ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޕީއެސްއެމްގެ މެނޭޖްމަންޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 14 މައްސަލައެއް ބަލައިދިނުމަށް އެދި އެ ކުންފުނީގެ އާ މެނޭޖުމެންޓުން މިދިޔަ ހަފްތާގައި އޭސީސީއަށް ހުށަހަޅައިފި އެވެ.

"ވީޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅުދައްކަވަމުން ޕީއެސްއެމް މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވީ ޕްރޮކިއުމަންޓް އިޖުރާޢަތްތަކާއި ޚިލާފަށް ކުންފުންޏަށް ބޭނުންވާ ބައެއް ތަކެތި ގަނެފައިވާ ކަމަށެވެ. އެގޮތުން ޕްރޮކިއުމަންޓު އިޖުރާޢަތުގެ ތެރެއަށް ނުވަންނަ 15 މައްސަލައެއް އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ދަރަނި އެބައުޅޭ ކުންފުނީގެ ދަރަނި ނަގާފައި ރާއްޖޭގެ ކުންފުނިތަކުން. 200 މިލިއަނެއްހާވަރު އެބައަރާ އިނގޭތޯ. މައްސަލަތައް އެބައުޅޭ ގާތްގަނޑަކަށް 15 ވަރަކަށް މައްސަލަ އެއްޗެހި ގަތުމުގެ. ޕްރޮކިއުމަންޓް އިޖުރާތުގެ ތެރެއަށް ނުވަންނަ. މީގެ 14 މައްސަލައެއް މިހާރުވެސް އަޅުގަނޑު އެންޓިކޮރަޕްޝަން ކޮމިޝަނަށް ފޮނުވައިފިން." ޢަލީ ޚާލިދު ވިދާޅުވިއެވެ.

އަލީ ޚާލިދު ވިދާޅުވީ ޕީއެސްއެމްއާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށާއި އޭގެ އިތުރުން ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވުމުގެ އިތުރުން މުވައްޒަފުންނާމެދު އިހުމާލުވުމުގެ ސަބަބުން ގިނަ މުވައްޒަފުންތަކެއްގެ މޯޓިވޭޝަން ދައްވެފައިވާ ކަމަށްވެސް އަލީ ޚާލިދު ވިދާޅުވިއެވެ. ޢަލީ ޚާލިދު ވިދާޅުވީ އެންމެ އިސްކަމެއް ދޭނީ "ބޮއްސުންލާފައިވާ" އެފަދަ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ.

"ފުރަތަމަ އެއްކަމަކީ ކުންފުނީގެ މާލީ ހާލަތު ވަރަށް އޮތްގޮތް ދައްކޮށް. ދެވަނަ ކަމަކީ ސްޓާފުންނާއި ދޭތެރޭ ކަންތައްވެފައި ހުރި ގޮތް. އިހުމާލުވެފައި މިހުރީ. އެހެންވީމާ ސްޓާފުންގެ މޯޓިވޭޝަން މިހުރީ ވަރަށް ދައްކޮށް. ދެން އަނެއް ކަމަކީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަގުނަ." ޢަލީ ޚާލިދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޕީއެސްއެމް ބޭނުންކޮށްފައި ވަނީ ސަރުކާރާއި ޕީޕީއެމް ޕްރޮމޯޓް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބޯ

    2009 ން 2012 ފެބްރުއަރީ 7 އާ ދެމެދު އެމް އެން ބީ ސީ ން ނީލަން ނުކިޔަން އަންގާފަ އޮއްވާ ނުއަގުގަ ވިއްކާލައިގެން ބަޔަކަށް ހޯދާދިން ނާޖާއިޒް ފައިދާ އާއި އެމް އެންބީސީ ން ތަކެތިގަތުމުގެ ނަމުގަ ދީން އެއްލައްކަ ޑޮލަރާ ދިހަހާސް ޑޮލަރަށް ވީގޮތް ބެލުނުތަ ؟ އެކަން ކިހާ ހިސާބެއްގަ އޮތީ ؟

  2. ޜާއްޖެ އިސްލާމް

    ށަރުކަަރުތަށް ބައްދަލުވީމަ ތިނޫން ވާހަަކައެއް ދައްކަން ވެއްޖެއްނު . އަނެއް ވޯޓްލަ ރައްޔިތުންވެސް ހަމަ އެކަންކަން ޤަބޫލްކުރެއޭ. އެކަމު ދުަވަހަކުވެސް މައްސަލައެއް ބެލި މީހަކަށް އަދަބެއް ލިބުނުހެނެއް ހީއެއްނުވޭ. ރައީސް ޔާމީން ގެ ވެރިކަމުގަ މިފަދަ މައްސަލައެއް ބަލަ ފިޔަވޅު އެޅިފަވަނީ. އެއޮއްބޮޑު އެފްޕީއައިޑީ ވައްކަންވެސް އެވަހަކަ ދެއްކުން ފިޔަވާ ކުރެވުނު ކަމެއްނެތް.