކުފާނުގެ ޕާޓީގެ މީހުނންނޭ ތިޔަޤާނޫނު އިހައްދުވަހު އުވާލި. ތިމާމެން ބޭނުންވީމަ ގާނުނު އުވަލަންވި، އަނެއްކަާ އިރުކޮޅަކުން ގެންނަންވި، މީ ކުޅިވަރެއްތޯ؟ އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެއްޔާ ޑިފެކްޝަން ގާނޫނު އަނެއްކާ ހަދާނެކަން %500 ޔަގީން. އެހެންވެ އެހެން އެކިޔަނީ

 16. ހެހެ

  ނަޝީދުމެން ގަނެލި މަޖިލިސް މެންބަރުން ވަކިކުރީމަ ގާނޫނު ގޯސް މިހާރު ގާނުން އޮންނަންޖެހޭކަމަށް ގަބޫލް ކުރެވެނީ ކޮން އަމިއްލަ އެދުމެއް އޮތީތޯ؟

 17. އައްޔާ

  މެމބަރުން ނަށް މިނިވަންކަމާއެކު ރައްޔިތުން ބޭނުންވާ ގޮތަށް ވޯޓޫ ލެވޭނީ އެންޓީ ޑިފެކްޝަން ގާނޫނު ނެތުމުން. ތިޔަ އުޅޭނީ މެމްބަރުން ބަނދެގެން ހުދުމުހުތާރު ނުވެވިގެން ޕާޓީން ނަގާ އެއްލާލަން މެމްބަރުންނަށް ބިރު ދައްކަން. މުގާބޭ. މެމްބަރުން ދުވަހަކު ދާިއރާއަށް ނުދިޔަސް ތަރައްގީވެސް ކުރެވޭނެ ބޭކާރު އނަގަ ނުތަޅާ ރޯނު އެދުރު. ރައްޔިތުން ހޭއަރާ ތިބޭތި. މިކަލޭގެ މިދައްކަނީ މެމބަރުން ބަންނަ ވާޙަކަ. މިނިވަންކަމާއެކު ތިބީމަ ޔާމީނާ ދެކޮޅާށް މެމްބަރުން ވާހަކަ ދެއްކީ ވައްކަން ހާމަ ކުރެވުނީ. މިކަލޭގެ ވައްކަން ކުރާ ހިތުން މުގާބޭ ހެދެން އެގޮވަނީ އެންޓީ ދިފެކްޝަން ބޭނުމޭ. ބޭނުމެއް ނޫން އެންޓީ ޑިފެކްޝަނެއް. މެމބަރުން ބަނަންނަ ނޫޅޭށޭ ގަމާރާ

 18. ބޭރުމީހާ

  ކޮބާ ކޮންތާކު މިޖެހުނީ! އަދި އަބުރުގެ ގާނޫނުވެސް އަންނާނެއެވެ.

 19. ބބ

  ރަގަޅީ ލާދީނީމަރުކަޒު

 20. އަޙްމަދު

  ހަމަ ހިނިއަންނަނީ. ޤާނޫނު ހަދަނީ އެއިރަކު ސިޔާސީ ގޮތުން ތިމާ ހާސިލް ކުރަން ބޭނުންވާ ގޮތަކަށް. ޔާމީނުގެ ސަރުކާރުން އެޤާނޫނު ހެދިމާ ކަމަކު ނިދިޔަ. މިހާރު އެޤާނޫނު ހަދަން އޯކޭ! އަދި ފަހުން ބުނާނެ ޔާމީހުގެ 5 އަހަރަކީ އެންމެ ފުރިހަމަ 5 އަހަރޭ. ހުސް ދެބޯގެރިން.

