މެލޭޝިއާގައި ދިރިއުޅޭ ދިވެހިން ބޭނުން ކުރާ ދިވެހި ޑްރައިވިން ލައިސެންސް ބަލައިގަތުން ހުއްޓާލަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިހާތަނަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީ އިން ދީފައި އޮންނަ ލިޔުމަކާއި އެކު ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާ އިން ބަލައި ގަނެއެވެ.

ނަމަވެސް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ މެލޭޝިއާގައި ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސެންސް ބޭނުންކުރުމާ ބެހޭ އުސޫލްތައް ހަރުދަނާ ކުރުމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްއިން ފަށާފައިވާ މަސައްކަތްތަކާއި ގުޅިގެން މެލޭޝިއާގައި ބޭރު ގައުމެއްގެ ޑްރައިވިން ލައިސެންސް ބޭނުން ކުރުމާއި ކޮންވާޓް ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަން އެމްބަސީއަށް އަންގާފައިވާ ކަމަށެވެ.

އެހެން ކަމުން، އެމްބަސީއިން ދޫކޮށްފައިވާ ލިޔުމާއެކު މެލޭޝިޔާގައި އެއްގަމުގައި ދުއްވާ އުޅަނދު ދުއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަކުން ވެސް ލިޔުން ބޭނުން ކޮށްގެން އިތުރަށް ނުދުއްވުމަށް އެމްބަސީއިން ވަނީ އިސްތިމާސްކޮށްފައެވެ.

އމެލޭޝިޔާގެ ޑްރައިވިން ސްކޫލެއް މެދުވެރިކޮށް ލައިސެންސް ނަގައިގެން ދުއްވޭނެ ކަމަށާއި، އިންޓަނޭޝަނަލް ލައިސެންސް އޮންނަ ފަރާތްތަކަށްވެސް މެލޭޝިއާގައި ދުއްވޭނެ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.

އެމްބަސީން އިތުރަށް ބުނީ، އެ ބަދަލަކީ ހަމައެކަނި ރާއްޖޭގެ ލައިސެންސާ މެދު އަމަލު ކުރާ ގޮތް ބަދަލު ކުރުމުގެ ގޮތުން ގެނައި ބަދަލެއް ނޫން ކަމަށާއި، އެއީ ހުރިހާ ގައުމަކަށް އެއް ހަމައަކަށް އެޅި ފިޔަވަޅެއް ކަމަށެވެެ.

ދިވެހި ލައިސެންސް ބަލައިނުގަންނަން ނިންމުމުން، އެކަމުގެ އަސަރު މެލޭޝިއާގައި ދިރިއުޅޭ ގިނަ ދިވެހިންތަކަކަށް ކުރާނެތީ، ދިވެހި ސަރުކާރުން މިހާރު ގެންދަނީ އެ ކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން ކަމަށްވެސް އެމްބަސީ އިން ވިދާޅުވެއެވެ.

މެލޭޝިއާ އަކީ ތިން ވަނަ އަށް އެންމެ ގިނަ ދިވެހިން ވަޒަންވެރިވެގެން އުޅޭ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާންސީ

    މިއީ ހަމަ ހުރެފަ ކުއްލިއަކަށް އައިބަދަލެއްތޯ؟ ދިވެހި އެމްބަސީ އަށް ކުއްލިއަކަށް މިއަދުތޯ އެގުނީ؟ ދިވެހި ޢާއިލާތައް މެލޭޝިއާގައި ދިރިއުޅޭކަން އެގިނުލައްވަނީތޯ؟... އެމްބަސީއިން ވަރަށް ޒިންމާދާރުކަން ކުޑަ.

    • ޖާނު

      މީ ހަމަ ހުރެފަ އައި ބަދަލެއް. އަހަރެން އުޅެނީ މެލޭސިޔާގަ. އަރަބި ގައުމެއްގެ މީހަކު ކާރަކުން މީހަކު ގައިގަ ޖެހި އަދި ޖެހުނު މީހާ މަރުވީ. ދުއަވަން އިން މީހާ ފިލީ. އޭގެ ފަހުން ގެނައި ކުއްލި ބަދަލެއް މިއީ.

  2. ޢަހުމަދު

    ތިވީ ވަރަށް ދެރަކަމެއް. ދިރިއުޅުމައްވަރަށް ބިޑެތި ގޮންޖެހުންތައް ކުރިމަތިވާނެ. ތިކަން އަވަސް ގޮތަކަށް ހައްލު ކޮއްދިނުން އެދެން.

  3. އަޙުމަދު

    މި ގައުމު ގަ ވެސް އެފަދަ އިންޓަނޭޝަނަލް ލައިސެންސެއް ލިބޭނެ ކޮންމެ ވެސް އިން ތިޒާމެއް ހަމަޖައްސަން އެބަޖެހޭ.
    އެކި ފަދަ ހައި ވޭ ތަކު ގައި އެއް ލަކިން ލައިސެންސް ނަގައި ގެން ދުއް ވުމަ ކީ ނުރައްކާ ތެރި ކަމެއް.

  4. ކަބީލާ

    ދެން އަތްޖަހާ!

  5. އިބްރާ

    ދިވެހި އަދުގެސަރުކާރު ހަމަމިވަގުތު އިސްތިފާދެއްވުމަށް އެންމެ ހަރުކަށި އިބާރާތުން ގޮވައިލަން

  6. ޖީނު

    " ޖާނު" އަށް.... 8 ޖެނުއަރީ ގައިތޯ ތިބުނުއްވާ އެކްސިޑެންޓެއް ހިގީ.. ރަގަޅަށްބައްލަވާ..މިހާރު ކިތައްމަސްތޯ މިވީ.