ވީނުވީއެއް ނޭނގި ހެނބަދޫ ޒުވާނަކު ގެއްލިގެން އޭނާ ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ، ވީނުވީއެއް ނޭނގި ގެއްލިގެން ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ކަމަށާއި އޭނާ ހޯދަން އާއްމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ ނ.ހެނބަދޫ، އެންދެރިމާގެ މުޙައްމަދު އަޒުމީރު (25އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ގެއްލުނީ ކޮންއިރަކު ކަމެއް ފުލުހުން ވިދާޅެއްނުވެއެވެ.

މުޙައްމަދު އަޒުމީރު އާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792039 ނުވަތަ 3322111 ށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ވަގަށް

    ލޭބޯ ސަރުކާރުގެ ފުރަތަމަ ގެއްލުން

    • ބޭބެ

      ތިވާނީ މިރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ވަގަށް ނެގީކަމަށް!! ގެރި މޯދީ އާ ގުޅުނީމަ ވާނީ ތިހެން!!

    • ދައްތަ

      ކޮންމެ ކަމެއްވެސް ސިޔާސީ ކޮށްގެން ....

      • ދައްތަބެ

        އެވަރުކިޔެ

  2. ވަގަށް

    ލޭބޯ ސަރުކާރުގެ ފުރަތަމަ ގެއްލުން

  3. ރާޅު ބޯއީ

    ވެރިކަމަށް 3 މަސް ނުވަނީސް ކިނބޫ ސަރުކާރުން މީހަކު ވަގަށް ނަގާ ގެއްލުވާލީ.

    • އައްޑޫސިޓީ

      އަވަހަށް ޔާމީން އާސުވާލުކުރޭ.

  4. ރިލްވާން

    ޥީ އެންެއަވަަކަށް ޔާމީން ބޮލުގަ އެޅުވޭ ތޯ ބަލާ

  5. ރަށުން

    ޔާމީނު ބޮލައް ކަޑާލާ އަދި މަރުތައް ތަހުޤީގުކުރާ ކޮމިޓީއަށް އެކަން އަންގާ

  6. ނީންސް

    ކޮބާ މިއަދުގެ ރައީސް ޒިއްމާނަގަން ނުޖެހޭބާ ! ގެއްލުނުމީހުން ބަލާ ކޮމިޝަނުން އަވަށް މި ކަންތައް ބައްލަވަން ފެއްޓެވުން އެދެން.

  7. މިހާލީ

    ޔަޤީން އިބުރާހީމް މުޙައްމަދު ޞާލިޙް ޒުވާނަކު ގެއްލުވާނީ. މިކަން ބަލަންވާނެ. މީހުން ގެއްލުވާލުމީ މިއަދުގެ ރައީސް ޒިންމާވާންޖެހޭނެ ކަމެއް. ކޮންމެ ދިވެހި ދަރިއެއްގެ ގެއްލުމުގެ ޒިންމާވާންޖެހޭނީ އަދުގެ ރައީސް.

  8. ސަޒާ

    ނޫނޭ ރަސޫލާގެ ދުުއާ ލިބިފަހުރި ބޭފުޅަކު ވެރިކަމުގަ ހުންނައިރު ތިކަހަލަކަމެއް ނުހިގާނެ

  9. ހުސޭނުބޭ

    ބަލަގަ ހުސްނު ސުޢޫދަކަށް ނޭގޭތަ އެ މީހަކު ވީތަނެއް! ދެތިކި ޕީ!

  10. Anonymous

    އޭނާ ގެެެއްލުނީ ކުރީގެ ސަރުކާރުގަ

  11. ިަތދމއގ

    އޭނާ ގެެެއްލުނީ ކުރީގެ ސަރުކާރުގަ

  12. ކިނބޫ

    ހުސްނޫނު ސުއޫދު ކިޔާމީހަކަށް ގެއްލުނުނީހާބީތަން އެނގޭނެހެންހީވޭ

  13. ކިނބޫ އެނބޫ

    ހުސްނޫނު ސުއޫދު ކިޔާމީހަކަށް ގެއްލުނުނީހާބީތަން އެނގޭނެހެންހީވޭ

  14. އަލްޖިބްރާ

    ދެން ތިޔަމީހާ ފެންނާނީ މަރުވެގެން ކޮންމެވެސް ތަނަކަށް ލައްގާފައި އޮށްވާ ކަންނޭގެ !

  15. ަަރަށުމީހާ

    ހޯދާވަރު މީހެކޭތިޔާ...މީހުންނަށް ޖެށްސުމެށް ތިޔާ