 21. ނައިރާ

  ހަމަ ހޭ އަންނަ ފަހަރާ ނާންނަ ފަހަރު ދޯ އަންނަނީ ނަޝީދޫ

 22. އައްޑޫސިޓީ

  ރަންގަޅެއްނުމިހާރު. ޕީޕީއެމްގަ ތިބިހުރިހާ މެމްބަރުން ކޯލިޝަން ޕާޓީތަކަށް ގެންގޮސް ޕާޓީ ސުޕްރީމްކޯޓުގަ ތާށިކޮށްފާ ޔާމީނު ދެއިރުދެދަޅަޔައް ޕޮލިހަތް ހާޒިރުކުރަމުން ސަރުކާރާ އިދިކޮޅައް އެއްވެސް ބަޔަކަށް ހިރިނުކެވޭވަރު ކޮށްފަ އަނެއްކާވެސް ގާނޫނު ބަދަލުކުރަންވީ ކިހާސަޅި. ޑިމޮކްރޮސީގެ އެންމެ ފައްކާގޮތައް މިހާރުތިޔަ ބަސްމަގާ އަމަލުތައް ބަހައްޓަމުން ތިޔަދަނީ. ނަޝީދު އަކީ ޑިމޮކުރަސީގެ އެއްވެސް އަސާސަކަށް އަމަލުކުރާ މީހެކޭބުނެވޭނެ އެއްވެސް ފުރުސަތެއްނެތް. އިބޫ އެވިދާޅުވި ވައުދުތައް ވެސްމިދަނީ ފަނުފުލުން.

 23. ޢަދުލު

  މަކަރުވެރި ހިޔަޅު މިހާރުތިއުޅެނީ ބަރުލަމާނީގެނަސްގެން ވެރިކަންދަމަހައްޓަން އޭރުންބާޓީބަދަލުކޮށްފިއްޔާ މެޖޯރިޓީގެއްލިގެން ދިއުމުން ވެރިކަންވެއްޓިދާނެޓީ އެކަންކުރުމަށް ތިފައިވިއްދަނީ މީވަރައްސާފް

 24. އަބޯ

  ޔާމީނުކަމެއްކުރީމަ ގޯސްވެފާ ނަސީދު ބުންޏަކަސް ރަނގަލެއްނުވާނެ.

 25. ނަސީދާ

  ލާދީނީ ފިކުރުގެ މީހުން ދީނާ ދެކޮޅު ބަސްތައް ހާމަކުރަމުން ދަނީ ސީދާ މީނާގެ އިރުޝާދުގެ ދަށުން. ކޮސްގޮވާ ކަލޭގެ

 26. ރުޒާނާ ޗޮއްޕަޓު

  ހަހަ ހަހަހަ ހުނހުނ ކެކެކެކެކ ސޮރީ ހަމަ ހެވުނީ.

 27. ޥައުދު

  މިއީވެސް ތިބުނާކަހަލަ ވައުދެއް..

 28. ހުދުހުދު

  ކުރަންވީކަމަކީ އަންނިއަށް ކުރިމަތި ނުލެވޭގޮތްހަދަންވީ ދައުލަތުން ނުޙައްޤުން ފައިސާ ނަގައި އޭގެ ބޭނުންކޮށްގެންހުރެ އަނެއްކާ މަޖިލީހަށް ވަދެގަންނަންވެގެން މަސައްކަޔްކުރަނީ މީޤައުމަށް ދިމާވެފައިވާ ބޮޑ މުސީބާތެއް

 29. ޢަޝްރަފް

  ގަޅިބޯ

 30. Miadhu

  ޔާމީނު ކިރިކަންތައްތަކަކީ 100% ރަގަޅު ކަންތައްތައްކަމަށް ފަހަރަކު ބަހަކުން ނަޝީދު އެފަނީ ބުނަމުން 100% ހަމަވުމުންއިންޝާﷲ އަހަރެމެން އަތްޖަހާނަން

 31. ކޯމް

  ޕާޓީ ބަދަލުކުރާ މެންބަރުންނާމެދު ގޮތްނިންމުމުގެފުރުސަތު ގާނޫނަކުން ލިބިދޭން ޖެހޭ ބަޔަކީ އެމެންބަރަކު ނިސްބަތްވާ ދާއިރާގެ ރައްޔިތުން ގެމެދުގަ ނެގޭ ފެންނަ ނުފެންނަ ވޯޓަކުން.

 32. ޑައިލޯގް

  ޔާމީނު ތިކަން ކުރީމަ ގޯސްވީ މިހާރު އޯކޭ ޔާމީނު ލޯނުނެގީމަ ގޯސް މިހާރު އޯކޭ އަދި ޔާމީނުގެ ހުރިހަކަމެއް ރަގަޅުވާދުވަސް އަންނާނެ. ވީގޮތަކީ ޔާމީނު ތަރައްގީކުރާތީ ކަންބޮޑުވީ މިވެރިންނަށް އަސްލު ޔާމީނު ބަރާބަރު އެކަމު ބޭނުންވަނީ ޔާމީނު ކޮޕީކުރަން